Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް އަމަންއާ ބައްދަލުކުރެއްވުން

6 އަހަރުގައި ގުރުއާން ހިތުދަސްކުރި އަމަންއަށް ރައީސްގެ ފަރާތުން ހާއްސަ އިނާމެއް

އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން ރައީސް އަމާންއާ ހަވާލުކޮށްދެއްވި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 15 ޖުލައި 2021 | ބުރާސްފަތި 22:01
އަމަން އަހުމަދު އާތިފް

އަމަން އަހުމަދު އާތިފް

އުމުރުން އެންމެ 6 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރި އަމަން އަޙްމަދު ޢާޠިފާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައި، އޭނާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނީ ކީރިތި ގުރުއާން ހިތުދަސްކުރި އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރު ބ.ހިތާދޫ، ޑެއިޒީމާގެ، އަމަން އަހުމަދު އާތިފްއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބައްދަލުކުރެއްވީ އެކަމައްޓަކާ ބުރާސްފަތި ދުވަހުގެ މެންދުރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި އަމަން އަޙްމަދު އާތިފް، ކީރިތި ޤުރުއާން ހިތުދަސްކުރުމާގުޅިގެން، އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން ރައީސް އަމާންއާ ހަވާލުކޮށްދެއްވި ކަމަށެވެ. އަދި އަމަންގެ މަސައްކަތަށް ހިތްވަރުދެއްވުމުގެ ގޮތުން ހާއްސަ އިނާމެއް އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ކަމަށް ވެސް ބުނެފައިވެއެވެ.

ޅަ އުމުރެއްގައި އަމަން، ކީރިތި ގުރްއާން ހިތުދަސްކުރީތީ އެކަމަށް ތައުރީފް ކުރައްވައި، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އަމަންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ، އަމަންގެ މަންމަ، ލުބާނާ މުހައްމަދަށާއި ބައްޕަ އަހުމަދު އާތިފަށްވެސް، ރައީސް ޝުކުރު އަދާކުރެއްވި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އަދި އަމަން ގުރުއާން ހިތުދަސްކުރުމަށް ޝައުގިވެރިވި ގޮތް އޮޅުން ފިލުވައި އެކަމަށް ރައީސްގެ ދެ ކަނބަލުން މަރުހަބާވިދާޅުވި ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

އަމަންގެ މަންމަ ލުބާނާ މުޙައްމަދާއި، ބައްޕަ އަޙްމަދު އާޠިފް ދެއްކެވި ވާހަކައިގައި، އަމަންއަކީ ވަރަށް ކުޑައިރުއްސުރެ ކީރިތި ޤުރުއާން އަޑުއެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ގެންދިޔަ ކުއްޖެއްކަން ފާހަގަކޮށްފައިވާ ކަމަށް ބުންޏެވެ. އަދި އަމަންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޝުކުރު އަދާ ކުރެއްވި ކަމަށް ވެސް ބުނެފައިވެއެވެ.

އަމަން، ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކައި ޙާފިޡު ކަމުގެ އިމްތިހާނުގައި ބައިވެރިކުރެއްވުމަށް އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މިހާރުވަނީ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒަށް ހުށަހަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޤުރުއާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

25 ޖޫން 2025
ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

16 މެއި 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް

މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު