Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާސްކާ އެޅުން

މާސްކާ ނުލައި ދެން ދިރިއުޅޭނީ ކިހިނެއް؟

މާސްކް އެޅުމަށް އޮތް އުސޫލަށް ލުއި ދީފައެއް ނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ޖުލައި 2021 | އާދީއްތަ 11:56
ފުލުހުން އާންމުންގެ މީހަކު ހުއްޓުވައި ސުވާލުކުރަނީ

ފުލުހުން އާންމުންގެ މީހަކު ހުއްޓުވައި ސުވާލުކުރަނީ

މީގެ އަހަރެއްހާ ދުވަސް ކުރިން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ކޮވިޑާއި ގުޅިގެން ދިވެހިން އައު އުސޫލުތަކަކަށް ތަބާވާން ޖެހުނުތަނެވެ. ކޮވިޑުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ކޮންމެހެން މަޖުބޫރު ފިޔަވަޅުތަކުގެ ތެރޭގައި މާސްކް އެޅުން މަޖުބޫރު ކަމަކަށް ވެގެން ދިޔައެވެ. ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އާންމު ތަންތާގައި މާސްކް އެޅުން މަޖުބޫރު ކަމަށްވެގެން ދިޔައެވެ. އެންމެ ފުރަތަމަ މި އުސޫލު މާލެ ސަރަހައްދަށް ތަންފީޒު ކުރި ނަމަވެސް ފަހުން ރަށްރަށުގައި ވެސް ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން ފެބްރުއަރީ ހަތްވަނަ ދުވަހުން ފެށިގެން ރަށްރަށުގައި ވެސް ވަނީ މާސްކް އެޅުން މަޖުބޫރުކޮށްފައެވެ.

މިއުސޫލާއި ގުޅިގެން އަޅުގަނޑުމެންނަށް އެކި ކަހަލަ ތަފާތު ކަންކަންތައް ފެނިގެން ދިޔައެވެ. މާސްކުގެ ވިޔަފާރި އިތުރުވެގެން ދިޔައިރު އަވަށްޓެރި އިންޑިއާއިން ވެސް ވަނީ ކޮވިޑާއި ގުޅިގެން ތަފާތު އެތައް ކަމެއް ކޮށްފައެވެ. އެގޮތުން ވައިރަސްއަށް ބިރުގަންނަ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން އެއް ރެސްޓޯރެންޓަކުން ވަނީ "ކޮވިޑް ރިހަ" އަދި "މާސްކް ނާން" އެފަދަ މީހުންނަށް ފޯރުކޮށްދޭން ފަށާފައެވެ. މިފަދަ މަޖާ އެތައް ކަމެއް ފެނިގެން ދިޔައިރު މާސްކް އަޅައިގެން ތިބެ ކެއިންބުއިމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތަށް ވެސް ބައެއް މީހުން ޖޯކު ޖަހާ ވީޑިއޯތައް ވަނީ އާންމުކޮށްފައެވެ.

މިފަދަ ސީރިއަސްކަމެއްގެ ތެރެއިން މަޖާކުރުމަށް ވެސް ފުރުސަތު ލިބިގެން ދިޔައިރު މާސްކް ނާޅާ މީހުންނާއި ދޭތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުންޏެވެ. މިފިޔަވަޅުތަކުގެ ދަށުން ފާއިތުވި މަސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު 1000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ. މެއި މަހަށް ބަލާލިޔަސް މާސްކް ނާޅައި މަގުމަތީގައި އުޅުނު 175 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އެއީ 24 ގަޑިއިރުގެ ތެރޭގައި ޖޫރިމަނާ ކުރި މީހުންގެ އަދަދެވެ. 24 ގަޑިއިރަށް ބަލާއިރު މިއީ ކުޑަ އަދަދެއް ނޫނެވެ.

ކޮންމެއަކަސް މި ފިޔަވަޅުތަކާއެކު އަޅުގަނޑުމެން ކުރިއަށް ގޮސް، މިހާރު ސަރުކާރުން މިވަނީ ލުއިތައް ވެސް ދޭން ފަށާފައެވެ. އެހެންނަމަވެސް މާސްކް އެޅުމަށް އޮތް އުސޫލަށް ލުއި ދީފައެއް ނުވެއެވެ. މާސްކް އެޅުމުން ކޮވިޑް-19 ވައިރަސްއަށް ތިމާ ހުށައެޅުމުގެ "ރިސްކް" ކުޑަކޮށްދޭއިރު މާސްކް އަޅަން ޖެހޭނެ ކަމަށް އަދިވެސް ސިއްހީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

މާސްކް އެޅުމަށް އެއްބަޔަކު ދެކޮޅު ހެދިޔަސް އަނެއް ބަޔަކަށް މިކަން ވީ މާ ރަނގަޅު ކަމަކަށެވެ. މަގުމަތިން ދާއިރު މީހުންނަށް ކާކުކަން ވަކި ކުރަން ނޭނގުމާއި މީހުންގެ ނަޒަރުން ސަލާމަތްވުމަށް މާސްކް އެހީތެރިވެދޭ ކަމަށް އެފަދަ މީހުން ބުނެއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަމީހުންނަށް ވެސް މާސްކް އަޅައިގެން ކަންތައްތައް ކުރުމަށް ފަސޭހަވެގެންދާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ޕޯޑިއަމްއަކަށް އަރައި ވާހަކަ ދައްކަން ޖެހުނަސް ލައިވް ޕްރޮގްރާމަކަށް އަރައި މައުލޫމާތެއް ހިއްސާ ކޮށްލަން ވިޔަސް މާސްކާއެކު އެކަން ވެގެން ދިޔައީ ނުލާހިކު "ކޮމްފަޓަބަލް" ކަމަކަށެވެ.

މާސްކާ އަޅައިގެން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ބައްޓަން ކުރަން ޖެހިފައިވާއިރު ހިތުގައި އުފެދޭ ސުވާލަކީ މާސްކާ ނުލައި ދެން އުޅެވޭނެހެެއްޔެވެ؟

އިތުރަށް ކިޔާލަން

07 މެއި 2017

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟
23 އެޕްރީލު 2017

ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

23 އެޕްރީލު 2017
ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟
19 އެޕްރީލު 2017

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟
21 މާރިޗު 2017

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟
25 ފެބުރުއަރީ 2017

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟
21 ފެބުރުއަރީ 2017

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟
16 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް