Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީދު ފާހަގަކުރުން

އީދާއެކު ކޮވިޑްގެ ފަސްވަނަ ރާޅަކަށް ދަނީތޯ؟

23 ޖުލައި 2021 | ހުކުރު 04:52

ބޮޑެތި އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖުލައި 2021 | ހުކުރު 04:52
މާލި ޕެރޭޑެއްގެ ތެރެއިން،

މާލި ޕެރޭޑެއްގެ ތެރެއިން،

އަހަރަކަށްވުރެ ގިނަ ދުވަހު މާލޭ ސިޓީގައި ތާށިވެފައި ތިބުމަށްފަހު އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރެވޭ ގޮތްވީއެވެ. އަޟްހާ އީދާ ދިމާކޮށް ބޮޑު ޗުއްޓީއެއް ލިބުމަކީ އިތުރަށް އުފާވެރިކަން ގެނުވި ސަބަބެކެވެ. ކަންދިމާކުރި ގޮތުން އީދު ބަންދު ވެސް ދިމާވީ ސްކޫލު ޗުއްޓީއާއެވެ. އެހެންކަމުން ގިނަ ބަޔަކު ރަށަށް ދާން ބޭނުންވިއެވެ. އާއިލާތައް އެކުއެކީގައި ފުރީއެވެ. ޗުއްޓީ ޕްލޭންކޮށްފައި ނެތް މީހުން ވެސް ވަގުތުން ޗުއްޓީ ޕްލޭންކޮށް ރަށަށް ދިޔައީއެވެ. އަދިވެސް ފުރާ މީހުން ފުރަނީއެވެ.

ގިނަ ދުވަސްތަކަކަށްފަހު މިފަދަ ބޮޑު ލުޔެއް ލިބުމަކީ ގިނަ ކަންތައްތަކެއް ކޮންމެ މީހަކު ވެސް ޕްލޭން ކުރާނެ ކަމެއްނުންތޯއެވެ. ޚާއްސަ ގޮތެއްގައި އީދު ބަންދާ ދިމާވުމުން ޕްލޭންތައް ރޭވީ އީދު ކުޅިވަރުތަކާއެކުއެވެ. ނަމަވެސް މިފަދަ ޕެންޑަމިކްއެއްގައި އީދު ފާހަގަކުރުމުގައި ސަމާލުވާން ވެސް ޖެހެއެވެ. އެކަން އަބަދާ އަބަދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދިޔައީ ހަނދާން ކޮށްދެމުންނެވެ.

އެގޮތުން ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކަމޭހިތުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ. އަޟްޙާ އީދާ ގުޅިގެން ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކަށް އަލިއަޅުވާލައި އެޗްޕީއޭއިން ބުނެފައިވަނީ އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުންނާ މަދުވެގެން ތިން ފޫޓުގެ ދުރުމިން ދަތުރުމަތީގައި ބަހައްޓަން ޖެހޭ ކަމަށެވެ. އީދު ކެއުމެއް ބާއްވާނަމަ ހަމައެކަނި ތިމާ ދިރިއުޅޭ އާއިލާގެ މީހުންނާއެކީ ކެއުން ބޭއްވުމަށް އިލްތިމާސްކުރިއެވެ. އެހެނިހެން މީހުންނާއެކު ގުރޫޕް ބޮޑު ނުކުރުމަށް ވެސް އެދުނެވެ.

މީގެ އިތުރުން ގިނަ މީހުން އެއްވެގެން ބާއްވާ އީދު ހަރަކާތްތަކާއި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ މުބާރާތްތައް ނުބޭއްވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. ބަލީގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ނަމަވެސް މިއާ ޚިލާފަށް ފެނިގެން ދިޔައީ ފެން ކުޅިތަކާއި ކުލަ ޖެހުމުގެ ތަފާތު ހަރަކާތްތައް ބޭއްވި މަންޒަރުތަކެވެ. އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އީދު ކުލަގަދަކޮށް ފާހަގަކުރީ މިއިން އެއްވެސް ކަމަކަށް ބެލުމެއް ނެތިއެވެ. މާސްކް އެޅުމެއް، އިޖްތިމާއީ ގައިދުރުކަމެއް ނެތެވެ. އަވަށްއަވަށުން ނުކުމެ ޖާފަތްތަކާއެކު ބޮޑެތި ކެއުންތައް ބޭއްވީއެވެ. ކޮވިޑް-19ގެ މަތިން ހަނދާން ވެސް ނެތް ކަހަލައެވެ. ތަފާތުވީ އެންމެ ކަމެކެވެ. ކުރީބައިގައި ތައްޔާރުވެގެން ބޭއްވޭ ކަހަލަ ހަރަކާތްތައް ފިޔަވައި އެހެން ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މާލި ނެރެ، ތަފާތު ކުޅިވަރުތައް ބޭއްވިއެވެ. މޮނިޓަރިންގެ ހާލަތުގައި އޮތް ބައެއް ރަށްރަށުގައި ވެސް އެޗްޕީއޭގެ އެންގުމަށް ބެލުމެއް ނެތި އީދު ކުލަގަދަކޮށް އީދު ފާހަގަކޮށްފައިވެއެވެ. އެގޮތަށް އީދު ފާހަގަކުރި އެއްރަށަކީ ތ. ކިނބިދޫއެވެ. މޮނިޓަރިންގެ ހާލަތުގައި އޮވެމެ ގިނަ ބަޔަކު އެއްވެ، ސަގާފީ ނެށުންތައް ބޭއްވިއެވެ. ނަމަވެސް މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށެއްގައި ގިނަ ބަޔަކު އެއްވެ ކުޅޭ އެއްވެސް ކުޅިވަރެއް ނުވަތަ ހަރަކާތެއް ވެސް ނުބޭއްވޭނެއެވެ. އެއީ މޮނިޓަރިންގެ އުސޫލާ މުޅިން ޚިލާފު ކަމެކެވެ.

އީދުގެ ޖޯޝާއެކު ބައެއް ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ށ. ޅައިމަގުގައި ކޯޑި ކުޅުނު ގަޑީގައި ކަފަ މާލި ހެދިގެން އުޅުނު 20 އަހަރުގެ ޒުވާނެއްގެ ގައިގައި އަލިފާން ރޯވެ ވަރަށް ބޮޑަށް ފިހިފައިވެއެވެ. މިހާރު އެޒުވާނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، ހަށިގަނޑުގެ 25 އިންސައްތަ ފިހިފައިވާކަމުގެ މައުލޫމާތު ލިބެއެވެ. އަދި ގއ. ދާންދޫގައި ކުލަޖެހުމުގެ ތެރޭގައި ހިތްހަމަ ނުޖެހުމެއް އުފެދި މާރާމާރީއެއް ވެސް ހިނގާފައިވެއެވެ. އަންހެނަކާއި ފިރިހެނެއްގެ ދެމެދު ހިނގި މި މާރާމާރީގައި ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާވެ ސިއްހީ މަރުކަޒުގައި ފަރުވާ ދޭން ޖެހުނެއެވެ.

ބައެއް ރަށްތަކުން އެޗްޕީއޭގެ އުސޫލާއި ކޮވިޑް-19ގެ މަތިން ހަނދާން ނެތުނު ނަމަވެސް އަނެއް ބައި ރަށްރަށުގައި ވަރަށް ރަނގަޅަށް އަމަލުކޮށްފައިވެއެވެ. ގިނަ ބަޔަކު އެއްވެގެން ބާއްވަން ޖެހޭ އެއްވެސް ހަރަކާތެއް ބާއްވާފައެއް ނުވެއެވެ. ކެއުންތަކާއި، ކުޅިވަރުތައް ބޭއްވީ އާއިލާތަކުގެ މެދުގައެވެ. ރަށު ތެރެއަށް ނުކުމެ އެޗްޕީއޭގެ އުސޫލަށް ގޮންޖަހާފައެއް ނުވެއެވެ.

ހަރުކަށި ފިޔަވަޅުތަކާއެކު ކޮވިޑް-19ގެ ހަތަރުވަނަ ރާޅު ކޮންޓްރޯލް ކުރެވުނީ ގިނަ ބަޔެއްގެ ގުރުބާނީއާއެކުއެވެ. ވިޔަފާރިތައް ބަންދުވެ ހިތްދަތި އެތައް ކަމެއް ތަޖުރިބާކުރަން ޖެހުނެއެވެ. ސިއްހީ ފަރުވާއަށް ދަތިވިއެވެ. މެއި މަހުގެ ތެރޭގައި ގިނަ ބަޔަކު މިބަލީގައި ނިޔާވުމަކީ ވެސް ހިތްތައް ނުތަނަވަސްކުރުވި ކަމެކެވެ. ދުވަހަކު ވެސް ކޭސްތައް މައްޗަށް ނުދާ ވަރަށް މާލޭގައި ކޭސްތައް އިތުރުވެ ސިއްހީ ޚިދުމަތްތެރިންނަށް ގައުމު ބޭނުންވިއެވެ. އަތޮޅުތެރޭގެ ރަށްތަކުން ވެސް ކޭސްތައް ފެނި 80ށްވުރެ ގިނަ ރަށް މޮނިޓަރިންގެ ހާލަތަށް ލިއެވެ. މިހާލަތަށް ގައުމު ދިޔައީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެޗްޕީއޭއިން ދިން ދޯހަޅި ލުއިތަކުގެ ސަބަބުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އެޗްޕީއޭއަށް އަމާޒުވެގެން ދިޔައެވެ. ބަލީގެ ޒާތަށް ބަލާއިރު، ދެންވާނެ ގޮތަކާ މެދު މިހާރު މިވަނީ ސުވާލުއުފެދިފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 ޖޫން 2021

ކުއްލި ހާލަތްތަކުގައި ކޮވިޑްގެ ބަލި މީހުން އުފުލުމަށް ކެރި ހުރެ ނިކުތީ މާފަންނު މެދުދާއިރާގެ ޕިކަޕް ޑްރައިވަރުން

06 ޖޫން 2021
ކުއްލި ހާލަތްތަކުގައި ކޮވިޑްގެ ބަލި މީހުން އުފުލުމަށް ކެރި ހުރެ ނިކުތީ މާފަންނު މެދުދާއިރާގެ ޕިކަޕް ޑްރައިވަރުން
01 ޖޫން 2021

ކޮވިޑްގެ ބިޔަ ރާޅާއެކު އެންމެ ގިނަ ކޭހާއި ޖަނާޒާތަކުން ބަނަކޮށްލި މެއި މަސް

01 ޖޫން 2021
ކޮވިޑްގެ ބިޔަ ރާޅާއެކު އެންމެ ގިނަ ކޭހާއި ޖަނާޒާތަކުން ބަނަކޮށްލި މެއި މަސް
06 މެއި 2021

ކޮވިޑްގެ ބިރުވެރިކަމަށް އިންޑިޔާ ވެއްޓުނު ގޮތް

06 މެއި 2021
ކޮވިޑްގެ ބިރުވެރިކަމަށް އިންޑިޔާ ވެއްޓުނު ގޮތް
02 މެއި 2021

ކޮވިޑްގެ ބަލިމަޑުކަމާއެކު، ފެށޭ ސާނަވީ ނިންމާ އިމްތިހާނަށް ދަރިވަރުން ކުރިމަތިލުން

02 މެއި 2021
ކޮވިޑްގެ ބަލިމަޑުކަމާއެކު، ފެށޭ ސާނަވީ ނިންމާ އިމްތިހާނަށް ދަރިވަރުން ކުރިމަތިލުން
01 އެޕްރީލު 2021

ކޮވިޑްގެ ބަނަކަމާއެކުވެސް އިންތިޚާބުގެ ކުލަވަރު މާލޭގެ މަގުތަކަށް

01 އެޕްރީލު 2021
ކޮވިޑްގެ ބަނަކަމާއެކުވެސް އިންތިޚާބުގެ ކުލަވަރު މާލޭގެ މަގުތަކަށް
11 މާރިޗު 2021

ބްރެޒިލްގެ ކޮވިޑްގެ ހާލަތު އައު ލެވެލް އަކަށް – ދުވާލެއްގެ މައްޗަށް 2000 މީހުން މަރުވަނީ

11 މާރިޗު 2021
ބްރެޒިލްގެ ކޮވިޑްގެ ހާލަތު އައު ލެވެލް އަކަށް – ދުވާލެއްގެ މައްޗަށް 2000 މީހުން މަރުވަނީ
24 ފެބުރުއަރީ 2021

ކޮވިޑްގެ ވޭން ތަހައްމަލުކުރި 85 އަހަރުގެ ޒުލޭޚާ: ވެކްސިންޖަހާ، ވާ އުނދަގުލަށްވުރެ ފައިދާ ބޮޑު

24 ފެބުރުއަރީ 2021
ކޮވިޑްގެ ވޭން ތަހައްމަލުކުރި 85 އަހަރުގެ ޒުލޭޚާ: ވެކްސިންޖަހާ، ވާ އުނދަގުލަށްވުރެ ފައިދާ ބޮޑު
15 ޖެނުއަރީ 2021

އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟

15 ޖެނުއަރީ 2021
އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟
19 ޑިސެމްބަރު 2020

ކޮވިޑްގެ އަސްލު ހަގީގަތް ހޯދުމުގެ މަސައްކަތުގެ ހުންގާނުގައި ޑަބްލިޔުއެޗްއޯ

19 ޑިސެމްބަރު 2020
ކޮވިޑްގެ އަސްލު ހަގީގަތް ހޯދުމުގެ މަސައްކަތުގެ ހުންގާނުގައި ޑަބްލިޔުއެޗްއޯ
02 އޯގަސްޓު 2020

ކޮވިޑްގެ ހިޔަނިން ދުނިޔެ ނެއްޓޭނެ ދުވަހެއްގެ އިންތިޒާރު ދިގުލަނީ....

02 އޯގަސްޓު 2020
ކޮވިޑްގެ ހިޔަނިން ދުނިޔެ ނެއްޓޭނެ ދުވަހެއްގެ އިންތިޒާރު ދިގުލަނީ....
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް