Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެލޭޝިއާގެ ގާނޫނު ހަދާ މަޖިލިސް

ކޮވިޑާ ގުޅިގެން މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ހާއްސަ ޖަލްސާތައް މެދުކަނޑާލައިފި

ގާނޫނު ހަދާ މަޖިލީހުގެ ހާއްސަ ޖަލްސާތައް މެދުކަނޑާލާފައިވަނީ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވަނިކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 އޯގަސްޓު 2021 | އާދީއްތަ 02:20
މެލޭޝިއާގެ ގާނޫނުހަދާ މަޖިލީހުގެ ހާއްސަ ޖަލްސާގެ ތެރެއިން

މެލޭޝިއާގެ ގާނޫނުހަދާ މަޖިލީހުގެ ހާއްސަ ޖަލްސާގެ ތެރެއިން

މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ކޮވިޑްގެ ކޭސްތަކެއް ފެނި، މަޖިލީހުގެ ހާއްސަ ޖަލްސާތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މިއާއެކު އިތުބާރު ނެތްކަމުގެ ވޯޓަކާ ހިސާބަށް ގޮސްފައިވާ އެ ގައުމުގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. މަގާމުން އިސްތިއުފާ ދިނުމަށް މުހްޔިއްދީން އަށް ގޮވާލާފައިވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މެލޭޝިއާގެ ރަސްގެފާނު ނުރުހުން ފާޅުކުރައްވާފައިވަނިކޮށެވެ.

ރަސްގެފާނު ސުލްތޯން އަބްދުﷲ ސުލްތޯން އަހްމަދު ޝާހްގެ ގަނޑުވަރުން ބުރާސްފަތި ދުވަހު ބުނީ ގަވާއިދުތައް އުވާލުމުގެ ހުއްދަ ރަސްގެފާނު މިހާތަނަށް ދެއްވާފައިނުވާ ކަމަށެވެ. މަޖިލީހަށް ދޮގު މައުލޫމާތު ފޯރުކޮށްދިނުމުން ރަސްގެފާނު އެކަމާ ހިތްހަމަޖެހިވަޑައި ނުގަންނަވާކަންވަނީ ހާމަކޮށްފައެވެ.

ޖުލައި 26 ވަނަ ދުވަހުން ފެށިގެން އެމަރޖެންސީ ހާލަތާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން ޖަލްސާތައް ފެށިގެން ކުރިއަށް ދިޔަ އިރު ޖުލައި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގެ 11 ކޭސް މަޖިލިސްކުރާ ގެއިން ފެނިފައިވެއެވެ. ހާއްސަ ޖަލްސާތައް ބާއްވަން ނިންމާފައިވަނީ ވެސް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހުގައެވެ.

ހޯމަ ދުވަހު ހާއްސަ ޖަލްސާތަކުގެ ތެރެއިން ފަހު ޖަލްސާ ބާއްވަން ނިންމާފައިވާ އިރު، މަޖިލީހުގެ އިދާރާއިން ވަނީ ޖަލްސާ ކެންސަލްކޮށްފައިވާކަން އިއުލާންކޮށްފައެވެ. އަދި ޖަލްސާ ފަސްކޮށްފައިވާ ކަމަށާއި، އެގޮތަށް ނިންމާފައިވަނީ މަޖިލިސްކުރާ ގޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ހެލްތް މިނިސްޓްރީން ބުނުމާ ގުޅިގެން ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު