Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑްގެ އަސްލު ދެނެގަތުން

ކޮވިޑްގެ އަސްލު ދެނެގަތުމުގައި ކުރާ މަސައްކަތުގައި ބައިވެރިނުވާނެ ކަމަށް ޗައިނާ އިން ބުނެފި

ޑަބްލިއުއެޗްއޯގެ މަސައްކަތަށް އެއްބާރުލުން ނުދޭނަކަމަށާއި ރިޕޯޓުގައި ހުރީ ބުއްދި ގަބޫލުނުކުރާ ވާހަކަތަކެއް ކަމަށް ޗައިނާއިން ބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ޖުލައި 2021 | ބުރާސްފަތި 17:55
ޑަބްލިއުއެޗްއޯ ޓީމުން ޗައިނާގައި ކުރިޔަށް ގެންދިޔަ ދިރާސާގެ ތެރެއިން

ޑަބްލިއުއެޗްއޯ ޓީމުން ޗައިނާގައި ކުރިޔަށް ގެންދިޔަ ދިރާސާގެ ތެރެއިން

ކޮވިޑްގެ އަސްލު ދެނެގަތުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކުރަމުން އަންނަ ތަހުގީގުގައި ޗައިނާއިން ބައިވެރި ނުވާނެކަމަށް އެގައުމުން ބުނެފިއެވެ.

ޗައިނާގެ އިސް އޮފިޝަލަކާ ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ، ޑަބްލިއުއެޗްއޯއިން ކުރިއަށް ގެންދާ ތަހުގީގުގެ ދެވަނަ ބުރުގައި އެގައުމުން ބައިވެރި ނުވާނެކަމަށެވެ. ޗައިނާއިން މިކަން ހާމަކޮށްފައިވަނީ، ވައިރަސް ވުހާންގެ ލެބަކުން ވައިރަސް ލީކުވިކަމަށް އެ ޖަމިއްޔާގެ ޕްރޮޕޯސަލްގައި ހިމަނާފައިވާތީއެވެ.

ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަންގެ ޑެޕިއުޓީ ހެޑް ޒެންގ ޔިޒިން ވިދާޅުވީ އެ ޕްރޮޕޯސަލްގައި އެގޮތަށް ބަޔާންކޮށްފައިވާތީ ހައިރާންފުޅުވާ ކަމަށާއި، އެއީ ބުއްދިއަށް ގަބޫލުނުކުރެވޭ ވާހަކައެއް ކަމަށާއި، ސައިންސާ ދެކޮޅު ކަމެއް ކަމަށެވެ. އަދި ޑަބްލިއުއެޗްއޯގެ ޕްލޭން ބަލައިގަތުމަކީ ނުވާނެ ކަމެއް ކަމަށެވެ.

ވުހާންގެ ލެބުގައި މަސައްކަތް ކުރި މީހުން ވައިރަށް ހުށަހެޅުނު ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޒެންގ ވިދާޅުވީ އެބުނާ ލެބޯޓަރީގެ ދިރާސާކުރާ އެއްވެސް ފަރާތެއް ވައިރަހަށް ހުށަހެޅިފައި ނުވާ ކަމަށެވެ.

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ކުރަމުންދާ ތަހުގީގަށް ޗައިނާއިން ރޯ ޑާޓާތައް ފޯރުކޮށްދީފައިނުވާތީ ހުރަސްތަކެއް އެޅިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދްނޯމް ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓެޑްރޯސް ވަނީ ޗައިނާއިން މިހާރަށް ވުރެ ބޮޑަށް މިކަމުގައި އެއްބާރުލުންދީ، ހާމަކަން ބޮޑުގޮތެއްގައި މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

ކޮވިޑް-19ގެ ބަލީގައި އެތައް މިލިއަން ބައެއްގެ ފުރާނަ ގޮސް، އެތައް މިލިއަން ބަޔަކަށް މިބަލިޖެހި، އެތައް މިލިއަން ބައެއްގެ ދިރިއުޅުމަށް އަސަރުކޮށްފައިވާއިރު ކޮވިޑް-19ގެ އަސްލަކީ ކޮބައިކަން އެފަރާތްތަކުގެ ހައްގުގައިވެސް އެނގުމަކީ މުހިންމު ކަމެއް ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށްޓަކައި ޑަބްލިޔުއެޗްއޯގެ ޓީމެއް މީގެކުރިން ވަނީ، ވައިރަސް އެންމެ ފުރަތަމަ ފެނުނު ތަން ކަމުގައިވާ ވުހާންއަށް ގޮސް ތަހުގީގުކުރިޔަށް ގެންގޮސްފައެވެ. އެއަށްފަހު އެކުލަވާލި ރިޕޯޓުގައި އިތުރަށް މިކަން ތަހުގީގުކުރަންޖެހޭކަމަށް ވަނީ ބުނެފައެވެ. އަދި ކޮވިޑަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވެފައިވާ ވައިރަސް އެއްކަން ސާބިތުކުރެވޭވަރަށް ހެކި ލިބިފައިނުވާކަމަށް ވަނީ ބުނެފައެވެ.

ޑަބްލިޔުއެޗްއޯއިން އަންނަނީ ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ ތަހުގީގުގެ ދެވަނަ ފިޔަވައްސަށް ތައްޔާރުވަމުންނެވެ.

ކޮވިޑް-19ޗައިނާޑަބްލިޔުއެޗްއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު