Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓީޗަރުންނާއި ނަރުހުންގެ މުސާރަ

ޓީޗަރުންނާއި ނަރުހުންގެ ތެރެއިން ޗިޓް ލިބުނު މުވައްޒަފުންނަށް ފައިސާ ހަމަޖެހޭނެ - ނާޞިޙު

މުވައްޒަފުންގެ ޗިޓްތައް ފިނޭންސަށް ފޮނުވަމުން ދަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 21 ޖުލައި 2021 | ބުދަ 17:16
ނައިބު ރައީސް، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން

ނައިބު ރައީސް، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން

ޓީޗަރުންނާއި ނަރުހުންގެ ތެރެއިން ޗިޓް ލިބިފައި ތިބި މުވައްޒަފުންނަށް އެ ޗިޓާއެއްގޮތަށް ފައިސާ ހޯދައި ދިނުމަށް ފިނޭންސަށް ފޮނުވަމުންދާކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙު ވިދާޅުވެއްޖެއެވެ.

ޓީޗަރުންނާއި ނަރުހުންނަށް މުސާރައިގެ ކުރިއެރުންދީ، ޗިޓް ހަވާލު ކުރުމަށްފަހު، އެއާ އެއްގޮތްވާގޮތުގެމަތިން މުސާރަ ނުދޭ މައްސަލަ ރަސްމީ ސިފައެއްގައި ކޮމިޝަނަށް ހުށަހެޅި އެ މައްސަލަ ބައްލަވާކަމަށް ނާޞިޙު ވިދާޅުވެފައިވަނީ ޖޫން މަހުގެ ތެރޭގައެވެ. ތައުލީމީ ފެންވަރާއި، ވަޒީފާގެ ތަޖުރިބާއަށް ބަލައި އެޕްރައިޒަލް ހެދުމަށްފަހު މުސާރައިގެ ކުރިއެރުން ދޭންޖެހޭ ޓީޗަރުންނާއި ނަރުހުންނަށް މުސާރައިގެ ކުރިއެރުންދީ، ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ޗިޓް ހަވާލުކޮށްފައެވެ. އެހެން ނަމަވެސް އެ ޗިޓާ އެއްގޮތަށް މުސާރަ ނުލިބޭ ކަމުގެ ޝަކުވާ އެމީހުން އަންނަނީ ކުރަމުންނެވެ.

Advertisement - newsAdvertisement

ނާޞިޙު ވިދާޅުވީ، ޗިޓް ލިބުނު މުވައްޒަފުންގެ ޗިޓްތައް ފިނޭންސަށް ފޮނުވަމުން އަންނަ ކަމަށާއި، ޗިޓް ހަވާލުކުރި ދުވަހުން ފެށިގެން ނުލިބި ހުރި ފައިސާ އެ މުވައްޒަފުންނަށް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ފިނޭސުން ދީފައިވާ ކަމަށެވެ.

އިދާރީ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ނުލިބުނަސް އެ މުވައްޒަފުންގެ ވެސް އެޕްރައިޒަލް ހަދައެވެ. އެހެންނަމަވެސް މަގާމުގެ ކުރިއެރުން ދިނުމުގެ އުސޫލެއް ނޯވެއެވެ. އެ މުވައްޒަފުންނަށް މުސާރައާއި ވަޒީފާގެ ކުރިއެރުން ދިނުމަށް އޮނިގަނޑެއް އެކުލަވާލައި ޕޭ ކޮމިޝަނަށް މިހާރު ވަނީ ފޮނުވާފައެވެ.

ޕޭ ކޮމިޝަނުން ބުނީ މި އަހަރުގެ ތެރޭގައި މުސާރައިގެ އޮނިގަނޑު ހަދާ ނިމޭނެ ކަމަށެވެ. އޮނިގަނޑު ނިމި އެ އޮނިގަނޑާއެއްގޮތަށް މުސާރަ ދިނުމުގައި ގޮތެއް ނިންމާނީ ފިނޭންސް މިނިސްޓްރީން ކަމަށް ޕޭ ކޮމިޝަނުން ބުނެއެވެ.

ސިވިލް ސަވިރސް ކޮމިޝަން މިނިސްޓްރީ އޮފް އެޑިއުކޭޝަން ހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު