Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ

ދިވެހިރާއްޖޭގެ އިޤްތިސާދު ހިފެހެއްޓުމުގައި ބީއެމްއެލް މުހިންމު ދައުރެއް އަދާކުރޭ : ޓިމް

ގައުމަށް އެހީވުމަށާއި އިގްތިސާދު ހީނަރުވެނުދިނުމަށް ބީއެމްއެލްއިން ކުރަމުންދާ 4 ކަމެއް ފާހަގަކުރެއްވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 15 ޖުލައި 2021 | ބުރާސްފަތި 06:43
ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

ދިވެހިރާއްޖޭގެ އިޤްތިސާދު ހިފެހެއްޓުމުގައި ބީއެމްއެލް މުހިންމު ދައުރެއް އަދާކުރަމުންދާކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ ސީއީއޯ މިފަދައިން ވިދާޅުވީ، މިހާރުކުރިއަށް ދާ ބޭންކުގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޮންލައިންކޮށް ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ކޮވިޑްގެ ބަލިމަޑުކަމުގައި ގައުމަށް އެހީވުމަށް ބޭންކުން އަދާކުރި ދައުރަށް ޓިމް ވަނީ ތަފްސީލީގޮތެއްގައި ބައްލަވާލައްވާފައެވެ. އެގޮތުން ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސާދީީ ގެއްލުން ކުރިން ދެނެގަނެވި، ގައުމަށް އެހީވުމަށާއި އިގްތިސާދު ހީނަރުވެނުދިނުމަށް ބީއެމްއެލް އިން 4 ކަމެއްގެ މައްޗަށް ސްޓްރެޓަޖީއެއް އެކުލަވާލިކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި ދަނޑިވަޅުގައި ވެސް މެދުކެނޑުމެއްނެތި ބޭންކިންގ ޚިދުމަތް ދިނުމާއި، ކޮޮވިޑްގެ ސަބަބުން މާލީ ގޮތުން އަސަރުކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓަރމް ފައިނޭންސިންއެއް ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖްކުރުމުގައި ބޭންކުން އެހީތެރިވެދިން ކަމަށް ޓިމް ވިދާޅުވިއެވެ. އެގޮތުން އީއައިބީ ކޮވިޑް-19 ރިކަވަރީ ލޯނާއި ދާދި ފަހުން ފެށުނު އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރުމަށް ވެސް އެހީތެރިވެދިންކަން ޓިމް ވަނީ ފާހަގަކުރައްވާފައެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ޓިމް ވިދާޅުވީ ކޮވިޑް ސްޓްރެޓަޖީގެ މުހިންމު ބަޔަކަށްވީ ލިކުއިޑިޓީ ޕްރެޝަރ ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަންޑިންގ ރާއްޖޭން ބޭރުން ހޯދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެކިއެކި މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދިފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މި ދަނޑިވަޅުގައި ވެސް ގައުމަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރުފައިސާގެ ރިސާރވް ދެމެހެއްޓުމަށްޓަކައި ކުރެއްވި މަސައްކަތްތަކަށް ޓިމް އަލިއަޅުވައިލެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވަނީ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން އިތުރުކުރުމަށް ނިންމާފައިވާކަން ވެސް މި ބައްދަލުވުމުގައި ހާމަކުރައްވާފައެވެ.

ބީއެމްއެލް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު