Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދަށް ދިން ހަމަލާ

ތަހުމީނާއި ހައިޝަމްގެ ޑީއެންއޭ އައިއީޑީ ތެރެއިން ފެނޭ، ސަބަބެއް ނުވިސްނޭ: ޕީޖީ ޝަމީމް

3 އޯގަސްޓު 2021 | އަންގާރަ 09:47

މިހާރު ލިބިފައި ހުރި ހެކިތަަކަށް ބަލާއިރު އެނަލިލިސް ރިޕޯޓުން އައިއީޑީ ތައްޔާރުކުރި ގޮތާއި ގޮއްވާލި ގޮތުގެ ތަފްސީލު ފެންނަން އެބަހުރި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 އޯގަސްޓު 2021 | އަންގާރަ 09:47
ބޮން ގޮއްވާލި ސަރަހައްދު

ބޮން ގޮއްވާލި ސަރަހައްދު

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ތަހުމީން އަޙުމަދާއި ޢަލީ ހައިޝަމްގެ ޑީއެންއޭ، އައިއީޑީ ތެރެއިން ފެންނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ޑީއެންއޭ ރިޕޯޓުތަކުން އެ ދެމީހުންގެ އައިޑީ ފެންނައިރު އައިޑީ ފެންނަން ޖެހޭ ސަބަބު، ބޮން ހެދުން ފިޔަވާ ނުވިސްނޭ ކަމަށެވެ. ޝަމީމް އިތުރަށް ވިދާޅުވީ މިހާރު ލިބިފައި ހުރި ހެކިތަަކަށް ބަލާއިރު އެނަލިލިސް ރިޕޯޓުން އައިއީޑީ ތައްޔާރުކުރި ގޮތާއި ގޮއްވާލި ގޮތުގެ ތަފްސީލު ފެންނަން އެބަހުރި ކަމަށެވެ. އެހެންނަމަވެސް މިވަގުތު މީޑިއާތަކާ އެ މައުލޫމާތު ހިއްސާ ނުކުރެއްވި ނަމަވެސް އައިއީޑީ ގޮއްވާލާފައިވާ ގޮތާއި ކަން ހިނގައި ދިޔަ ގޮތް ކޯޓަށް މައްސަަލަ ހުށަހަޅާއިރު ކިޔައިދޭނެ ކަމަށެވެ.

Advertisement - newsAdvertisement

ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހުން އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ނީލޯފަރު ހިނގުމުގައި ހަރަކާތްތެރިވެ ގ. ކެނެރީގެ ސަރަހައްދު ސަރވެއިލްކޮށްފައިވާކަމަށް އެ ހަމަލާގައި ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވި ގޮތާއި ގުޅޭގޮތުން އެކުލަވާލި އިންކުއަރީން ރިޕޯޓުން ވެސް ވަނީ ހާމަވެފައެވެ. މީގެއިތުރުން މެއި 6 ވަނަ ދުވަހުގެ ރޭ އައިއީޑީ ގޮއްވާލުމުގެ ގާތްގަނޑަކަށް 1 ގަޑިއިރު ކުރިން، އެ އައިއީޑީ ގޮއްވާލިކަމަށް ތުހުމަތުކުރެވޭ އަދުހަމް އަޙުމަދު ރަޝީދު އެ ސަރަހައްދަށް ގޮސްފައިވެއެވެ. އަދި އަދުހަމް ހުއްޓިހުރީ ނީލޯފަރު ހިނގުން ފެންނަގޮތަށް އަތަމާ ޕެލަސް ގޯޅި ތެރޭގައެވެ.

ރިޕޯޓުގައި ރައީސް ނަޝީދުގެ ތްރެޓް ހިސްޓްރީ ހިމަނާފައިވާއިރު 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި ފަހުން އެކި ފަހަރު މަތީން ތްރެޓްތައް ލިބިވަޑައިގަންނަވާފައިވާކަން ވަނީ އެނގިފައެވެ. ނަމަވެސް މިހަމަލާ ދޭން އުޅޭކަމުގެ އިންޓެލް އެއްވެސް މައުލޫމާތެއް އިންޓެލް އިދާރާތަކަށް ލިބިފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ އެތަނުގައި އަމަލީގޮތުން ހަރަކާތްތެރިވި މީހުންގެ ހުރިހާ ހަރަކާތެއް މާލޭގެ އެކި ސީސީޓީވީތަކުން ފުލުހުން ހޯދައި އާންމުކޮށްފައެވެ. ފުލުހުން އެންމެ ފުރަތަމަ ދެއްކި ވީޑިއޯއިން ފެންނަ ގޮތުގައި ބޮން ގޮއްވާލުމުގެ ކުރިން އޭނާ ހުރީ ނީލޯފަރު މަގުން މަޖީދީ މަގަށް ނިކުންނަ އިރު ކުރިމަތީގައި ހުރި އަތަމާ ޕެލަސް ގޯޅި ތެރޭގައެވެ. އެތަނުގައި ހުރި ފާރެއްގައި ހަމަޖެހިލައި ފައި ވިއްދައިގެން ފޯނަކުން ވާހަކަދައްކަމުންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި ތަކުރާރުކޮށް، ކުރިއަށް ނިކުމެލައި އެ ސަރަހައްދު ބަލަމުން ދެއެވެ.

ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި އިރު އަދުހަމް މަޑުމަޑުން އެ ދިމާ ކުރިމައްޗަށް ނިކުމެ އެތަނުގައި ހުރި ތަނބަކަށް ނިވާވެ ބޮން ގޮއްވާލާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. ފުލުހުން ބުނީ އެ ވީޑިއޯ ރަނގަޅަށް ބެލުމުން އޭނާ އަތުގައި އޮތް ރިމޯޓު ވެސް ފެނިފައިވާ ކަމަށާއި، އެތަނުގައި ދެން ތިބި އާންމުންނާއި އޭނާގެ އުޅުމުގައި ތަފާތުތަކެއް ހުރިކަން ފާހަގަވި ކަމަށެވެ. އެގޮތުން އެހެން މީހުން ވަގުތުން އެކަމަށް ރިއެކްޓް ކުރި އިރު، އޭނާގެ އުޅުން ހުރި ގޮތުން އެއީ ކުރިއާލައި އެނގިފައިވާ ކަމެއްކަން ދޭހަވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެތަނުގައި އޭނާ ހުރި އިރު ފާރުގައި ފައި ވިއްދައިގެން ހުރުމުން އެތަނުގެ ފޫޓްޕްރިންޓު ވެސް ނަގާފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ނެގި ފުޓް ޕްރިންޓާއި ފާރުގައި ހުރި ފުޓް ޕްރިންޓް ދިމާވާ ކަމަށާއި އެތަނުގައި ހުރީ އަދުހަމް ކަން ޔަގީން ވެފައިވާ ކަމަށެވެ. މީގެ އިތުރަށް އައިއީޑީ ގޮއްވާލުމަށް ފަހު ދެން އޭނާގެ އަމަލު ހުރި ގޮތުގެ ތަފްސީލީ ވީޑިއޯ ވެސް އާންމުކޮށްފައިވެއެވެ. އެތަނުން ބާރަށް ދުވެފައި ކަނާތަށް ގޮސް، ހެލެނބެލި ގޯޅިން ވަދެގެން ރަށްދެބައި މަގާ ހަމައަށް އޭނާ ދިޔައީ ދުވެފައެވެ. އަދި އެ ހިސާބުން ހަލުވި ހިނގުމެއްގައި ގޮސް ޗާނދަނީ މަގުން ޖަލާލުއްދީން މިސްކިތުގައި މަޑުކުރި ކަމަށާއި އެތަނުގައި ގިނަ އިރު ނުކޮށް، ނިކުމެގެން އަމީނީ މަގަށް ގޮސް އަމީނީ ބިލްޑިން ކުރިމަތީގައިވާ ޕާކަށް ވަދެފައިވާ ކަމަށް ބުންޏެވެ.

އޭނާގެ ބައިވެރިޔާ މުޖާޒުއާ ބައްދަލުވި ކަމަށް ފުލުހުން ބުނަނީ އެ ޕާކުންނެވެ. އެތަނުން ދެ މީހުން އެކީ ނިކުމެ ގާކޮށި ތެރެއިން ގޮސް ގަލޮޅު މަދަރުސާ ހުރަސްކޮށް ބޮޑުރަސްގެފާނު މަގުން އަރައިގެން ޖަމާލުއްދީން ސްކޫލް ކައިރީގައި ހުރި ގެސްޓް ހައުސް އަކަށް ވަދެފައިވާ މަންޒަރު ވެސް ފުލުހުންނަށް ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

18 ޖޫން 2017

ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި ވަނީ ނިލަންދޫގައި އެކަނި: ޑިޒާސްޓާ

18 ޖޫން 2017
ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި ވަނީ ނިލަންދޫގައި އެކަނި: ޑިޒާސްޓާ
13 ޖޫން 2017

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!

13 ޖޫން 2017
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!
07 ޖޫން 2017

ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!

07 ޖޫން 2017
ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!
31 މެއި 2017

ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި

31 މެއި 2017
ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް