Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުން

އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ އަމަލީ މަސައްކަތް މި މަހު 29 ގައި ފެށޭނެ- ކޮމިޝަނަރ

28 ޖުލައި 2021 | ބުދަ 07:13

މި ޕްރޮޖެކްޓުގެ މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެ ލިބިގެންދާނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ޖުލައި 2021 | ބުދަ 07:13
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު

އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެޓް ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށާއި، 29 ޖުލައިގައި އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކައި އެ ޖަލުގައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި އެ ޖަލުގެ އޮފިސަރުން ހޯދާފައިވާ ކަން ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ. މީގެ އިތުރުން މި ޕްރޮޖެކްޓުގެ މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެ ލިބިގެންދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. .

Advertisement - newsAdvertisement

އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނާ ގުޅިގެން ކޮމިޝަނަރ ވިދާޅުވީ މި އޮޕަރޭޝަން ހިންގާފައިވަނީ އަންގާރަ ދުވަހުގެ ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށާއި، މި ތަކެތި މިހާރު ފުލުހުންނާ ހަވާލުކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ޚާއްސަކޮށް ހޯމް މިނިސްޓަރުގެ އިސްނެންގެވުމަށް ޚާއްސަ މަސައްކަތްތަކެއްދަނީ ކުރައްވަމުންނެވެ. އެގޮތުން ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ކޮމިޝަން ފޮރ ޕްރިޒަންސް އޮޑިޓްގެ ނަމުގައި ކޮމިޝަނެއް އުފައްދަވައި ޖަލުތަކުގެ އޮޑިޓް ރިޕޯޓެއްވަނީ އެކުލަވާލައި އާންމުކުރައްވާފައެވެ. އަދި އދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައްތައް އިންތިޒާމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ޖަލުގައި ޖާގަ ނެތުމުން އެކި ކުށްކުށުގައި ޖަލަށްލެވޭ މީހުން އެއްތަނެއްގައި ތިބެންޖެހިފައިވާކަމަށާއި އެހެންނަމަވެސް ބޮޑެތި ކުށްވެރިންނާއި ހައްދުފަހަނަ އަޅާފައިވާ މީހުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އިމްރާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޖަލުގެ ހާލަތު ރަނގަޅުކުރުމަށް ޖަލުތަކުގެ ހާއްސަ އޮޑިޓެއް ހަދައި، ފާހަގަކުރެވުނު ކަންކަން އިސްލާހުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން މާލެއާއި ހުޅުމާލޭ ޖަލު އެއްކޮށްލުމުގެ މަސައްކަތް މި އަހަރު ކުރުމަށް ވަނީ ނިންމާފައެވެ.

މާލެއާއި ހުޅުމާލޭ ޖަލު އެއްކޮށްލުމަށްފަހު އަޅާ ޖަލު ވެގެންދާނީ ރާއްޖޭގައި ހަދާ ސަރަހައްދީ އެންމެ ބޮޑު ޖަލަށް ކަމަށާއި މިތަނުގައި ރިމާންޑް މީހުންނާއި އަންހެން ޤައިދީންގެ އިތުރުން ކުޑަކުދިން ވެސް ބޭތިއްބުމަށް ނިންމާފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ ވިދާޅުވެފައެވެ.

މި ތަނަކީ ޑިޓެއިނީސްއަށް ހާއްސަ ޖަލަކަށް ވާނެކަމަށް ވެސް ކޮމިޝަނަރ އަހްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ. ކުށްވެރިން އެއްތަނުން އަނެއްތަނަށް އުފުލުމަކީ މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ އައު ޖަލާއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި މި މަސައްކަތް ނިމޭއިރު މުވައްޒަފުން ތިބޭނެ އިތުރު އެކޮމަޑޭޝަން ބްލޮކްތައް ވެސް ހެދިގެންދާނެކަމަށެވެ. ކޮމިޝަނަރ އަހްމަދު މުޙައްމަދުފުޅު ވިދާޅުވީ މާލެއާއި ހުޅުމާލޭ ޖަލު އެއްކޮށްލުމުގެ މަސައްކަތް ނިންމައި 2022 ވަނަ އަހަރު އެތަން ބޭނުންކުރަން ފެށޭވަރުވާނެކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖޫން 2017

ޖަލުގެ ގޮޅީގައި އަދީބަށް އަނިޔާ ލިބެމުން ދަނީ، ދެ ކޮނޑު ވަނީ ފިހިފައި:ސިރާޖު

17 ޖޫން 2017
ޖަލުގެ ގޮޅީގައި އަދީބަށް އަނިޔާ ލިބެމުން ދަނީ، ދެ ކޮނޑު ވަނީ ފިހިފައި:ސިރާޖު
12 ޖޫން 2017

ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވެދާނެ: ސިރާޖު

12 ޖޫން 2017
ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވެދާނެ: ސިރާޖު
07 ޖޫން 2017

ހެޔޮއެދޭމީހުންނަކީ ކޮބައިކަން ދަސްކޮށްދިނީ ޖަލުގެ ތޭރިތައް: އަހުމަދު އަދީބު

07 ޖޫން 2017
ހެޔޮއެދޭމީހުންނަކީ ކޮބައިކަން ދަސްކޮށްދިނީ ޖަލުގެ ތޭރިތައް: އަހުމަދު އަދީބު
15 މެއި 2017

ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހަކު ހައްޔަރުކޮށްފިން: ފުލުހުން

15 މެއި 2017
ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހަކު ހައްޔަރުކޮށްފިން: ފުލުހުން
15 އެޕްރީލު 2017

މާފުށި ޖަލުގެ ގައިދީއަކަށް ހޫނު ފެނުން ހަމާދީ ޒަހަމް ކޮށްލައިފި

15 އެޕްރީލު 2017
މާފުށި ޖަލުގެ ގައިދީއަކަށް ހޫނު ފެނުން ހަމާދީ ޒަހަމް ކޮށްލައިފި
30 މާރިޗު 2017

ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!

30 މާރިޗު 2017
ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް