Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޯކިއޯ އޮލިމްޕިކްސް

ވަރުގަދަ އެމެރިކާ ބަލިކޮށް ކެނެޑާ ފައިނަލަށް

2 އޯގަސްޓު 2021 | ހޯމަ 14:35

ފައިނަލުގައި ކެނެޑާ ބައްދަލުކުރަން ޖެހޭނީ ސްވިޑެންއާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 އޯގަސްޓު 2021 | ހޯމަ 14:35
އެމެރިކާ އާއި ކެނެޑާ ބައްދަލުކުރި މެޗުގެ ތެރެއިން

އެމެރިކާ އާއި ކެނެޑާ ބައްދަލުކުރި މެޗުގެ ތެރެއިން

ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގައި ވަރުގަދަ އެމެރިކާ ބަލިކުރުމަށްފަހު ފައިނަލުގެ ޖާގައެއް ކެނެޑާ ހޯދައިފިއެވެ.

ހޯމަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުން ކެނެޑާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ކެނެޑާ މޮޅުވިއިރު، މިއީ 2001 ވަނަ އަހަރަށްފަހު ކެނެޑާއިން އެމެރިކާ ބަލިކުރި ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން މި ދެ ގައުމު ބައްދަލުކުރި 36 މެޗުންވެސް މޮޅުވެފައިވަނީ އެމެރިކާއެވެ.

ޓޯކިއޯގެ ކަޝިމާ ސޮކާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެމެރިކާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ކެނެޑާއިން ވަނީ ރަނގަޅަށް ޑިފެންސްކޮށް އެމެރިކާ ހުއްޓުވާފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކެނެޑާއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޖެސީ ފްލެމިންގެވެ.

މި މޮޅާއެކު ކެނެޑާ އޮލިމްޕިކްސްގެ ފައިނަލަށް ދަތުރުކުރިއިރު، އެންމެ ފަހުން ބޭއްވި ދެ އޮލިމްޕިކްސްއިންވެސް އެ ގައުމަށް ލިބުނީ ލޯ މެޑެއްޔެވެ. މި ފަހަރުގެ ފައިނަލުގައި ކެނެޑާ ބައްދަލުކުރަން ޖެހޭނީ 1-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ ބަލިކޮށް ފައިނަލަށް ދަތުރުކުރި ސްވިޑެންއާއެވެ.

އޮލިމްޕިކްސްއިން ރަން މެޑަލް ހޯދުމުގެ ފުރުސަތު އެމެރިކާއަށް ގެއްލުނުއިރު، މި ފަހަރުގެ ގޭމްސްގައި ކުޅުނު ފުރަތަމަ މެޗުން ސްވިޑެން އަތުން ބަލިވެ އެމެރިކާގެ ބަލިނުވުމުގެ ސިލްސިލާއަށްވެސް ވަނީ ނިމުން އައިސްފައެވެ. މި ފަހަރުގެ އޮލިމްޕިކްސްއާ ކުރިމަތިލުމުގެ ކުރިން އެމެރިކާގެ އަންހެން ޓީމުން ވަނީ މެޗަކުން ބަލިނުވެ 44 މެޗު ހަމަކޮށްފައެވެ.

އަންހެނުންގެ ފުޓްބޯޅައިގައި މި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމެރިކާ އަކީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ފީފާ އަންހެނުންގެ ވޯލްޑް ކަޕުގެ ޗެމްޕިއަނުންނެވެ. އަދި އޭގެ ކުރިން 2015 ވަނަ އަހަރު ބޭއްވި މުބާރާތްވެސް ކާމިޔާބުކޮށްފައިވަނީ އެމެރިކާއިންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް