Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްއެސްއެސްގެ ކޮންޓެއިނަރ އަގުތައް

އެމްއެސްއެސްގެ ކޮންޓެއިނަރ އަގުތައް ވަނީ އެއް ހަމައެއްގައި ހިފެހެއްޓިފައި

އަގުތަކަށް ބަދަލު ނުގެނެސް ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާތީ ވިޔަފާރިވެރިންނަށް ފައިދާ ކުރޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 28 ޖުލައި 2021 | ބުދަ 03:42
އެމްއެސްއެސްގެ ފުރަތަމަ ބޯޓު ރާއްޖޭގެ ވިޔަފާރި މައި ބަނދަރު އެމްޕީއެލްއަށް ކައިރިކުރުން --- ފޮޓޯ: ޔޫސުފް ސޮފްވާން

އެމްއެސްއެސްގެ ފުރަތަމަ ބޯޓު ރާއްޖޭގެ ވިޔަފާރި މައި ބަނދަރު އެމްޕީއެލްއަށް ކައިރިކުރުން --- ފޮޓޯ: ޔޫސުފް ސޮފްވާން

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ޚިދުމަތްފެށި އެއް އަހަރު ދުވަސް ވެގެން ދިޔަ އިރު، އެ ކުންފުނިން އުފުލާ ކޮންޓެއިނަރުތަކުގެ އަގަށް މާބޮޑު ބަދަލުތަކެއް ނުގެނެސް އެއް ހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށް އެމްއެސްއެސްގެ ބެލެނިވެރި ކުންފުނިކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ 'ވިޔަފާރި މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމްރު ވަނީ އެމްއެސްއެސް ގެ މަސައްކަތް ފެށިގެން އައި އިރު، ކޮވިޑް-19ގެ ސަބަބުން އެޅިފިޔަވަޅުތަކާއެކު ދުނިޔޭގެ ގިނަ ގައުމުތަކެއް ލޮކްޑައުން ކުރުމުން ފްރައިޓްގެ އަގު ވަރަށް ބޮޑުތަނުން އުފުލިގެން ދިޔަކަން ފާހަގަކުރައްވާފައެވެ. މިއާއެކުވެސް އެމްއެސްއެސް އިން އުފުލާ ކާގޯގެ އަގަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް އޮޕަރޭޓް ކުރެވިފައިވާ ކަމަށާއި ކާގޯގެ އަގުތަކަށް ބަދަލެއް އައިސްފައިވާ ނަމަ އެ ބަދަލު އައިސްފައި ވަނީ ދުނިޔޭގެ އަގުތަކަށް އައި ބަދަލުތަކާއެކު ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

Advertisement - businessAdvertisement

އަމްރު ވަނީ އެމްއެސްއެސްގެ ޚިދުމަތް ފެށި އެއް އަގުތަކަށް ބަދަލު ނުގެނެސް ވިޔަފާރިވެރިންނަށް ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާތީ އޭގެ ފައިދާ ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންނަށް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމްއެސްއެސްގެ ސަބަބުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެން ގޮސްފައިވާކަން އަމްރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އެމްއެސްއެސްގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ބޭނުމަކީ ރާއްޖެއަށް ބޭރުގެ ފައިސާ ވަންނާނެ އިތުރު ދޮރުތައް ހުޅުވުން ކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެމްއެސްއެސްގެ ޚިދުމަތް ފުޅާކޮށް ރާއްޖެއިން ބޭރަށް ޚިދުމަތް ދިނުމުގެ މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން 'ވިޔަފާރި މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަބްދުﷲ ސައީދު ވަނީ އެމްއެސްއެސްގެ ޚިދުމަތް ފެށި އިރު، އެ ކުންފުނީގެ ކޮންޓެއިނަރ ވެސަލް އިން އަމިއްލަ ވިޔަފާރިވެރިންގެ އޯޑަރުތަކާއެކު އުފުލަމުން ދިޔައީ 50 ކޮންޓެއިނަރުގެ މުދާ ކަމަށާއި ނަމަވެސް މިހާރު އެންމެ މަދުވެގެން 300 ކޮންޓެއިނަރުގެ މުދާ ކޮންމެ ދަތުރެއްގައި އުފުލާ ކަމަށް ވިދާޅުވެފައެވެ. އަދި ކުންފުނީގެ ޝެޑިއުލް މެއިންޓެއިންކޮށް އިންޓަނޭޝަނަލް ޝިޕިން ލައިންތަކާ ގުޅިގެން ކުންފުނީގެ ކޮންޓެއިނަރ ކާގޯގެ ވޮލިއުމް އިތުރުކުރުމުގެ މަސައްކަތް ކުރަންފަށައި މިހާރު ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިން މަރސްކްއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެމްއެސްއެސްގެ ކޮންޓެއިނަރ ވެސަލްގެ ދަތުރުތައް މިހާރު ކޮންމެ 10 ދުވަހަކުން ރާއްޖެއަށް ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ތެލުގެ ބާޒާރު އެއްހަމައެއްގައި ހިފެހެއްޓުމާ ގުޅޭގޮތުން ޓްރަމްޕާއި ޕުޓިން މަޝްވަރާ ކުރައްވައިފި

ދުނިޔޭގެ ތެލުގެ ބާޒާރު އެއްހަމައެއްގައި ހިފެހެއްޓުމާ ގުޅޭގޮތުން ޓްރަމްޕާއި ޕުޓިން މަޝްވަރާ ކުރައްވައިފި

30 މާރިޗު 2020
އިންފްލޭޝަން 1.29 އިން ސައްތަ މައްޗަށް: އެންމެ ބޮޑުވީ ތަރުކާރީގެ އަގުތައް

އިންފްލޭޝަން 1.29 އިން ސައްތަ މައްޗަށް: އެންމެ ބޮޑުވީ ތަރުކާރީގެ އަގުތައް

09 ފެބުރުއަރީ 2020
ހަނިމާދޫ-ކޮޗިން ތާވަލު ފްލައިޓުގެ އަގުތައް މޯލްޑިވިއަން އިން ކަނޑައަޅައިފި

ހަނިމާދޫ-ކޮޗިން ތާވަލު ފްލައިޓުގެ އަގުތައް މޯލްޑިވިއަން އިން ކަނޑައަޅައިފި

16 އޮކްޓޯބަރު 2019
އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް އެސްޓީއޯއިން ހެޔޮކޮށްފި

އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް އެސްޓީއޯއިން ހެޔޮކޮށްފި

05 ސެޕްޓެމްބަރު 2019
މި ރޯދަމަހު މާރުކޭޓްގައި މަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި

މި ރޯދަމަހު މާރުކޭޓްގައި މަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި

11 މެއި 2019

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު