Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓީޓީއެމް މޯލްޑިވްސް

ޓީޓީއެމް މޯލްޑިވްސް ނޮވެމްބަރ މަހަށް ތާވާލުކޮށްފި

މި އަހަރުގެ ޓީޓީއެމް މޯލްޑިވްސް ބާއްވާނީ ހައިބްރިޑް އިވެންޓެއްގެ ގޮތުގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 އޯގަސްޓު 2021 | އާދީއްތަ 08:15
މީގެ ކުރިން ބޭންވުނު ޓީޓީއެމް މޯލްޑިވްސް އިވެންޓެއްގެ ތެރެއިން

މީގެ ކުރިން ބޭންވުނު ޓީޓީއެމް މޯލްޑިވްސް އިވެންޓެއްގެ ތެރެއިން

"ޓީޓީއެމް މޯލްޑިވްސް 2021" ނޮވެމްބަރ މަހު ބާއްވާނެކަމަށް އޯރކާ މީޑިއާ ގްރޫޕުން ހާމަކޮށްފިއެވެ.

އޯރކާ މީޑިއާ ގްރޫޕުން ބުނީ މި އަހަރުގެ ޓީޓީއެމް މޯލްޑިވްސް އޮންނާނީ ނޮވެމްބަރ މަހުގެ 28 އިން 30 އަށްކަމަށެވެ.

މި އަހަރު މި ބާއްވަނީ ޓީޓީއެމް މޯލްޑިވްސްގެ 5 ވަނަ އެޑިޝަނެވެ. މި އަހަރުގެ ޓީޓީއެމް މޯލްޑިވްސް ބާއްވާނީ ހައިބްރިޑް އިވެންޓެއްގެ ގޮތުގައެވެ. މި އަހަރުގެ އިވެންޓުގައި ފިޒިކަލް ބައްދަލުވުންތަކާއި، ވަރޗުއަލް ހަރަކާތްތައް ކުރިއަށްދާނެއެވެ.

މި އަހަރުގެ ޓީޓީއެމް މޯލްޑިވްސްގައި 150 ޕްރޮޕަޓީ ޝޯކޭސް ކުރާނެއެވެ. އަދި ތަފާތު 30 މާކެޓަކުން 200 އެއްހައި ޓްރެވެލް ޓްރޭޑް ތަޖުރިބާކާރުން ބައިވެރިވާނެއެވެ.

އިވެންޓުގައި ބައިވެރިވާ އެގްޒިބިޓަރުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބެނީ ހަމައެކަނި ޓީޓީއެމް ޓްރެވެލް ސަމިޓްގައެވެ. ޓީޓީއެމް ޓްރެވެލް ސަމިޓް އޮންނާނީ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް ޓީޓީއެމް ގައި ރަޖިސްޓަރީކުރާ އެގްޒިބިޓަރުންނަށް ގިނަ ފައިދާތަކާއި ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އޭގެތެރޭގައި އިވެންޓްގެ ކުރިން ޕްރީ އެރޭންޖް ބައްދަލުވުންތައް ހަމަޖެއްސުމަށް "ކަނެކްޓް" ސޮފްޓްވެއަރ ބޭނުންކުރުން ހިމެނެއެވެ. މީގެއިތުރުން ރަޖިސްޓަރީކުރާ އެގްޒިބިޓަރުންނަށް ޓީޓީއެމް އެވޯޑް ހަފްލާއަށާއި ގާލާ ނައިޓްއަށް ދައުވަތު ލިބިގެންދާނެއެވެ.

ޓީޓީއެމް މޯލްޑިވްސް 2021 އިންތިޒާމްކުރާ ފަރާތުން ބުނީ މި އަހަރުގެ ފެއަރ ފިޒިކަލްކޮށް ބޭއްވިނަމަވެސް ކުރިއަށްދާނީ ކޯވިޑް19 އާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށެވެ. މީގެ ބޭނުމަކީ ޓީޓީއެމް މޯލްޑިވްސްގައި ބައިވެރިވާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ. މެޓްޑެކް މޯލްޑިވްސް މެދުވެރިކޮށް މި އިވެންޓްގައި ބައިވެރިވާ ހުރިހައި ފަރާތެއް ކޯވިޑް ޓެކްސް ކުރާނެކަމަށް ވެސް އިވެންޓް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ.

ޓީޓީއެމް މޯލްޑިވްސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޓްރެވެލް ޓްރޭޑް ޝޯއެވެ. ފާއިތުވި 4 އަހަރު ވެސް ޓީޓީއެމް މޯލްޑިވްސް ވަނީ ކުރިއަށްގެންގޮސްފައެވެ. ކޯވިޑް19 އާ ގުޅިގެން މިދިޔަ އަހަރު މި ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ ވަރޗުއަލްކޮނެވެ. މިދިޔަ އަހަރުގެ ޓީޓީއެމް މޯލްޑިވްސް ކުރިއަށްގެންގޮސްފައިވަނީ ނޮވެމްބަރ މަހުގެ 24 އިން 26 އަށެވެ. މިދިޔަ އަހަރު މި އިވެންޓުގައި ދާއިރާގެ 500 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު