Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށީގައި ކޮވިޑް ފެތުރުން

ކުޅުދުއްފުށީގެ 68 ގެއަކާއި ދޯންޏެއް މޮނިޓަރިންގެ ހާލަތުގައި!

ޕޮސިޓިވް ކޭސްތައް ފެނުމާ ގުޅިގެން މޮނިޓަރިންގއަށް ލެވިފައިވާ ގެތަކުގެ އަދަދު ހޯމަ ދުވަހާ ހަމައަށް ވަނީ 14ށް އަރާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2021 | އަންގާރަ 01:50
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށިން ފެންނަ ކޮވިޑްގެ ކޭސްތަކާ ގުޅިގެން 68 ގެއަކާއި ދޯންޏެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ޖުމްލަ 69 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވަނީ މި ގެތަކާއި އުޅަނދުތަކަށް ކަމާބެހޭ ފަރާތްތަކުގެ ހުއްދަނެތި ވަދެ ނުކުމެ ނުވަތަ އަރާ ފައިބައި އުޅުމަކީ މަނާކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ޕޮސިޓިވް ކޭސްތައް ފެނުމާ ގުޅިގެން މޮނިޓަރިންގއަށް ލެވިފައިވާ ގެތަކުގެ އަދަދު ހޯމަ ދުވަހާ ހަމައަށް ވަނީ 14ށް އަރާފައެވެ. އަދި ޕޮސިޓިވް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ދިރިއުޅޭތީ މޮނިޓަރިންގއަށް ލެވިފައިވާ ގެތަކާއި އުޅަނދުތަކުގެ އަދަދަކީ 55 އެވެ. މީގެ ތެރޭގައި ރަންދި 7 ދޯނި ވެސް ހިމެނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި މައުލޫމާތުތައް ދައްކާގޮތުން، ކުރިން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 18 ފަރާތެއްގެ ސާމްޕަލް ނަގައި އާދީއްތަ ދުވަހު ޓެސްޓް ކުރެވުނު އިރު، އޭގެ ތެރެއިން 7 ފަރާތެއް ޕޮޒިޓިވްވެ، ކުޅުދުއްފުށި ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 51ށް ވަނީ އަރާފައެވެ.

އެ ހޮސްޕިޓަލުން ބުނީ ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި، ފުލޫ އޯޕީޑީއަށް ވަޑައިގެން ނުވަތަ 7606688  އަށް ގުޅާ ނުވަތަ އެސްއެމްއެސް ކުރައްވައިގެން ސާމްޕަލް ނެގުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް އެދޭ ކަމަށެވެ.

އަދި ކަރަންޓީނުގައި ތިއްބަވާ ބޭފުޅުން ވެސް އެންމެންގެ ރައްކަލަށްޓަކައި ކަރަންޓީނުގެ އުސޫލުތަކަށް ފުރިހަމައަށް ތަބާވުމަށާއި، މި ވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުން ސާޖިކަލް މާސްކު އަޅައިގެން އުޅުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާއި، ބައްދަލު ވާ މީހުންގެ އަދަދު މަދު ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ކޭސްތައް ގިނަވެ، ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހި، އާންމު ދިރިއުޅުމުގެ ކަންތައްތަކަށް ބުރޫ އަރާ ހިސާބަށް ދިޔަ ނުދިނުމަށްޓަކައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިންނާއި، ކަމުގެ މާހިރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެދިފައިވެއެވެ.

ކުޅުދުއްފުށީގައި ކޮވިޑް ފެތުރުމާ ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު ބޭނުން ކުރުމާއި, އެކިއެކި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމުގައިވާ ޓެކްސީ ޑްރައިވަރުންނާއި ފިހާރަތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް މާސްކު އެޅުން ހިމެނެއެވެ. އަދި ޕާކު ތަކާއި އާންމު އެންމެހާ ތަނެއް ބަންދު ކުރެވިފައިވާތީ މިފަދަ ތަންތަނަށް ނުދިއުމާއި، ގްރޫޕް ހަދައިގެން މޫދަށް ނުދިއުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން މަގުމަތީގައި ގުރޫޕް ހަދައިގެން ނޫޅުމާއި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމަށް އަންގާފައިވާ އިރު، ޒަރޫރީ ހާލަތެއްގައި މެނުވީ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށް ވަނީ އަންގާފައެވެ. އަދި ކަރަންޓީންގައި ތިބޭ މީހުން ކަރަންޓީންގެ އުސޫލުތަކަށް ތަބާވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ސިޓީ ކައުންސިލުން ބުނީ ބަލި އިތުރަށް ފެތުރި ރަށުގެ އާންމު ހާލަތު މިއަށްވުރެ ގޯސްވެއްޖެނަމަ ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމާތްވުމަށްޓަކައި, ކަމާގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކާއި އަންގާ އެންގުންތަކަށް އަމަލުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލްކޮށް ކުޅުދުއްފުށި ސިޓީ އާންމު ހާލަތަށް ގެނައުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

16 މާރިޗު 2017
މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017
އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

07 މާރިޗު 2017
ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

05 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު