Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫލްތަކުގެ ކިޔެވުން ފެށުން

މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން ފެށޭ ގަޑި ފުރަތަމަ ދެ ހަފުތާގައި ތަފާތުވާނެ: މިނިސްޓްރީ

2 އޯގަސްޓު 2021 | ހޯމަ 12:24

ބޭރުން އަންނަ ޓީޗަރުންގެ ޕީސީއާރު ޓެސްޓު ނެގެޓިވް ވެފައިވާކަން ޔަގީންކުރަންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 އޯގަސްޓު 2021 | ހޯމަ 12:24
ގައިދުރުކަމާއެކު ދަރިވަރުން ސްކޫލްތެރެއަށް ވައްދަނީ

ގައިދުރުކަމާއެކު ދަރިވަރުން ސްކޫލްތެރެއަށް ވައްދަނީ

ދިރާސީ އައު އަހަރުގެ ކިޔެވުން މިމަހުގެ 10 ގައި ފަށާއިރު، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން ފެށޭ ގަޑި ފުރަތަމަ ދެ ހަފުތާގައި ތަފާތުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19ގެ ހާލަތުގައި މިދިޔަ އަހަރު ސްކޫލްތަކުގެ ކިޔެވުން ފެށިއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުންނާއި ދަރިވަރުން އަމަލުކުރަން ޚާއްސަ އުސޫލެއް އެކުލަވާލާފައެވެ. 2022-2021 ވަނަ އަހަރުގެ ދިރާސީ އައު އަހަރު މިމަހުގެ 10 ވަނަ ދުވަހު ފަށާއިރު، މިއަހަރުވެސް ސްކޫލްތަކުން އަމަލުކުރަންވީ އުސޫލު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

Advertisement - newsAdvertisement

އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައި ވާގޮތުން ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ހާލަތުގައި ވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ނަމަވެސް، ފުރަތަމަ ދެ ހަފްތާގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން ފެށޭގަޑި އެކި ގްރޭޑްތަކާ ތަފާތުވާނެއެވެ. އެހެންކަމުން އެކި ގްރޭޑްތަކުގެ ކިޔެވުން ފެށޭ ގަޑިތަކުގައި ވީހާވެސް ތޮއްޖެހުން ކުޑަވާނެހެން އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ. ކްލާސްރޫމްތަކުގައި ވައި ދައުރުވާނެހެން ހުރިހާ ވަގުތެއްގައި ދޮރުތައް ހުޅުވާފައި ބެހެއްޓުމަށާއި، ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގައި ގައިދުރުކަން ހުންނާނެހެން ކްލާސްރޫމްތައް ތަރުތީބު ކުރުމަށާއި، އެއަރ ކޮންޑިޝަން ކޮށްފައިވާ ކްލާސްތަކުގައި ދަރިވަރުންގެ މެދުގައި ތިން ފޫޓުގެ ދުރުމިން ހުންނާނެހެން އިންތިޒާމުތައް ހަމަޖެއްސުމަށް ސްކޫލްތަކަށް ވަނީ އަންގާފައެވެ.

ރާއްޖެއިން ބޭރުން އަންނަ ޓީޗަރުން ރާއްޖެ އަންނަތާ 5 ދުވަހާއި 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓު ނެގެޓިވް ވެފައިވާކަން ކަށަވަރުކުރުމަށާއި، އޮގަސްޓު 1 ވަނަ ދުވަހުން ފެށިގެން މޮނިޓަރިން އަށް ލާފައިވާ ރަށްރަށަށް ދަތުރުކޮށްފައިވާ މުވައްޒަފުން ސްކޫލް ހުންނަ ރަށަށް އެނބުރި އަންނަތާ 5 ދުވަހާއި 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓު ނެގެޓިވް ވެފައިވާކަން ކަށަވަރުކުރުމަށް މިނިސްޓްރީން އަންގާފައިވެއެވެ.

ހައިރިސްކު ކެޓަގަރީގައި ހިމެނޭ ދަރިވަރުން ސްކޫލުގައި ހޭދަކުރާ ވަގުތުތަކުގައި މާސްކާއެކު ފޭސް ޝީލްޑް ބޭނުންކުރުމުގެ ފުރުސަތު ދިނުމަށާއި، ކުރިއެކޭވެސް އެއްގޮތަށް ދަރިވަރުން ސްކޫލަށް ވަންނައިރު، ހުން ބެލުމާއި، އަތް ސާފުކުރުން ފަދަ ކަންކަން ކުރިއަށްގެންދިއުމަށް އަންގާފައިވެއެވެ. މީގެ އިތުރުން މާސްކާނުލައި ތިން ފޫޓުގެ ދުރުމިނުގައި ދަރިވަރުންނަށް ހެލިފެލިވެ އުޅެވޭނެ ވަގުތުކޮޅެއް ދިނުމަށާއި، ތިން ފޫޓުގެ ދުރުމިނުގައި ދަރިވަރުންނަށް އިންޓަރވަލް ނެގޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން އުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުންގެ ވެކްސިން ޑޯޒްތައް ފުރިހަމަވުމުން ސްކޫލްގެ އިތުރު ހަރަކާތްތައް ފެށުމަށާއި، މުވައްޒަފުން ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވީނަމަވެސް ރައްކާތެރިކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް މިނިސްޓްރީން އަންގާފައިވެއެވެ. މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން ފެށޭގަޑި އެކި ގްރޭޑްތަކަށް ތަފާތުކޮށް އިންތިޒާމުކުރުމުގައި ސެޝަންގެ ދިގުމިނަށް ގެންނަންޖެހޭ ބަދަލުތައް ސްކޫލްގެ އެޑްމިނިސްޓްރޭޝަންގެ މަޝްވަރާއާއެކު ހަމަޖެއްސުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގާފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް