Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މެއި 6ގެ ހަމަލާ

ތިން މިލިއަން ޚަރަދުކުރިނަމަ ފިލަން މުޅި މާލެ ވަށައި ބުރުޖަހާނެބާ؟

ރައީސް ނަޝީދަށް ހަމަލާދިނުމަށް ތިން މިލިއަން ޑޮލަރު ދީގެން ޕްލޭންކޮށްފައިވާކަމުގެ މައުލޫމާތު މެންބަރަކު ވަނީ ހިއްސާކުރައްވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 25 ޖުލައި 2021 | އާދީއްތަ 10:56
ހަމަހަމަލާދިނުމަށްފަހު ކާރާއި ސައިކަލުގައި އެކި ގެސްޓްހައުސްތަކުން މާލެ ތެރޭގައި އުޅުނުގޮތުގެ ވާހަކަ ފުލުހުން ވަނީ ހާމަކޮށްފައި

ހަމަހަމަލާދިނުމަށްފަހު ކާރާއި ސައިކަލުގައި އެކި ގެސްޓްހައުސްތަކުން މާލެ ތެރޭގައި އުޅުނުގޮތުގެ ވާހަކަ ފުލުހުން ވަނީ ހާމަކޮށްފައި

މެއި 6 ވަނަ ދުވަހަކީ މިފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެ ދުށް އެންމެ އަނދިރި ދުވަހޭ ދަންނަވަން ޖެހެއެެވެ. މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އަޑުން މުޅި ފަޒާ ބިރުވެރިކަމުން ގުގުމާލިއިރު، މި ކަމުގެ މައުލޫމާތު ކުރިން ލިބިފައިވާކަމަށް ބުނި ހިސާބުން މިކަމުގެ ނުރައްކާތެރިކަން އިތުރަށް އިހުސާސްވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާ ދިނުމުގެ ކުރިން މެއި މަހުގެ 3 ވަނަ ދުވަހު، އެފަދަ ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެންބަރ އިލްޔާސް ލަބީބު ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއާ ހިއްސާކުރައްވާފައިވެއެވެ. މިކަމާއި ގުޅޭގޮތުން މިނިސްޓަރ މާރިޔާ ވިދާޅުވީ ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ ވާހަކައެއް މީހަކު ބުނިކަމަށެވެ. އަދި ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށެއްކަމަށާއި އެހެންކަމުން ފުލުހުންނާ އެ މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންނެވި ކަމަށް މާރިޔާ ވިދާޅުވިއެވެ.

ފައިސާ ދީ ފަންޑުކޮށްގެން އަދި އަޑީގައި އެތައް ބަޔަކު ތިބެގެން ހިންގާ މިފަދަ ނޭއްގާނި އަމަލެއްގެ ވާހަކަ ދިވެހިރާއްޖެއިން އިވުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެތައް މިލިއަނުން ނުވަތަ ލައްކައިން ޚަރަދުކޮށް މީހުން ގަޔަށް ވަޅި ޖަހާ، ކަޓަރު އަޅާ، ކިޑްނެޕްކުރާ ވާހަކަތައް މީގެ ކުރިންވެސް އިވިފައިވެއެެވެ. އެހެންނަމަވެސް، މިކަމާއި، ރައީސް ނަޝީދަށް ދިން ހަމަލާއާއި ތަފާތުވާ ކަން އެންމެ ބޮޑަށް ހާމަވެ އެނގިގެން ދިޔައީ ޖުަލައި މަހުގެ 24 ވަނަ ދުވަހުގެ ރޭ ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީ ގޮއްވާލުމަށްފަހު، މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވި މީހުން ފިލަން އުޅުގޮތް ތަފުސީލުކޮށްދެއްވާފައެވެ. އެގޮތުން ކާރުގަޔާއި، ސާއިކަލުތަކުގަޔާއި، ގެސްޓްހައުސްތަކުން މާލެ ތެރޭގައި އުޅުނުގޮތުގެ ވާހަކަ އަޑު އެހި މީހާވެސް ހުރީ ހުއްޓުން އަރާފައެވެ. ފުލުހުންނާއި ސިފައިންގެ އަތް ދަށުން ސަލާމަތްވުމަށް މި ވެރިން ދުވި ދުވުން އަޑު އަހާފައެވެ. މިހާ ހިސާބުން ބޮޑު ސުވާލެއް އަޅުގަނޑުގެ ހިތުގައި އުފެދުނެވެ. ކުރިން ލިބިފައިވާ މައުލޫމާތުތަކާއި މި އައު ކަންކަމާއި ދިމާވޭތޯ ނޫސްވެރިއެއްގެ ނަޒަރިއްޔާތުން އަޅާކިޔާލުމުން ބޮޑު ނުގުޅުންގަނޑެއް އޮތްކަން އިހުސާސްވިއެވެ.

މި ދަންނަވަނީ ކުރިން އިލްޔާސް ލަބީބް ހިއްސާކުރެއްވި ގޮތުންނަމަ މިކަމަކީ ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއެކެވެ. އެހެނަސް، އެވަރު ބޮޑު ކަމެއް އެތައް ދުވަހެއްގެ މައްޗަށް ބެހިގެންވާ ފާރަލުމަކަށްފަހު ނިންމާ ތަންފީޒުކުރުމަށްފަހު މީދާތައް ފިލަން އުޅޭ ބީދައިން މާލޭގައި ފިލަން އުޅުނީމައެވެ. ތިން މިލިއަން ޚަރަދުކޮށްފައިވާނަމަ އެވެރިން އެންމެ ފުރަތަމަވެސް ފިލަން ބޭރު ގައުމަކަށް ދާނެނޫންތޯއެވެ. ނުވަތަ އެކަން ކުރަން އެއަރޕޯޓާއި ހިސާބަށް ދާން މަސައްކަތް ކުރާނެ ނޫންތޯއެވެ. އެހެނަސް، މިފަދަ އެއްވެސް މަންޒަރެއް ނުފެނުނެވެ.

މިކަން މިހެން އޮތްކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭސީޕީ ރިޔާޒް ވަނީ ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ޑިފެންސް މިނިސްޓަރަށް ލިބިވަޑައިގެންނެވި މައުލޫމާތާ، ރައީސް ނަޝީދަށް ދިން ހަމަލާއާ ސީދާ ގޮތުން ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެސިސްޓެންޓް ކޮމިޝަނަރ ވިދާޅުވީ ހަމަލާގެ މައުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވިކަން ތަހުގީގަށް ލިބުނު މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މިކަމާގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން މިނިސްޓަރ މާރިޔާއަށް ލިބިވަޑައިގެންނެވި މައުލޫމާތާއި މެއި 6 ގައި ދިން ހަމަލާއާ ސީދާ ގޮތުން ގުޅުމެއް ވާކަމަށް ފާހަގަކުރެވިފައި ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ. މި މައުލޫމާތާ ގުޅިގެން ބައެއް ކަންކަން ވެރިފައި ކުރުމަށް ސީދާ ރައީސް ނަޝީދާ ސުވާލުކުރަންޖެހޭ ކަމަށާއި، ތަހުގީގަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަހެއް އަދި ލިބިފައި ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ، ހަމަލާ ދިނުމުގެ ކުރީގައި ހަމަލާގެ މައުލޫމާތު ލިބި އޮވެ، އެ މައުލޫމާތެއް ހިއްސާކުރަންޖެހޭ ފަރާތަކާ ހިއްސާނުކޮށް އޮތްނަމަ އެކަމެއް ތަހުގީގުތެރޭގައި ބަލާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ހަމަލާ ދިނުމުގެ އެއްވެސް ދައުރެއް ވާ މީހަކު ވޭތޯ ބަލައި އެކަމުގެ ތަހުގީގުތައް ކުރިއަށްގެންދިޔުމަށް ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު