Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޔޫގެ ކޯސްތައް

ތައުލީމީ ދާއިރާއަށް ދިވެހިން ނެރުމަށް އެމްއެންޔޫއިން ގިނަ ކޯސްތަކަކަށް ހުޅުވާލައިފި

25 ޖުލައި 2021 | އާދީއްތަ 17:12

ތައުލީމީ ދާއިރާގެ ކޯސްތައް ހެދުމުގެ ފުރުސަތު ޔުނިވަރސިޓީގެ ކެމްޕަސްތަކުންވެސް ލިބިގެންދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖުލައި 2021 | އާދީއްތަ 17:12
އެމްއެންޔޫ- ތައުލީމީ ދާއިރާގެ ކޯސްތައް ހެދުމުގެ ފުރުސަތު ޔުނިވަރސިޓީގެ ކެމްޕަސްތަކުންވެސް ލިބިގެންދާނެ

އެމްއެންޔޫ- ތައުލީމީ ދާއިރާގެ ކޯސްތައް ހެދުމުގެ ފުރުސަތު ޔުނިވަރސިޓީގެ ކެމްޕަސްތަކުންވެސް ލިބިގެންދާނެ

އޯގަސްޓް މަހުގެ އިންޓޭކަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީ)ން ގިނަ ކޯސްތަކަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން އެފްއީގެ ޑީން މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ، އެފްއީއިން ހުޅުވާލާފައިވާ ޓީޗިންގ ޑިގްރީ އަދި މާސްޓަރސްގެ ކޯސްތަކަކީ ތައުލީމީ ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ބައިވެރިވެވޭނެ ކޯސްތަކެއް ކަމަށެވެ. އަދި ތައުލީމީ ދާއިރާއަކީ މުޅި ރާއްޖޭގައި އެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ގިނަ ދާއިރާއެއް ކަމަށާއި، ގައުމީ ޔުނިވަރސިޓީގެ އަމާޒަކީ މިދާއިރާއަށް ދިވެހީން ތަމްރީނު ކޮށްދިނުން ކަމަށެވެ.

Advertisement - newsAdvertisement

ފިޒާނާ އިތުރަށް ވިދާޅުވީ ތައުލީމީ ދާއިރާގެ ކޯސްތައް ހެދުމުގެ ފުރުސަތު ޔުނިވަރސިޓީގެ ކެމްޕަސްތަކުންވެސް ލިބިގެންދާނެ ކަމަށެވެ. ޔުނިވަރސިޓީގެ ހަތަރު ކެމްޕަސް އަތޮޅުތެރޭގައި ހުރެއެވެ. އެއީ ހދ. ކުޅުދުއްފުށީ ކެމްޕަހާއި، ލ. ގަމު ކެމްޕަހާއި، ގދ. ތިނަދޫ ކެމްޕަހުގެ އިތުރުން ހިތަދޫ ކެމްޕަހެވެ.

"ގައުމު ބިނާ ކުރުމަށް އެމްއެންޔޫ"ގެ ނަމުގައި ކުރިޔަށް ގެންދާ ޚާއްސަ ސްކޮލަރޝިޕްތަކަކަށް ފުރުސަތު ހުޅުވާލާފައިވާއިރު، މި ފަހަރުގެ ސްކޮލަރޝިޕްގައި، އެފްއީގެ ދަރިވަރުންނަށް އިސްކަން ދޭނީ ޕްރައިމަރީ އެޑިއުކޭޝަން އިން މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުންގެ ޓިއުޝަން ފީ ހިލޭވާނެއެވެ. އަދި އެލަވަންސްގެ ގޮތުގައި 5000 ރުދިޔާ ލިބޭއިރު، ކޯސް ފަށާއިރު ފޮތްތައް ގަތުމަށްވެސް 5000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ. އަދި ސްކޮލަރޝިޕްގެ ފުރަތަމަ މަހުގައި އެސްޓެބްލިޝްމަންޓެއްގެ ގޮތުގައި 5000 ރުފިޔާ ދޭއިރު ދަނާލުގައި ހުރެގެން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެމްއެންޔޫގެ އޮގަސްޓް އިންޓޭކުގެ ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ. ކޯސްތަކަށް ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށް ވަނީ ހުޅުވާލާފައެވެ.

އެމްއެންޔޫއިން ގިނަ ދަރިވަރުންތަކެއް މިހާތަނަށް ދަސްވެނިވެފައިވާއިރު، އެމްއެންޔޫ ފާހަގަ ކޮށްލެވެނީ ފުންނާބު އުސް ލެކްޗަރާއިން ކިޔަވައިދޭ ޔުނިވަރސިޓީއެއްގެ ގޮތުގައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް