Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެ އައުން

ފުރަތަމަ ދުވަހުވެސް އިންޑިއާއިން 7 ފްލައިޓް

އިންޑިގޯ 02 ފްލައިޓް އަދި ގޯ އެއަރގެ 03 ފްލައިޓް ވަނީ ރާއްޖެ އައިސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 15 ޖުލައި 2021 | ބުރާސްފަތި 11:51
އެއަރ އިންޑިއާގެ ފްލައިޓެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި

އެއަރ އިންޑިއާގެ ފްލައިޓެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި

ދެކުނު އޭޝިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ، އެސަރަހައްދުގެ ގައުމުތަކުން ފަތުރުވެރިން އައުން މަނާކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމާއެކު ފުަރަތަމަ ދުވަހުވެސް އިިންޑިއާއިން 7 ފްލައިޓެއް މިވަނީ ރާއްޖެ އައިސްފައެވެ.

އިންޑިއާ އަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައި ގައުމެވެ. އެގޮތުން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގޭ ބޯޑަރު ބަންދުކުރުމުގެ ކުރިން އެގައުމުން 62,000ށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން އިންޑިއާގެ 2 އެއަރލައިނަކުން މިހާރު މިވަނީ އަނެއްކާ އަލުން ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ. އެގޮތުން ބޯޑަރު ހުޅުވާލުމާއެކު ޖުލައި 15 ވަނަ ދުވަހު ރާއްޖެ އައި 7 ފްލައިޓްގެ ތެރޭގައި ހިމެނެނެނީ މޯލްޑިވިއަންގެ 2 ފްލައިޓްގެ އިތުރުން އިންޑިގޯ 02 ފްލައިޓް އަދި ގޯ އެއަރގެ 03 ފްލައިޓެވެ. އަދި އެއަރ އިންޑިއާގެ ފްލައިޓްތައް މިމަހުގެ ފަހުކޮޅު ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް އެފެއަރޒް ހަސަން އަރީފް ވިދާޅުވިއެވެ.

ދެކެނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ ދީފައި މިވަނީ ހާއްސަ އުސޫލެއްގެ ދަށުންނެވެ. އެސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހަމައެކަނި ރިސޯޓުތަކަށް ދިއުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާއިރު، ގެސްޓް ހައުސްތަކަށް ދިއުމުގެ ހުއްދަ ލިބިގެންދާނީ ޖުލައި 30ން ފެށިގެންނެވެ. އޭގެއިތުރުން ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ގެސްޓް ހައުސްތަކުގައި އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ވަނީ ބުނެފައެވެ.

އެގޮތުން އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭނެ ކަމަށާއި، މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓް ހައުސްތަކުގައި ތިބެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕައިސްޖެޓުން ރާއްޖެއަށް އަނެއްކާވެސް ދަތުރުތައް ފަށައިފި

ސްޕައިސްޖެޓުން ރާއްޖެއަށް އަނެއްކާވެސް ދަތުރުތައް ފަށައިފި

22 ޖުލައި 2021
ގަވާއިދާ ޚިލާފުވި އިތުރު ގެސްޓްހައުސްއެއް ސަސްޕެންޑްކޮށްފި

ގަވާއިދާ ޚިލާފުވި އިތުރު ގެސްޓްހައުސްއެއް ސަސްޕެންޑްކޮށްފި

18 ޖުލައި 2021
އޮޅުވާލައިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޚިދުމަތް ދިން މައްސަލަ ގެސްޓް ހައުސް އެސޯސިއޭޝަނުން ކުށްވެރިކޮށްފި

އޮޅުވާލައިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޚިދުމަތް ދިން މައްސަލަ ގެސްޓް ހައުސް އެސޯސިއޭޝަނުން ކުށްވެރިކޮށްފި

18 ޖުލައި 2021
ހދ. ފިނޭ ކުޑަކުއްޖަކު ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް ފްލައިޓް ތެރޭގައި މަރުވެއްޖެ

ހދ. ފިނޭ ކުޑަކުއްޖަކު ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް ފްލައިޓް ތެރޭގައި މަރުވެއްޖެ

19 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު