Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ދިނުން

12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ނިންމައިފި

މިމަހުގެ ތެރޭގައި ފައިޒާ ވެކްސިން ޖަހަން ފަށާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޯގަސްޓު 2021 | ބުރާސްފަތި 14:13
ސްކޫލު ދަރިވަރުންތަކެއް، މިކުދިންނަށް ވެކްސިން ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ އެޑިޔުކޭޝަން މިނިސްޓްރީ މެދުވެރިވެގެން

ސްކޫލު ދަރިވަރުންތަކެއް، މިކުދިންނަށް ވެކްސިން ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ އެޑިޔުކޭޝަން މިނިސްޓްރީ މެދުވެރިވެގެން

ކޮވިޑް-19ން ދިފާއުވުމަށް 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފައިޒާ ވެކްސިން ގެނައުމަށް ކުރި މަސައްކަތުން އެވެކްސިން ލިބޭނެކަން މިހާރު ޔަގީން ވެފައިވާ ކަމަށާއި، މިމަހުގެ ތެރޭގައި ފައިޒާ ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ ފައިޒާ ވެކްސިން ޖަހާނީ ވަކި ކެޓަގަރީއެއްގެ ބަޔަކަށް ކަމަށެވެ. އެއީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަ ކުދިންނަށާއި، މާބަނޑު މީހުންކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ކޮވިޝީލްޑް ވެކްސިން ފުރަތަމަ ޑޯޒް ޖެހިފަހުން މާބަނޑުވެފައި ތިބި މީހުންނާއި، މާބަނޑު މީހުންގެ ތެރެއިން އެއްވެސް ޑޯޒެއް ނުޖަހާ މީހުން ހިމެނެއެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވާ ފަދަ ބައްޔެއް ނުވަތަ ބޭހެއް ބޭނުންކުރާ މީހުން ހިމެނޭ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ރާއްޖެއިން ބޭރުން ފައިޒާގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ރާއްޖެއައިސް ދެވަނަ ޑޯޒް ޖަހަންޖެހޭ މީހުންނަށް ވެސް މިވެކްސިން ޖެހޭނެ ކަމަށެވެ. ރާއްޖެއިން ބޭރު ގައުމަތަކަށް ކިޔަވަން ދާ ދަރިވަރުންގެ ތެރެއިން އެ ދާ ގައުމަކުން ފައިޒާ ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާނަމަ އެ ދަރިވަރަކަށްވެސް ފައިޒާ ވެކްސިން ޖެހޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ނިންމާފައިވާއިރު، މިމަސައްކަތްތައް ކުރިއަށްގެންދަނީ އެޑިޔުކޭޝަން މިނިސްޓްރީ މެދުވެރިވެގެންނެއެވެ. މިނިސްޓްރީ މެދުވެރިކޮށް މިމަސައްކަތްތައް ކުރަމުންދާއިރު، މިހާރު ވެކްސިންއާ ގުޅޭ ބައެއް މަސައްކަތްތައް ނިމިފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ރަފީގުހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)ސްކޫލު

އިތުރަށް ކިޔާލަން

06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
22 ޖުލައި 2024

ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބޭއްވުމަށް އަނެއްކާވެސް އަންގައިފި

22 ޖުލައި 2024
ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބޭއްވުމަށް އަނެއްކާވެސް އަންގައިފި
19 މެއި 2024

ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް

19 މެއި 2024
ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް
14 މެއި 2024

ސްކޫލްތަކަށް ވެއްދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

14 މެއި 2024
ސްކޫލްތަކަށް ވެއްދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު