Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް މައުމޫނުގެ ވެރިކަން

"އަނދަގޮނޑި ޖެހުންވެސް ހުއްޓުވިން، ޖަލުގައި ނަޝީދަށް އަނިޔާއެއް ނުކުރަން"

27 ޖުލައި 2021 | އަންގާރަ 14:07

އެއްވެސް އިރެއްގައި ޖަލުގައި މީހުންނަށް އަނިޔާ ކުރުމަކީ އެމަނިކުފާނު ރުހިވަޑައިގަންނަވާ ކަމެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖުލައި 2021 | އަންގާރަ 14:07
ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ރައީސް މައުމޫނުގެ އޯޑަރަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޖަލުގައި އެކި ކަހަލަ އަނިޔާތައް ކުރިކަމަށް ދެކެވޭ ވާހަކަތައް ރައީސް މައުމޫނު ދޮގު ކުރައްވައިފިއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ރައީސް މައުމޫނު ވިދާޅުވީ، އެއްވެސް އިރެއްގައި ޖަލުގައި މީހުންނަށް އަނިޔާ ކުރުމަކީ އެމަނިކުފާނު ރުހިވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްވެސް އިރެއްގައި ހުއްދަ ދެއްވާފައިނުވާނެ ކަމަށެވެ. ނަމަވެސް ވެރިކަމުގައިވެސް އަދި އޭގެ ކުރިންވެސް އެ އިރަކު އޮންނަ ސަރުކާރަކަށް ނޭނގި އެކަންކަން ހިނގާފައިވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް މައުމޫނު ވިދާޅުވީ، އެފަދަ މައްސަލައެއް ހުށައެޅުނު ކޮންމެ ފަހަރަކުވެސް އެކަމަށް ވަކި ކޮމިޓީއެއް އުފައްދަވައި، ތަހުގީގު ކުރައްވާފައިވާނެ ކަމަށެވެ. އަދި އެފަދަ ބައެއް މައްސަލަތައް ޝަރީއަތަށް ފޮނުއްވާފައިވާނެ ކަމަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ކުރީގެ ރައީސް ނަޝީދަށް ޖަލުގައި އެކި ކަހަލަ އަނިޔާތައް ކުރިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ރައީސް މައުމޫނު ވިދާޅުވީ، ޚުދު ރައީސް ނަޝީދުވެސް އެފަދަ ވާހަކަފުޅެއް ދައްކަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ރައްޔިތުންގެ ޤަދަރާއި އިޙްތިރާމް ލިބިވަޑައިގެންވާ ބޭފުޅެއްކަން ފާހަގަ ކުރައްވައި ރައީސް މައުމޫނު ވިދާޅުވީ، އެއްވެސް އަސާސެއް ނެތި ރައީސް ނަޝީދު އިތުރުފުޅެއް ހައްދަވާފައި އޮވެދާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައީސް މައުމޫނު ވަނީ، އެމަނިކުފާނަށް އެނގިވަޑައިގެން ރައީސް ނަޝީދަށް އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މީހުން އަނދަގޮނޑި ޖެހުން އުވާލެއްވީވެސް އެމަނިކުފާނުކަން ފާހަގަ ކުރައްވައި، އެއްވެސް މީހަކަށް ލާއިންސާނީ އަނިޔާއެއް ލިބުމަށް އެދިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް