Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރީ-އެރައިވަލް ކާގޯ ބަދަލުކުރާ އެއްބަސްވުމެއް

ޕްރީ-އެރައިވަލް ކާގޯ ބަދަލުކުރުމަށް އެމް.އޯ.ޔޫ.އެއްގައި ސޮއިކޮށްފި

އެކްސްޕޯޓް ކުރެވޭ މުދަލުގެ މައުލޫމާތު ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖުލައި 2021 | ބުރާސްފަތި 13:07
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީ.ބީ.އައި.ސީ - އިންޑިއާ) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ޕްރީ-އެރައިވަލް ކާގޯ ޑޭޓާ ބަދަލުކުރުމަށް ސީ.ބީ.އައި.ސީ.އާއެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު މެންދުރު ކަސްޓަމްސް ބިލްޑިންގްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފެވެ. ސީ.ބީ.އައި.ސީ.ގެ ފަރާތުން ސޮއިކުރެއްވީ ސީ.ބީ.އައި.ސީ.ގެ ޗެއާރމަން ޝްރީ އެމް. އަޖިތު ކުމާރެވެ.

Advertisement - newsAdvertisement

މިއެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެގައުމުގެ ދެމެދުގައި އެކްސްޕޯޓް ކުރެވޭ މުދަލުގެ މައުލޫމާތު ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.

ކަސްޓަމްސްއިން ބުނީ މި އެއްބަސްވުމުގެ ދަށުން ހިއްސާކުރެވޭ މައުލޫމާތުގެ ޒަރިއްޔާއިން، ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ "މުއާމަލާތުގެ އަގު ނުވަތަ ޓްރާންސެކްޝަނަލް ވެލިއު" ކަނޑައެޅުމަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ވަގުތުން ވަގުތަށް ލިބިގެންދާނެ ކަމަށާއި، މުދަލުގެ ބާވަތާއި ސައްހަ އަގު އެނގި، އެގޮތުގެ މަތިން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީ ކަށަވަރު ކުރުމުގައި ފަސޭހަވެ، އެކްސްޕޯޓް މަރުހަލާގައި ހަދާ "ކޮމަރޝަލް ފްރޯޑް" ދެނެގަތުމަށާއި، ދައުލަތަށް ލިބެންޖެހޭ އާމްދަނީ އެންމެ ފުރިހަމައަށް ލިބޭނެކަން ޔަގީންކުރުމަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކަސްޓަމްސް ކްލިއަރަންސްގެ އިޖުރާއަތުތައް ފުރިހަމަކުރަން ހޭދަވާ ވަގުތު ކުޑަކުރެވި، ވިޔަފާރިއާއި ސަޕްލައި ޗެއިންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަވުމާއެކު އެކްސްޕޯޓް މަސައްކަތް ކުރައްވާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް، މިއެއްބަސްވުމުގެ ސަބަބުން އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޓްރޭޑް ފެސިލިޓޭޝަން އެގްރީމެންޓް (ޓީ.އެފް.އޭ.) އަދި ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން (އާރު.ކޭ.ސީ)ގައި ވެސް، ދޭދޭ ގައުމުތަކުގެ މެދުގައި އެމް.އޯ.ޔޫގެ ދަށުން ޑޭޓާ ބަދަލުކުރުމަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅާފައެވެ. ކަސްޓަމްސްއިން ވަނީ މީގެ ކުރިންވެސް ބައެއް ގައުމުތަކާއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އަދި އިތުރު ގައުމުތަކާއެކު ވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސްވެރިންގެ އިތުރުން، އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީ.ބީ.އައި.ސީ)ގެ އިސްވެރިންނާއި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް ކަސްޓަމްސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި
08 ޑިސެމްބަރު 2025

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި
20 ނޮވެމްބަރު 2025

ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

20 ނޮވެމްބަރު 2025
ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް
16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު