Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއާއި އިންޑިއާގެ ގުޅުން

ކާބޯތަކެއްޗާއި އިމާރާތްކުރަން ބޭނުންކުރާ ބާވަތްތަކެއްގެ ކޯޓާ އިންޑިއާއިން އިތުރުކޮށްދީފި

14 ޖުލައި 2021 | ބުދަ 13:01

އިންޑިއާ ސަރުކާރުން ދޫކޮށްފައިވާ ކޯޓާ ހަމަވެފައިވަނީ އޭޕްރީލް 2021ގެ ނިޔަލަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖުލައި 2021 | ބުދަ 13:01
ކޯޓާ އިތުރު ކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތަކަކީ ބިސް، އަލުވި، ފިޔާ، ހަނޑޫ، ގޮދަންފުށް، ހަކުރު، އަދި މުގު

ކޯޓާ އިތުރު ކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތަކަކީ ބިސް، އަލުވި، ފިޔާ، ހަނޑޫ، ގޮދަންފުށް، ހަކުރު، އަދި މުގު

ކާބޯތަކެއްޗާއި، އިމާރާތް ކުރުމަށް ބޭނުންކުރާ ބާވަތްތަކެއްގެ ކޯޓާ އަވައްޓެރި އިންޑިއާއިން އަނެއްކާވެސް އިތުރުކޮށްދީފިއެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 1981ވަނަ އަހަރު އެއްބަސްވެފައިވާ "އެގްރީމެންޓް އޮން ޓްރޭޑް ކޯޕަރޭޝަން"ގެ ދަށުން ދިވެހިރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ 7 ބާވަތާއި އިމާރާތް ކުރުމަށް ބޭނުންވާ 2 ބާވަތް އިންޑިއާއިން އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދޫކޮށްފައިވާ ކޯޓާ، 12 ޖުލައި 2021އިން ފެށިގެން އަނެއްކާވެސް އައު ކޮށްދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ހުއްޓުމެއް ނެތި މުދާ ލިބޭނެކަމުގެ ޔަގީންކަން ލިބިގެންގޮސް، އެކްސްޕޯޓް ޕްރިޑިކްޓަބިލިޓީ އިތުރުވެގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި އަހަރު އާކޮށްފައިވާ ކޯޓާއަކީ މިހާތަނަށް އެ ޤައުމުން ހުއްދަ ދިން އެންމެ ބޮޑު ކޯޓާއެވެ. އަދި އެއީ މިދިޔަ އަހަރު އެ ބާވަތްތައް ބޭނުން ކުރެވިފައިވާ މިންވަރަށް ބަލައި، ދިވެހިރާއްޖެއިން އެދިފައިވާ އަދަދުތަކެވެ. އިމާރާތް ކުރުމުގެ ޞިނާޢަތަށް ބޭނުންވާ ކޯޓާ އިތުރުކޮށްފައިވަނީ ކުރިއަށް އޮތް އަހަރު ތަކުގެ ތެރޭގައި ގިނަ ޕްރޮޖެކްޓުތަކެއް ފެށިގެންދާނެ ކަމަށް ބަލާފައިކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ކޯޓާ އިތުރު ކޮށްދީފައިވާ ކާބޯތަކެތީގެ ބާވަތްތަކަކީ ބިސް، އަލުވި، ފިޔާ، ހަނޑޫ، ގޮދަންފުށް، ހަކުރު، އަދި މުގެވެ. އިމާރާތް ކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ގަލާއި ވެލިން ވަނީ ކޯޓާ އިތުރު ކޮށްދީފައެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 1981ވަނަ އަހަރު އެއްބަސްވެފައިވާ "އެގްރީމެންޓް އޮން ޓްރޭޑް ކޯޕަރޭޝަން"ގެ ދަށުން  ދިވެހިރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ 7 ބާވަތާއި އިމާރަތް ކުރުމަށް ބޭނުންވާ 2 ބާވަތް އިންޑިއާއިން އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދޫކޮށްފައިވާ ކޯޓާ ހަމަވެފައިވަނީ އޭޕްރިލް 2021 ގެ ނިޔަލަށެވެ. ނަމަވެސް ނޮވެމްބަރ 2018 ގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، ޑިސެމްބަރ 2018 ގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކޯޓާ އިތުރުކުރުމަށް އިންޑިއާ ސަރުކާރާއެކު ވަނީ މަޝްވަރާކުރައްވާފައެވެ.

އިންޑިއާ އިން މޯލްޑިވްސްދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2024

މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟

11 އޮކްޓޯބަރު 2024
މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟
08 އޮކްޓޯބަރު 2024

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް

08 އޮކްޓޯބަރު 2024
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް
08 އޮކްޓޯބަރު 2024

އިންޑިއާ އަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއްކަން އެ ޤައުމުން ދަނީ ސާބިތުކޮށްދެމުން - ރައީސް މުއިއްޒު

08 އޮކްޓޯބަރު 2024
އިންޑިއާ އަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއްކަން އެ ޤައުމުން ދަނީ ސާބިތުކޮށްދެމުން - ރައީސް މުއިއްޒު
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
07 އޮކްޓޯބަރު 2024

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށާއި ބެންގަލޫރުގައި ރާއްޖޭގެ އެމްބަސީ އެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފައިވޭ - މޯދީ

07 އޮކްޓޯބަރު 2024
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށާއި ބެންގަލޫރުގައި ރާއްޖޭގެ އެމްބަސީ އެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފައިވޭ - މޯދީ
07 އޮކްޓޯބަރު 2024

400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ހިމެނޭހެން ރާއްޖެއިން އިންޑިއާއާ އެކު 5 އެގްރީމެންޓެއް އެކުލަވާލައިފި

07 އޮކްޓޯބަރު 2024
400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ހިމެނޭހެން ރާއްޖެއިން އިންޑިއާއާ އެކު 5 އެގްރީމެންޓެއް އެކުލަވާލައިފި
07 އޮކްޓޯބަރު 2024

އިންޑިއާ އަކީ ރާއްޖޭގެ އިގްތިޞާދީ، އުމްރާނީ އަދި އިޖްތިމާއީ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް - ރައީސް

07 އޮކްޓޯބަރު 2024
އިންޑިއާ އަކީ ރާއްޖޭގެ އިގްތިޞާދީ، އުމްރާނީ އަދި އިޖްތިމާއީ ކުރިއެރުމުގެ މުހިންމު ބައިވެރިއެއް - ރައީސް
07 އޮކްޓޯބަރު 2024

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުން ހަރުދަނާކުރުމާއި ގުޅެގޮތުން މަޝްވަރާކޮށްފި

07 އޮކްޓޯބަރު 2024
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުން ހަރުދަނާކުރުމާއި ގުޅެގޮތުން މަޝްވަރާކޮށްފި
06 އޮކްޓޯބަރު 2024

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

06 އޮކްޓޯބަރު 2024
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
04 އޮކްޓޯބަރު 2024

އިންޑިއާ ދިމާލަށް އެއްޗެހި ކިޔާއިރު އެ ކިޔެނީ ހަމައެކަނި އިންޑިއާއާ ދިމާއަކަށް ނޫން: އަހުމަދު އަބްދުﷲ

04 އޮކްޓޯބަރު 2024
އިންޑިއާ ދިމާލަށް އެއްޗެހި ކިޔާއިރު އެ ކިޔެނީ ހަމައެކަނި އިންޑިއާއާ ދިމާއަކަށް ނޫން: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް