Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބަޖްރަންގީ ބައިޖާން

ބަޖްރަންގީ ބައިޖާންގެ ދެވަނަ ބައެއް އުފައްދަނީތަ؟

މި ފިލްމަކީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ފިލްމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ޖުލައި 2021 | އަންގާރަ 17:17
ބަޖްރަންގީ ބައިޖާން

ބަޖްރަންގީ ބައިޖާން

ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ފިލްމް ބަޖްރަންގީ ބައިޖާންގެ ދެވަނަ ބައެއް އުފައްދަން އުޅޭކަމުގެ އަޑުތައް މިވަނީ ގަދަވެފައެވެ.

ފިލުމު ރިލީޒް ކުރިތާ 6 އަހަރަށް ފަހު އެ ފިލްމުގެ ސްކްރީން ރައިޓަރ، ކޭވީ ވިޖަޔެންދުރަ ޕްރަސާދު ބުނީ ދެވަނަ ބައިގެ ސްކްރީން ޕްލޭ ލިޔަމުން އަންނަ ކަމަށެވެ. ޕިންކް ވިލާއަށް ދިން އިންޓަވިއުއެއްގައި ކޭވީ ވިޖަޔެންދުރަ ޕްރަސާދު ބުނީ ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޮޓް މިހާރު ފައިނަލް ކުރެވިފައިވާ ކަމަށެވެ. އަދި މިކަމަށް ސަލްމާންޚާންގެ ރުހުން ވެސް ލިބިފައިވާ ކަމަށެވެ.

މި ފިލްމަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު މި ފިލްމު ވަނީ ޗައިނާގައި ވެސް ރިލީޒްކޮށްފައެވެ. މި ފިލްމުވެގެން ގޮސްފައިވަނީ ޗައިނާގައި ރިލީޒްކުރި، ސަލްމާންގެ ފުރަތަމަ ފިލްމަށެވެ. މި ފިލްމު ވަނީ ޗައިނާގެ 8000 ސްކްރީނެއްގައި އަޅުވާފައެވެ. "ބަޖްރަންގީ ބައިޖާން" ޑައިރެކްޓް ކޮށްފައި ވަނީ ކަބީރު ޚާންއެވެ. ފިލްމުގެ ލީޑް ކާސްޓުންގެ ތެރޭގައި ސަލްމާން ޚާނާއި ހަރްޝާލީގެ އިތުރުން ފެނިގެންދަނީ ކަރީނާ ކަޕޫރާއި ނަވާޒުއްދީން ސިއްދީޤީއެވެ.

ފިލްމުން ދައްކުވައިދެނީ ޕާކިސްތާނުން ފުރާ ރޭލަކުން އާއިލާގެ މީހަކާ ނުލައި އިންޑިއާއަށް ދެވޭ ކުޑަ އަންހެން ކުއްޖަކު ރައްކާތެރިކަމާ އެކު ޤައުމަށް ގެންގޮސްދޭން އިންޑިއާގެ މީހަކު ކުރާ އުނދަގޫ ދަތުރުގެ ވާހަކައެވެ. ފިލްމަށް 63 ވަނަ ނެޝަނަލް އެވޯޑްސްގައި ބެސްޓް ޕޮޕިއުލާ ފިލްމު ފްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓް އެވޯޑް ލިބިފައިވާއިރު ފިލްމުގެ ވާހަކައަށް ފިލްމުފެއާރގައި އެންމެ މޮޅު ސްޓޯރީގެ އެވޯޑްވެސް ވަނީ ލިބިފައެވެ.

ނުވަދިހަ ކްރޯޑް އިންޑިއަން ރުޕީސްއަށް އުފެއްދި މި ފިލްމު ރިލީޒް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހުގައެވެ.

ބޮލީވުޑް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ
21 އޮކްޓޯބަރު 2025

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

21 އޮކްޓޯބަރު 2025
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ
10 އޮކްޓޯބަރު 2024

ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

10 އޮކްޓޯބަރު 2024
ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް
31 މެއި 2022

ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

31 މެއި 2022
ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ
07 ފެބުރުއަރީ 2022

ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

07 ފެބުރުއަރީ 2022
ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު