Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކިންގް ސަލްމާން މިސްކިތް

ކިންގް ސަލްމާން މިސްކިތް ހުޅުުވާނެ ތާރީޚް ކަނޑައަޅާނީ ސައުދީގެ އޮފިޝަލުން ރާއްޖެ އައުމަށްފަހު

ވަފުދު ރާއްޖެ އައުން މިވަގުތަށް ވަނީ ލަސްވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 ޖުލައި 2021 | ބުދަ 03:16
ކިންގް ސަލްމާން މިސްކިތް

ކިންގް ސަލްމާން މިސްކިތް

ކިންގް ސަލްމާން މިސްކިތް ހުޅުުވާނެ ތާރީޚް ކަނޑައަޅާނީ ސައުދީގެ އޮފިޝަލުން ރާއްޖެ އައުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ސައުދީގެ އޮފިޝަލުންގެ ވަފުދު ރާއްޖެ އައުން މިވަގުތަށް ލަސްވެފައިވާ ކަމަށެވެ. ވަފުދު ރާއްޖެ އައުން ލަސްކޮށްފައިވާ ސީދާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށާއި މި ވަފުދު ހައްޖުގެ ފަހުން ރާއްޖެ އަންނާނެ ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެއްވޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކިންގް ސަލްމާން މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތަކަށްވާއިރު އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައުދީ ސަރުކާރުން ފާޅުކޮށްފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ މީގެކުރިން ބުނެފައެވެ.

ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 15 ޖާގައިގެ 5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިންގް ސަލްމާން މިސްކިތުގެ ފަސްވަނަ ފަންގިފިލާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ ޖާގައިގެ މަލްޓި ޕާރޕަސް ހޯލެއްގެ ގޮތުގައެވެ.

މި މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ކޮށްފައި ވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ. މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ.

ސަލްމާން މިސްކިތް ހުޅުވުމަށް ސަރުކާރުން ތައްޔަރުވަމުން އަންނައިރު 2017 ވަނަ އަހަރު ތުރުކީގެ ކުންފުންޏަކާ ޙަވާލުކޮށްގެން ބިނާކޮށްފައިވާ "ކިންގް ސަލްމާން" މިސްކިތުގެ ޑިޒައިންއަކީ މެލޭޝިއާ ކުންފުންޏެއްގެ ޑިޒައިންއެއްކަމަށް ބުނެ، އެ ކުންފުނިން އެކަމާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ދީފައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މިސްކިތުގެ ކުރެހުމަކީ ޔާމީން ސަރުކާރުގައި އެހެން ކުންފުންޏަކުން ކުރަހާފައިވާ ކުރެހުމެކެވެ. އެގޮތުން މެލޭޝިއާ ކުންފުންޏަކުން މި ކުރެހުމުގެ ޑިޒައިން ވެސް ރާއްޖެއާ ހިއްސާކޮށް ޕްރެޒެންޓޭޝަން މެދުވެރިކޮށް ވެސް ޑިޒައިނިންގ އާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. ނަމަވެސް، ޔާމީން ސަރުކާރުން މި މަސައްކަތް ތުރުކީގެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، މިސްކިތް އިމާރާތް ކޮށްފައިވަނީ މެލޭޝިއާ ކުންފުނިން ހިއްސާކުރި ކުރެހުމުގެ މައްޗަށެވެ. ކުދިކުދި ބަދަލުތައް ގެނެސްފައި ވީނަމަވެސް، މިއީ މެލޭޝިއާގެ ކުންފުނީގެ ޑިޒައިންއެއް ކަމަށް އެ ކުންފުނިން ދައުވާ ކުރެއެވެ. އަދި އޭރު މަސައްކަތް ޙަވާލުކުރިއިރުވެސް މި ކަންކަމުގެ މައުލޫމާތު, ކުރީ ސަރުކާރަށް ވެސް އެނގޭނެ ކަމަށް ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މެލޭޝިއާގެ ކުންފުނިން މިހާރު ވަނީ އެކަމާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ރަސްމީކޮށް ދީފައެވެ. އެގޮތުން ކޮޕީރައިޓްގެ ދައުވާ ކުރުމަށް ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ސައޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އުތުރު ފަރާތު ސަރަހައްދުގައި އިމާރާތްކުރި "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ޙަވާލުކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެގޮތުން މިސްކިތް އެޅުމަށް ޓާމެކްސް ކުންފުންޏާ ހަވާލުކުރީ 500 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށް ކަމަށް އޭރުގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

ކިންގް ސަލްމާން މިސްކިތް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖުލައި 2025
ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް

ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް

10 ޖޫން 2024
ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

07 ޖޫން 2024
ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު

ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު

09 މެއި 2024
މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް

މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް

26 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު