Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެލިދޫ އައިސޮލޭޝަން ފެސިލިޓީ

ވެލިދޫ އައިސޮލޭޝަން ފެސިލިޓީ އެއްކޮށް ބަންދުކުރަނީ

ކޭސް ލޯޑް ކުޑަވުމުން ފެސިލިޓީ ބަންދުކުރަން ވަނީ ނިންމާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 ޖުލައި 2021 | ބުދަ 08:31
ވެލިދޫ އައިލެންޑް ރިސޯޓު

ވެލިދޫ އައިލެންޑް ރިސޯޓު

ހަފްތާ ބަންދުގައި އއ. ވެލިދޫ އައިސޮލޭޝަން ފެސިލިޓީ އެއްކޮށް ބަންދުކުރަން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ އެ ފެސިލިޓީގައި މިހާރު އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި ކޭސް ލޯޑް ކުޑަވުމުން ފެސިލިޓީ ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

ވެލިދޫ އައިސޮލޭޝަން ފެސިލިޓީ ޚިދުމަތަށް ގެނެވިފައިވަނީ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ފުރުމާ ގުޅިގެން މި އަހަރުގެ މެއި މަހުގައެވެ. ގްރޭޓަރ މާލެ ސަރަހައްދުގައި މިވަގުތު ޚިދުމަތް ފޯރުކޮށްދެމުންދަނީ ފަރުކޮޅުފުއްޓާއި ހުޅުމާލެ ކޮވިޑު ފެސިލިޓީގައެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދަނީ 8 މީހަކަށެވެ. ރާއްޖޭގެ ކޮވިޑުގެ ހާލަތަށް ބަލާއިރު މިހާރު ފެންނަ ކޭސްތަކުގެ އަދަދު ވަނީ މަދުވެފައެވެ. އެހެންނަމަވެސް ކޮވިޑް-19ގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ.

ބަލީގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ، ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ވަނީ ދީފައެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިކަމުގައި ވިޔަސް، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. ވެކްސިންގެ 2 ޑޯޒް ޖެހުމަށްފަހު 14 ދުވަސް ފުރިހަމަވެފައިވާނަމަ ޕީސީއާރް ނެގެޓިވް ނަތީޖާއެކު ރަށްރަށަށް ދެވޭ ގޮތަށް ހުޅުވާލީ މާލެ ސަރަހައްދުގައި ކޮވިޑް ޕޮޒިޓިވްވާ އަދަދު މަދުވުމުންނެވެ.

ދިން ލުއިތަކާއި ލިބިފައިވާ ޗުއްޓީއާއެކު ގިނައަދަދެއްގެ މީހުން ރަށްރަށަށް ދަތުރުކުރަމުން ދާއިރު އެޗްޕީއޭގެ އުސޫލުތަކަށް އަމަލުކުރަމުން ގެންދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

23 އެޕްރީލު 2022

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

23 އެޕްރީލު 2022
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން
23 ފެބުރުއަރީ 2022

މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

23 ފެބުރުއަރީ 2022
މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި
23 ފެބުރުއަރީ 2022

އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

23 ފެބުރުއަރީ 2022
އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ
23 ފެބުރުއަރީ 2022

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި

23 ފެބުރުއަރީ 2022
ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި
12 ފެބުރުއަރީ 2022

މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ

12 ފެބުރުއަރީ 2022
މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ
11 ފެބުރުއަރީ 2022

އިތުރު 1406 މީހުން ޕޮޒިޓިވްވެއްޖެ

11 ފެބުރުއަރީ 2022
އިތުރު 1406 މީހުން ޕޮޒިޓިވްވެއްޖެ
07 ފެބުރުއަރީ 2022

އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު 60ށް

07 ފެބުރުއަރީ 2022
އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު 60ށް
06 ފެބުރުއަރީ 2022

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ދޮޅުލައްކައަށް އަރައިފި

06 ފެބުރުއަރީ 2022
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ދޮޅުލައްކައަށް އަރައިފި
26 ޖެނުއަރީ 2022

ބުދަ ދުވަހު 2805 މީހުން ބަލިން ރަނގަޅުވެއްޖެ

26 ޖެނުއަރީ 2022
ބުދަ ދުވަހު 2805 މީހުން ބަލިން ރަނގަޅުވެއްޖެ
25 ޖެނުއަރީ 2022

ރެކޯޑް އަދަދަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 120،000ށް

25 ޖެނުއަރީ 2022
ރެކޯޑް އަދަދަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 120،000ށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު