Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަސްޓަމްސްގެ ތަފާސްހިސާބު

މިދިޔަ ޖޫން މަހު ކަސްޓަމްސްގެ އިމްޕޯޓާއި އެކްސްޕޯޓް އިތުރު

28 ޖުލައި 2021 | ބުދަ 14:08

ރާއްޖެއިން ކްލިއަރެންސް ދިން އުޅަނދުފަހަރު ވެސް މިދިޔަ ޖޫން މަހު އިތުރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 ޖުލައި 2021 | ބުދަ 14:08
ކަސްޓަމްސް ކްލިއަރެންސްގައި ހުރި މުދާތަކެއް

ކަސްޓަމްސް ކްލިއަރެންސްގައި ހުރި މުދާތަކެއް

މިދިޔަ ޖޫން މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 59 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ މިދިޔަ ޖޫން މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އެފްއޯބީ އަގާއި، އިމްޕޯޓުކުރި މުދަލުގެ ސީއައިއެފް އަގު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ.

Advertisement - newsAdvertisement

ކަސްޓަމްސްއިން ބުނީ މިއަހަރުގެ ޖޫން މަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އެފްއޯބީ އަގު 228 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މިދިޔަ 2020 އަހަރުގެ ޖޫންމަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އެފްއޯބީ އަގު އަރަނީ 221 މިލިއަން ރުފިޔާއަށް ކަމަށާއި، މިއަހަރު 3 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރާ އަޅާ ބަލާއިރު 44 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ ސީއައިއެފް އަގު 2.1 ބިލިއަން އަރާ ކަމަށާއި، މިއަހަރު މި އަދަދު 3 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މިއާއެކު ކަސްޓަމްސްއަށް މިއަހަރުގެ ޖޫން މަހު ލިބުނު އާމްދަނީ 247 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މިދިޔަ އަހަރުގެ ޖޫން މަހު ކަސްޓަމްސްއަށް ލިބުނީ 156 މިލިއަން ރުފިޔާ ކަމަށާއި، މި އަހަރު މި އަދަދު ވަނީ 59 އިންސައްތައަށް އިތުރުވެފައި ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ އޮމާން، ޗައިނާ އަދި ސިންގަޕޫރުންނެވެ. އޮމާނުން 490 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށާއި، ޗައިނާއިން 391 މިލިއަން ރުފިޔާގެ މުދާ، އަދި ސިންގަޕޫރުން 354 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. މިދިޔަ ޖޫން މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑު، ޖަޕާން އަދި ޖަރުމަނުވިލާތަށް ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ޖޫން މަހު ޕްރޮސެސް ކުރި ޑިކްލަރޭޝަންއަށް ބަލާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 6،593 ގައެވެ. މިއަހަރުގެ ޖޫން މަހު މި އަދަދު ހުރީ 13،831 ގައެވެ.

މީގެ އިތުރުން ކްލިއަރެންސް ދެވުނު އުޅަނދުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން އައިސްފައިވާ 67 އުޅަނދަކަށް މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ކްލިއަރެންސް ދީފައެވެ. މިއަހަރުގެ ޖޫން މަހު 82 އުޅަނދަކަށް ކްލިއަރެންސް ދީފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. ރާއްޖެއިން ފުރާފައިވާ 73 އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، މިއަހަރު 93 އުޅަނދަކަށް ކްލިއަރެންސް ދީފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް