Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށީގައި ޚާއްސަ ފިޔަވަޅުތަކެއް

ކުޅުދުއްފުށި ސިޓީގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި

ޕާކު ފަދަ ތަންތަން ވަނީ ބަންދުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 އޯގަސްޓު 2021 | އާދީއްތަ 17:27
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ރޯގާ ފެތުރެމުންދާތީ ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ސިޓީގައި ކޮވިޑް19 ޕޮސިޓިވް ކޭސްތައް ގިނަވަމުންދާ މިދަނޑިވަޅުގައި ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި, ކަމާގުޅުންހުރި އިދާރާތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލެބުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު ބޭނުން ކުރުމާއި, އެކިއެކި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމުގައިވާ ޓެކްސީ ޑްރައިވަރުންނާއި ފިހާރަތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް މާސްކު އެޅުން ހިމެނެއެވެ. އަދި ޕާކު ތަކާއި އާންމު އެންމެހާ ތަނެއް ބަންދު ކުރެވިފައިވާތީ މިފަދަ ތަންތަނަށް ނުދިއުމާއި، ގްރޫޕް ހަދައިގެން މޫދަށް ނުދިއުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން މަގުމަތީގައި ގުރޫޕް ހަދައިގެން ނޫޅުމާއި ކޮންމެހެން ނުކުންނަން ޖެހިގެންނޫނީ ގެއިން ބޭރަށް ނުދިއުމަށް އަންގާފައިވާ އިރު، ޒަރޫރީ ހާލަތެއްގައި މެނުވީ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށް ވަނީ އަންގާފައެވެ. އަދި ކަރަންޓީންގައި ތިބޭ މީހުން ކަރަންޓީންގެ އުސޫލުތަކަށް ތަބާވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ސިޓީ ކައުންސިލުން ބުނީ ބަލި އިތުރަށް ފެތުރި ރަށުގެ އާންމު ހާލަތު މިއަށްވުރެ ގޯސްވެއްޖެނަމަ ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމާތްވުމަށްޓަކައި, ކަމާގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކާއި އަންގާ އެންގުންތަކަށް އަމަލުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލްކޮށް ކުޅުދުއްފުށި ސިޓީ އާންމު ހާލަތަށް ގެނައުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު