Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ ރައީސުންގެ ހިޔާލު ތަފާތުވުން

ދެރައީސުންގެ ހިޔާލު ތަފާތުވުން އަންނަ ވަގުތުތައް ވަރަށް ގިނަ

ހިޔާލުތަފާތުވުންތައް އެއްގޮތް ކުރުމަށް މިދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖުލައި 2021 | ބުރާސްފަތި 17:35
މިވަގުތު ހުންނެވީ ދެވެރިންގެ ދެމެދުގައި ހުއްޓިފައި ކަމަށް މެމްބަރު އާޒިމް ވިދާޅުވެފައިވޭ

މިވަގުތު ހުންނެވީ ދެވެރިންގެ ދެމެދުގައި ހުއްޓިފައި ކަމަށް މެމްބަރު އާޒިމް ވިދާޅުވެފައިވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހިޔާލު ތަފާތުވުން އަންނަ ވަގުތުތައް ވަރަށް ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު އާޒިމް ވިދާޅުވީ މިވަގުތު ޕީޖީ ލީޑަރުގެ މަގާމުގެ ހައިސިއްޔަތު ބޮޑަށް މަސައްކަތް ކުރަނީ ހިޔާލުތަފާތުވުންތައް އެއްގޮތް ކުރުމަށް ކަމަށާއި، މިހާރު އޮތް ނުތަނަވަސްކަން ނައްތާލުމަށް ކަމަށެވެ. ސިޔާސީ ކަންކަމުގައި ނުތަނަވަސްކަން އަންނާނެކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މިފަހަރު ތަންކޮޅެއް ބޮޑަށް ނުތަނަވަސްކަން އަންނަމުންދާ ކަމަށެވެ. އަދި މިވަގުތު އޭނާ ހުންނެވީ ދެ ވެރިންގެ ދެމެދުގައި ހުއްޓިފައި ކަމަށެވެ. އާޒިމް ވިދާޅުވީ ބައެއް ކަންކަމުގައި ރައީސް ސޯލިހުއަށް ދަންނަވާ މަޝްވަރާ ހޯދަން ޖެހޭ ކަމަށާއި، އަނެއް ބައިކަންކަމުގައި މަޖިލީހުގެ ރައީސް ނަޝީދުގެ މަޝްވަރާއާއި ހިޔާލު ހޯދަން ޖެހޭ ކަމަށެވެ. އަދި ދެބޭފުޅުންގެ ހިޔާލު ތަފާތުވުން އަންނަ ވަގުތު މަދެއް ނޫންކަން އާޒިމް ފާހަގަކުރެއްވިއެވެ.

ޕީޖީގެ ލީޑަރަކަށް ހުންނެވުމަކީ ވަރަށް ދަތި އުދަނގޫކަމެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު ބޭނުން ކަމެއް ކޮށްލެވޭނެ ކަމަށާއި، ގާނޫނު އަސާސީ ވެސް ބަދަލުކުރަން ބޭނުންވާނަމަ އެކަން ވެސް ކުރެވޭނެ ކަމަށެވެ. ނަމަވެސް ގައުމަށް އެންމެ ފައިދާ ހުރީ ކޮން ގޮތެއްތޯ ބަލަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ބޭނުންވާ ކަމެއް ނުވާ ކޮންމެ ފަހަރަކު މެމްބަރުންނަކީ ފިނޑިން ކަމަށް ދެކި، ނުވަތަ ކަމެއް ކާމިޔާބުވުމުން ވަރަށް ގަދަ ބައެއް ކަމަށް ސިފަކުރުމަކީ ވެސް ދުނިޔޭގެ އާދައެއް ކަމަށެވެ. އަދި ޖަޒުބާތުގައި ޖެހިގެން ކަންކަން ކުރާނަމަ ވަރަށް ގިނަ ނުތަވަސްކަން ކުރިމަތިވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސިޔާސީ ކަންކަން ކުރިއަށް ގެންދެވޭނީ މަޝްވަރާގެ ތެރެއިން ކަމަށާއި، ފަހަތަށް ޖެހެން ޖެހޭ ހަލަތްތަކުގައި ފަހަތަށް ޖެހެންޖެހޭ ކަމަށެވެ. އަދި އެއަށްފަހު ދެން ކުރިއަށްދެވޭނެ ގޮތަކާއި މެދު ވިސްނާއި މަޝްވަރާ ކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމްފަލަ ސުރުޚީރައީސް ނަޝީދުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
23 އޮކްޓޯބަރު 2025

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު
17 އޮކްޓޯބަރު 2025

އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު

17 އޮކްޓޯބަރު 2025
އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު
16 އޮކްޓޯބަރު 2025

ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!

16 އޮކްޓޯބަރު 2025
ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު