Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެކުނު އޭޝިއާގެ ފަތުރުވެރިން

އޮޅުވާލައިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޚިދުމަތް ދިން މައްސަލަ ގެސްޓް ހައުސް އެސޯސިއޭޝަނުން ކުށްވެރިކޮށްފި

ތިން ގެސްޓް ހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ހިފަހައްޓާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޖުލައި 2021 | އާދީއްތަ 18:20
ފަތުރުވެރިންތަކެއް ރާއްޖެއައިސް ވެލާނާ އެއަރޕޯޓުގައި

ފަތުރުވެރިންތަކެއް ރާއްޖެއައިސް ވެލާނާ އެއަރޕޯޓުގައި

އޮޅުވާލައިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހިދުމަތް ދިން މައްސަލަ ގެސްޓް ހައުސް އެސޯސިއޭޝަނުން ކުށްވެރިކޮށް ޓުއަރިޒަމް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކަށް އެ އެސޯސިއޭޝަންއިން މަރުހަބާ ކިޔައިފިއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ގަވާއިދާ ހިލާފަށް ޚިދުމަތް ދިން މައްސަލައާއި ގުޅިގެން ގެސްޓްހައުސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑު-19ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ނުހަނު ގިނަ މަސައްކަތްކޮށް، ސައުތު އޭޝިއާގެ ގެސްޓުން ގެނައުމުގެ ހުއްދަ 30 ޖުލައި 2021 އިން ފެށިގެން ދޭން ނިންމާފައިވާ ކަމަށެވެ.

އަދި އެކަން އިއުލާންކޮށްފައި ވަނިކޮށް 15 ޖުލައި ގައި ދިވެހިރާއްޖެ އަށް ޒިޔާރާތް ކުރި ސައުތު އޭޝިއާގެ ފަތުރުވެރިން ތަކެއް (މާލެ، ހުޅުމާލެ، ވިލިމާލެ) ގައި ހުއްދަ ދެވިފައިވާ ގެސްޓްހައުސް ތަކުގައި ތިބި ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އެޗްޕީއޭ ގުޅިގެން ކޮވިޑުގެ ގައިޑްލައިންއަށް އަމަލު ކުރޭތޯ ބެލުމަށްޓަކައި ހިންގުނު އިންސްޕެކްޝަންއަށް ފަހު އޮޅުވާލައިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޚިދުމަތް ދެމުންދިޔަކަން ފާހަގަ ކުރެވިގެން މާލެ ސަރަހައްދުގެ ތިން ގެސްޓްހައުސްއެއްގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ހިފަހައްޓާފައި ކަމަށެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިން ގެސްޓްހައުސް ތަކަށް ގެނައުމުގައި އަމަލު ކުރުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އޮންނަ އުސޫލާއި ޚިލާފުވެ ބައެއް ގެސްޓް ހައުސްތަކުން މި ހިންގި އަމަލު ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުށްވެރިކުރާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމުން އަޅާފައިވާ މި ފިޔަވަޅުތަކަށް އެސޯސިއޭޝަނުން މަރުހަބާ ކިޔާ ކަމަށް ބުނެފައިވެއެވެ.

އަދި މި ދަނޑިވަޅުގައި ފަތުރުވެރިން ގެސްޓް ހައުސްތަކަށް ގެނައުމުގައި އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތަށް އަމަލު ކޮށްގެން މެނުވީ ކޮވިޑް-19ގެ ހާލަތުން އަރައި ނުގަނެވޭނެ ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. ކުރިޔަށް އޮތް ދުވަސް ތަކުގައިވެސް އެއްވެސް ގެސްޓް ހައުސްއަކުން ގެސްޓުން ގެނެސް ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ނެތް ތަންތަނުގައި ފަތުރުވެރިން ނުބޭތިއްބުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އެ އެސޯސިއޭޝަނުން ވަނީ އެއްވެސް ގެސްޓް ހައުސް އަކުން އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ހުރިހާ ގެސްޓް ހައުސްތަކުންވެސް މި ދަތި ދަނޑިވަޅުގައި ކެތްތެރިވެގެން ތިބުމަށާއި ހުރިހާ މުވައްޒަފުންނަށް ވެސް ވެކްސިން ފުރިހަމަ ކުރުމަށް ބާރު އަޅާފައިވެއެވެ.

ގެސްޓްހައުސް އެސޯސިއޭޝަންމިނިސްޓްރީ އޮފް ޓުއަރިޒަމްދެކުނު އޭޝިއާގެ ފަތުރުވެރިން

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު