Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވައިޓް އާސެނަލަށް ބަދަލުވުން

އާސެނަލުން ބެން ވައިޓުގެ ސޮއި ހޯދައިފި

30 ޖުލައި 2021 | ހުކުރު 19:08

އާސެނަލުން މީގެ ކުރިންވެސް ވައިޓް ހޯދަން މަސައްކަތްކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖުލައި 2021 | ހުކުރު 19:08
އާސެނަލާ ގުޅުނު އިންގްލެންޑުގެ ޑިފެންޑަރު ބެން ވައިޓް

އާސެނަލާ ގުޅުނު އިންގްލެންޑުގެ ޑިފެންޑަރު ބެން ވައިޓް

ބްރައިޓަންއަށް ކުޅެމުން އައި އިންގްލެންޑުގެ ޑިފެންޑަރު ބެން ވައިޓުގެ ސޮއި އާސެނަލުން ހޯދައިފިއެވެ.

އުމުރުން 23 އަހަރުގެ ވައިޓް އާސެނަލަށް ބަދަލުވީ 50 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އާސެނަލުން ވައިޓުގެ ސޮއި ހޯދިއިރު، އޭނާ ހޯދުމަށް އާސެނަލުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ބިޑް ކޮށްފައެވެ.

އާސެނަލުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނީ ވައިޓަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އާސެނަލުން ގެންނަށް އެންމެ ބޮޑަށް ބޭނުންވި ކުޅުންތެރިޔާ ކަމަށާއި، އެހެންކަމުން އޭނާގެ ޓްރާންސްފާގެ ކަންކަން ނިމުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ވައިޓަކީ ވިސްނުންތޫނު ޑިފެންޑަރެއް ކަމަށާއި، އޭނާއާއެކު އާސެނަލުގެ ފަހަތް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް އާޓެޓާ ވަނީ ބުނެފައެވެ.

ވައިޓަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި އިންގްލެންޑުގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. އިންގްލެންޑުގެ ސްކޮޑުން ވައިޓަށް ފުރުސަތު ލިބުނީ ޔޫރޯގެ ކުރިން ލިވަޕޫލުގެ ޒުވާން ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑަށް އަނިޔާވުމުންނެވެ. އެކަމަކު މި ފަހަރުގެ ޔޫރޯގައި ވައިޓް މެޗެއް ކުޅެފައެއް ނުވެއެވެ.

ބްރައިޓަންއިން ސީނިއާ ކެރިއަރު ފެށި ވައިޓް މީގެ ކުރިން ވަނީ ލޯނު އުސޫލުން ނިއުޕޯޓް ކައުންޓީ އާއި ޕީޓަބޮރޯ ޔުނައިޓެޑް އަދި ލީޑްސް ޔުނައިޓެޑަށް ކުޅެފައެވެ. އޭގެ ތެރެއިން 2019-2020 ވަނަ އަހަރުގެ ސީޒަނުގެ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ލީޑްސްއިން ހޯދިއިރު، ވައިޓް ވަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މިދިޔަ ސީޒަނުގައި ވައިޓް ވަނީ ބްރައިޓަންއާއެކު އިނގިރޭސި ޕްރިމިއާ ލީގުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

އާސެނަލުން ވައިޓްގެ ސޮއި ހޯދިއިރު، އެ ޓީމުން ވަނީ މި ޓްރާންސްފާގައި ބެންފިކާއަށް ކުޅެމުން އައި އުމުރުން 21 އަހަރުގެ ނޫނޯ ޓަވަރޭސްގެ ސޮއި ހޯދާފައެވެ. އެކަމަކު ކުރިއަށް އޮތް ސީޒަނަށް ބްރެޒިލުގެ ޑިފެންޑަރު ޑޭވިޑް ލުއިޒްގެ އެއްބަސްވުން އާނުކުރަން އާސެނަލުން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް