Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބުރިޖަކީ ރައީސް މައުމޫނުގެ ތަސައްވުރެއް

ޔުމްނާގެ ރައްދު އަބްދުއްރަހީމަށް: ފޭސް-2 އަދި ބުރިޖަކީ ރައީސް މައުމޫނުގެ ތަސައްވުރެއް

31 ޖުލައި 2021 | ހޮނިހިރު 08:49

ޔާމީނުގެ ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންދެވީ ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން

އަމްނާ އިމާދު
އަމްނާ އިމާދު | 31 ޖުލައި 2021 | ހޮނިހިރު 08:49
އަބްދުއްރަހީމް ދެއްކެވި ހުރިހާ ވާހަކައެއް ޔުމްނާ ވަނީ ދޮގުކުރައްވާފައި

އަބްދުއްރަހީމް ދެއްކެވި ހުރިހާ ވާހަކައެއް ޔުމްނާ ވަނީ ދޮގުކުރައްވާފައި

މާލެ-ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބްރިޖާއި ހުޅުމާލެ-ފޭސް 2 ގެ ބްރިޖަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތަސައްވުރެއް ކަމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ގައުމީ ކެމްޕެއިން "މިނިވަންކަމުގެ ދިފާއުގައި-ދިވެހީން" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ޕީއެންްސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ބޮޑެތި ތުހުމަތުތަކެއް ރައީސް މައުމޫނަށް ކުރައްވާފައެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މައުމޫނުގެ ތާއީދު އަނބުރާ ގެންދެވީ ޔާމީން ގެންނަވަމުން ގެންދެވި ތަރައްގީގެ ސަބަބުން މައުމޫނުގެ "ލެގަސީ" ފޮހެވިގެންދާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ދެބޭފުޅުންގެ ގުޅުން ގޯސްވެފައިވަނިކޮށް 7 އޮކްޓޫބަރު 2016 ގައި ޔާމީންގެ އެދިވަޑައިގަތުމަކަށް މައުމޫނު އެމަނިކުފާނާއި ބައްދަލުކުރެއްވި ކަމަށެވެ. މިބައްދަލުކުރެއްވުމުގައި މާލެ-ހުޅުލެ ގުޅާލަން ބްރިޖް އަޅަނީ ކީއްކުރަންތޯ މައުމޫން ސުވާލު އުފައްދަވާފައިވާ ކަމަށާއި، މާލޭގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްފައި ވަނިކޮށް ކިންގް ސަލްމާން މިސްކިތުގެ ނަމުގައި އެހެން އިސްލާމީ މަރުކަޒެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށް މައުމޫނު ވިދާޅުވެފައިވާ ކަމަށެވެ. އަދި ހުޅުމާލެ ހިއްކަވާފައި ވަނިކޮށް ފޭސް ދޭއްގެ ނަމުގައި "ޒުވާނުންގެ ޝަހަރެއް" ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރެއްވި ކަމަށެވެ. މިއިން އެއްވެސް ކަމަކީ މައުމޫނު ކުރައްވަން ބޭނުންނުވާ ކަމެއް ކަމަށާއި، މިކަން ދޮގު ނުކުރެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަބްދުއްރަހީމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ-ހުޅުލެ ގުވައިދޭ ސިނަމާލެ ބްރިޖާއި، ހުޅުމާލެ-ފޭސް 2 ގެ ބްރިޖަކީ ވެސް އެކަމަނާގެ ބައްޕާފުޅު މައުމޫނުގެ ތަސައްވުރެއް ކަމަށެވެ. ޔާމީންގެ ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންދެވީ ޕީޕީއެމްގެ ސަރުކާރު ޕީޕީއެމްގެ އުސޫލުތަކާއި ދުރަށް ގޮސް ކޮރަޕްޝަނާ އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން ކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭރު ކަން ހިނގާދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއް ނުވާ ކަމަށެވެ.

އަބްދުއްރަހީމް ގިނަ ތުހުމަތުތަކެއް ކުރެއްވި، ނަމަވެސް ޔާމީންގެ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދެވިކަން ހާމަކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫނު ވިދާޅުވީ ޔާމީނާއި ބައްދަލުކޮށް މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ޔާމީނާ ބައްދަލުކޮށް މަޝްވަރާކުރައްވަން ކުރި ހުރިހާ މަސައްކަތްތަކެއްވީ ނާކާމިޔާބުވެފައި ކަމަށް މައުމޫނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޔާމީނާ ބައްދަލުނުވާތާ އަހަރެއް ވެފައިވާ ކަމަށެވެ.

ޔާމީނުގެ ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންދަވާކަން މައުމޫން ހާމަ ކުރެއްވީ ޕީޕީއެމްގެ ހިންގުން ޕާޓީގެ މުސްތަޝާރު ޔާމީނާއި ހަވާލު ކުރުމަށް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް 27 އޮކްޓޫބަރު 2016 ގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

03 ޖުލައި 2017

ރައީސް ޔާމީންގެ ރައްދު އިދިކޮޅު ފަރާތްތަކަށް: ތިޔަ އުޅެވެނީ ހުވަފެނެއްގައި!

03 ޖުލައި 2017
ރައީސް ޔާމީންގެ ރައްދު އިދިކޮޅު ފަރާތްތަކަށް: ތިޔަ އުޅެވެނީ ހުވަފެނެއްގައި!
07 ޖޫން 2017

ސަރުކާރުގެ ރައްދު: މިއީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއް!

07 ޖޫން 2017
ސަރުކާރުގެ ރައްދު: މިއީ ބޮޑު ގައުމަކުން ކުޑަ ގައުމަކަށް ދިން ހަމަލާއެއް!
06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
19 އެޕްރީލު 2017

ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުވުމަށް ޝަރުތުކޮށް ޔުމްނާގެ ފިރިކަލުން ދޫކޮށްލައިފި

19 އެޕްރީލު 2017
ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުވުމަށް ޝަރުތުކޮށް ޔުމްނާގެ ފިރިކަލުން ދޫކޮށްލައިފި
19 އެޕްރީލު 2017

ފުލުހުން ޔުމްނާގެ ފިރިކަލުން ހޯދަނީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން!

19 އެޕްރީލު 2017
ފުލުހުން ޔުމްނާގެ ފިރިކަލުން ހޯދަނީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން!
14 އެޕްރީލު 2017

ފ އަތޮޅާ ގުޅޭ ގޮތުން ނިއު ޔޯކް ޓައިމްސްއަށް ސަރުކާރުން ރައްދުދީފި

14 އެޕްރީލު 2017
ފ އަތޮޅާ ގުޅޭ ގޮތުން ނިއު ޔޯކް ޓައިމްސްއަށް ސަރުކާރުން ރައްދުދީފި
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
04 މާރިޗު 2017

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

04 މާރިޗު 2017
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
22 ފެބުރުއަރީ 2017

އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި

22 ފެބުރުއަރީ 2017
އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް