Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހެލްމެޓް އެޅުން

ހެލްމެޓް އަޅަނީ ފުލުހުންނަށް ދައްކަންތަ؟

ބްރިޖަށް އަރާއިރު ހެލްމެޓް އަޅަނީ އެއީ ދެން ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2021 | ބުދަ 13:40
ފުލުހުން ބުނީ ވަރަށް ގިނަ މީހުން ގަވާއިދުތަކަށް އަމަލުނުކުރާ ކަމަށް

ފުލުހުން ބުނީ ވަރަށް ގިނަ މީހުން ގަވާއިދުތަކަށް އަމަލުނުކުރާ ކަމަށް

މާލެސިޓީގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް މަގުމަތި ފެންނަނީ ވަރަށް ކާރޫބާރު ބޮޑުކޮށެވެ. ދުއްވާ އުޅަނދުތައް ގިނަވެ މުޅި މަގު ތޮއްޖެހިފައިވާއިރު މަގުގައި ހިނގަން އުނދަގޫވާ ފަހަރުވެސް އާދެއެވެ. ބަންދު ދުވަހެއް އަތުވެއްޖެނަމަ ހަވީރު ގަޑީގައި އުޅަނދުތައް ގިނަކަން ފާހަގަކޮށްލެވެއެވެ. ބަންދު ދުވަހުވެސް އާއިލާގެ މެމްބަރުންނާއި ރައްޓެހިންނާއެކު ފިނި ބުރު ޖެހުމަށްޓަކައި ސައިކަލުގައި ހުޅުމާލެއަށް ދާ މީހުންގެ އަދަދު މަދެއް ނޫނެވެ.

ތޮއްޖެހިފައިވާ މާލެއިން ހިމޭންކަން ހޯދުމުގެ ނިޔަތުގައި ބްރިޖުގެ ހައިވޭއަށް އަރާއިރު ގިނަފަހަރަކަށް ހެދިފައިވާ ގާނޫނާއި ގަވާއިދަށް ބޯލަނބާތަނެއް ނުފެނެއެވެ. މިއީ ވަރަށްވެސް ހިތާމަވެރި މަންޒަރެކެވެ.

ކޮންމެ މީހަކުވެސް ބްރިޖަށް އަރާއިރު ހެލްމެޓް އަޅަނީ އެއީ ދެން ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވުމުންނެވެ. އެކަން އެގޮތަށް ނުކޮށްފިނަމަ ފުލުހުން އެމީހަކު ހުއްޓުވައި ސުވާލުކޮށް ޖޫރިމަނާ ކޮށްފާނެތީ އެކަމުގެ ބިރަށެވެ. ގިނަ ފަހަރަށް ބޮޑު ޚަރަދެއް ކޮށްގެން ބަލަހައްޓާ އިސްތަށިގަނޑު ހޭވިދާނެތީ ނުވަތަ ހެއަރސްޓައިލަށް ބަދަލު އައިސްދާނެތީ ހެލްމެޓް އަޅަން ބޭނުމެއް ނުވެއެވެ. ބުރުގާއަޅާ ބައެއް އަންހެންވެރިންވެސް ހެލްމެޓް އަޅަން ފޫހިވެއެވެ.

ބްރިޖްގެ ހައިވޭއަށް އަރާއިރު އަމަލު ކުރަން ޖެހޭ ގަވާއިދުތަކެއް ހެދިފައިވާއިރު ފުލުހުން ބުނީ ވަރަށް ގިނަ މީހުން މި ގަވާއިދުތަކަށް އަމަލުނުކުރާ ކަމަށެވެ.

ގިނަ ފަހަރަށް ކަންފަތް ނުފޮރުވޭ ގޮތަށް ހެލްމެޓް އަޅާ ކަމަށާއި ދެން ހުންނަ މީހާގެ ލޮލަށް އުނދަގޫވާ ކަހަލަ ކުލަ ކުލައިގެ ހެލްމެޓް ވެސް އަޅާ ކަމަށް ފުލުހުން ބުނެއެވެ. އަދި ވަރަށް ގިނަ ފަހަރަށް ބްރިޖަށް އަރަންދާ މަގުމަތީގައި ޓްރެފިކް ލައިޓްގައި އިނދެ ބޮލަށް ބައެއް މީހުން ހެލްމެޓް ވައްޓާލައެވެ. އެގޮތަށް ބޮލަށް ހެލްމެޓް މަހާލާއިރު ކަމަރު އެޅުވުމެއް ތަންޑުއެޅުވުމެއް ނޯވެއެވެ. ފުލުހަކު ފެންނަން ނެތްކަމަށްވާނަމަ ބްރިޖްގެ މެދާ ހަމައަށް ގޮސްފައި ހެލްމެޓް ނަގާތަން އެބަ ފެނެއެވެ.

މިހެންވުމުގެ ސަބަބުން ބައެއްފަހަރު ހައިވޭގައި ވައިގަދަވެ، ކަމަރު ނާއްސާ ހުރުމުން ހެލްމެޓް ވަޔާދެއެވެ. އެކަމުގެ ސަބަބުން ސައިކަލު ދުއްވަން އިންނަ މީހާއާއި އެމީހާގެ ފަހަތުން ދެން އަންނަ މީހުން ވެސް ނުރައްކަލަކަށް ހުށަހެޅިގެންދެއެވެ. ހެލްމެޓް އަޅަނީ އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށްވާއިރު ހެލްމެޓް އަޅާއިރު ކަމަރު ނާއްސާނަމަ ހަގީގަތުގައި ހެލްމެޓް އެޅުމުގެ ބޭނުމެއް ނެތެވެ. އެކްސިޑެންޓެއް ހިނގަން މެދުވެރިވާ ހާލަތުގައި ވެސް ހެލްމެޓްގެ ކަމަރު ނާއްސާ ހުރުމުން ގެއްލުން ލިބުމުގެ ފުރުސަތު ބޮޑުވެގެންދަނީ އެމީހާގެ ބޮލަށެވެ. ގިނަ ފަހަރަށް އެކްސިޑެންޓެއްގެ ސަބަބުން ލިބޭ ކުދި ކުދި އަނިޔާގައި، ގައިގެ ފާރުތައް ދުވަސްކޮޅެއް ފަހުން ހިކިގެން ދިޔަ ނަމަވެސް ބޮލަށް ލިބޭ އަނިޔާތައް ދާއިމަށް ހުރެއެވެ. އެމީހެއްގެ އުމުރު އެކަމެއްގެ ތެރޭގައި ނުވަތަ އެކަމަކަށް ފަރުވާ ހޯދުމަށްޓަކައި ހޭދަ ކުރަން ޖެހެއެވެ.

ސައިކަލު ދުއްވާ މީހާގެ ޒިންމާތައް އޮންނަ ފަދައިން އެ ސައިކަލު ފަހަތުގައި އިންނަ މީހާގެ ވެސް އެތައް ޒިންމާތަކެއް އޮވެއެވެ. ބައެއް ފަހަރު ސައިކަލު ފަހަތުގައި ތިބޭ މީހުންވެސް އެންމެ ފަހު ވަގުތާއި ޖެހެންދެން ހެލްމެޓް ނާޅާ އެބަ މަޑުކުރެއެވެ. އަދި މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް އަރާތާ ކައިރީގައި ވެސް ހެލްމެޓް ބޮލުން އެބަ ނަގައެވެ. މިއީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ނޫނެވެ.

ފުލުހުން ބުނީ ކުޑަކުދިން ބާޒާރުގައި ހުރި ކުޅޭ ކުޅޭ ރީތި ހެލްމެޓް ވެސް ބައެއް ފަހަރު އަޅުވާފައި ހުންނަ ކަމަށެވެ. އެ ކުއްޖެއްގެ ސަލާމަތާއި ރައްކާތެރިކަން ބޭނުންވާނަމަ މިފަދައިން ކަންތައްތައް ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ގަވާއިދަށް ފެތޭ, އެ ކުދިންނަށް ވެސް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަހަލަ ހެލްމެޓެއް އެޅުވުމަށް ފުލުހުން އެދެއެވެ.

ކޮންމެ މީހަކުވެސް ވިސްނަންވީ ކަމެއް އެބައޮތެވެ. އެއީ ހެލްމެޓް ހަމައެކަނި އަޅަނީ ފުލުހުންނަށްޓަކައި ނޫންކަމެވެ. ތިމާއަށް ނޭނގި ނަމަވެސް ކުރެވޭ މިފަދަ ކުޑަ ކަމެއްގެ ނަތީޖާ ބޮޑުވެދާނެކަމެވެ. ގާނޫނުތަކާއި ގަވާއިދުތައް ހަދާފައި ހުންނަނީ ހަމައެކަނި އެމީހެއްގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ނޫން ކަމެވެ. މި ގާނޫނުތަކާއި ގަވާއިދުތައް ހެދިފައިވަނީ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ. ހެލްމެޓްވެސް އަޅަން ޖެހޭ ގޮތަށް, ހުރިހާ އެންމެން އަޅަމާތޯއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު