Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގައި ވެކްސިން ޖެހުން

ވެކްސިން ނުޖަހާ އާއިލާތަކުގެ ދަރިވަރުންނަށް ޗައިނާގެ ސްކޫލްތައް ބަންދު

މިއަހަރުގެ ނިޔަލަށް 64 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމަށް އަމާޒު ހިފާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖުލައި 2021 | ހުކުރު 19:03
ޗައިނާގެ ކުޑަކުދިންތަކެއް- ޗައިނާއިން މިހާތަނަށް ބިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވޭ

ޗައިނާގެ ކުޑަކުދިންތަކެއް- ޗައިނާއިން މިހާތަނަށް ބިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވޭ

އާއިލާގެ މެމްބަރުން ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާނަމަ އެ އާއިލާތަކަށް ނިސްބަތްވާ ދަރިވަރުން ޗައިނާގެ ސުކޫލުތަކަށް ކިޔަވަން ދިއުން މަނާ ކުރުމަށް އެ ގައުމުގެ އިދާރާތަކުން ނިންމައިފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާގޮތުން މިއީ ސެޕްޓެމްބަރު މަހު އަލުން ސުކޫލުތައް ހުޅުވާއިރު، ދަރިވަރުންގެ އާއިލާތަކުން ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ނިންމި ނިންމުމެކެވެ. އެގޮތުން ޗައިނާއިން ވަނީ މިއަހަރުގެ ނިޔަލަށް އެ ގައުމުގެ 64 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމަށް އަމާޒު ހިފާފައެވެ. ހުރިހާ އުމުރުފުރައެއްގެ ދަރިވަރުންނަށް އަމާޒުކޮށް ޗައިނާގެ އެކި ޕްރޮވިންސްތަކުން މިހާރު ގެންދަނީ ވެކްސިން ޖެހުމަށް އަންގައި އެ ދަރިވަރުންގެ އާއިލާތަކަށް ނޯޓިސްވެސް ފޮނުވަމުންނެވެ.

ޗައިނާގައި މީގެ ކުރިން ވެކްސިން ޖެހުން އޮތީ އިޚުތިޔާރީ ކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރު ކަމާބެހޭ ފަރާތްތަކުން ގެންދަނީ ވެކްސިން ޖެހުން ލާޒިމު ކުރުމަށްޓަކައި އެފަދަ ގިނަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ.

ޗައިނާކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު