Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިންޓަނެޓް ޚިދުމަތް

އިންޓަނެޓާއި ބެހޭ ގޮތުން ޝަކުވާއެއް އޮތްނަމަ 1515ށް ގުޅާލާ!

ސަރުކާރުގެ "ނެޓު ހެޔޮ" މަޝްރޫއުގެ ބޭނުމަކީ އިންޓަނެޓްގެ މުޅި ޚިދުމަތް ރަނގަޅުވުން

އަމްނާ އިމާދު
އަމްނާ އިމާދު | 31 ޖުލައި 2021 | ހޮނިހިރު 08:42
އިންޓަނެޓްގެ މައްސަލަތައް ގިނަކަމުގެ ޝަކުވާ ކުރަމުންދޭ

އިންޓަނެޓްގެ މައްސަލަތައް ގިނަކަމުގެ ޝަކުވާ ކުރަމުންދޭ

ރާއްޖޭގެ އިންޓަނެޓް ޚިދުމަތާއި ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއް ގާއިމްކޮށްފިއެވެ.

އެންވައިރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ ރާއްޖެއިން ދެމުންދާ އިންޓަނެޓް ޚިދުމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ޚާއްސަ ހޮޓްލައިނެއް ގާއިމްކޮށްފައެވެ. އަދި ސަރުކާރުގެ "ނެޓު ހެޔޮ" މަޝްރޫއުގެ ބޭނުމަކީ އިންޓަނެޓްގެ މުޅި ޚިދުމަތް ރަނގަޅުވުން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން އިންޓަނެޓް ޚިދުމަތާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ 1515 އަށް ގުޅައި، އެކަން ހިއްސާކޮށްދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ރާއްޖޭގެ އިންޓަނެޓް ޚިދުމަތާއި ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއް ގާއިމްކޮށްފައިވާއިރު، އިންޓަނެޓް ލަސްވުމާއި، އެކަށީގެންވާ ސްޕީޑްގައި ޚިދުމަތް ނުލިބޭ ވާހަކައަކީ ގިނަ ބަޔަކު ކުރަމުންދާ ޝަކުވާއެކެވެ.

އިންޓަނެޓް އަގުހެޔޮކޮށް ހެޔޮއަގުތައް އިއުލާންކުރީ މެއި މަހުގެ 27 ވަނަ ދުވަހު ހެނދުނު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ބަދަލު ގެނައުމުން ގޭބިސީތަކާއި ވިޔަފާރިތަކުގައި ބޭނުންކުރާ އިންޓަނެޓްގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮވެގެން ގޮސްފައެވެ. ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓް ގެ ޚިދުމަތް އަގު ހެޔޮކޮށްފައިވާއިރު، މޯބައިލް އިންޓަނެޓް އޮކްޓޯބަރު މަހުން ފެށިގެން ހެޔޮވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ތިން ކުންފުންޏެއް އޮވެ އެވެ. އެއީ ދިރާގު، އުރީދޫ އަދި އާރްއޯއެލް އެވެ. އިންޓަނެޓް އަގުހެޔޮ ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އިތުރު ސާވިސް ޕްރޮވައިޑަރެއް ނުގެނައުމަށް ސާވިސް ޕްރޮވައިޑަރުންނާއިއެކު ސަރުކާރުންވަނީ އެއްބަސްވެފައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2019

ލަންކާގެ ރިއަލްސްޓޭޓް ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭ ގޮތުން އިންވެސްޓާސް ފޯރަމެއް ބާއްވަނީ

27 ފެބުރުއަރީ 2019
ލަންކާގެ ރިއަލްސްޓޭޓް ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭ ގޮތުން އިންވެސްޓާސް ފޯރަމެއް ބާއްވަނީ
25 ފެބުރުއަރީ 2019

ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި

25 ފެބުރުއަރީ 2019
ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި
31 ޖެނުއަރީ 2019

އިންޝުއަރެންސްއާ ބެހޭ ގާނޫނެއް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވައިފިން: ގަވަރުނަރު ނަސީރު

31 ޖެނުއަރީ 2019
އިންޝުއަރެންސްއާ ބެހޭ ގާނޫނެއް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވައިފިން: ގަވަރުނަރު ނަސީރު
31 އޮކްޓޯބަރު 2018

ފްލައިމީގެ ދަތުރުތައް ފެށުމުގެ ގޮތުން ޕްރޮމޯޝަނެއް!

31 އޮކްޓޯބަރު 2018
ފްލައިމީގެ ދަތުރުތައް ފެށުމުގެ ގޮތުން ޕްރޮމޯޝަނެއް!
22 ޖޫން 2018

އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އީޔޫއިން އިމްޕޯޓް ޓެކްސް ބޮޑު ކޮށްފި!

22 ޖޫން 2018
އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އީޔޫއިން އިމްޕޯޓް ޓެކްސް ބޮޑު ކޮށްފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު