Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖެ އިޝްތިހާރުކުރުން

ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް 6 މާކެޓެއްގައި ދަނީ ކުރިއަށް - ތޮއްޔިބު

11 ޖުލައި 2021 | އާދީއްތަ 06:26

މިހާރު ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަނީ ޑިޖިޓަލް ފަރސްޓް ސްޓްރެޓެޖީގެ ދަށުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 ޖުލައި 2021 | އާދީއްތަ 06:26
އެމްއެމްޕީއާރްސީ އެމްޑީ ތޮއްޔިބު މުހައްމަދު

އެމްއެމްޕީއާރްސީ އެމްޑީ ތޮއްޔިބު މުހައްމަދު

ބޭރުގެ ގައުމުތަކުގައި ރާއްޖެ މާކެޓުކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށާއި މިހާރުވެސް 6 މާކެޓެއްގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކާއެކު އެމްއެމްޕީއާރުސީގެ މަސައްކަތްތައް ހުއްޓާނުލާ ކަމަށާއި ޑިޖިޓަލް ފަރސްޓް ސްޓްރެޓެޖީގެ ދަށުން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ފެށިގެން ދިޔަކަމަށް ތޮއްޔިބު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރެވުނު ހިސާބުން ބޯޑަރު އަލުން ހުޅުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލައި ފަތުރުވެރިން ރާއްޖެ ގެންނަން ފެށުނުކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ކޮވިޑްގެ ކުރިން އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރުމަށް ކުރި މަސައްކަތްތަކަކީ ވަރަށް ބޮޑަށް ފިޒިކަލް ޕްރެސެންސަށް ބަރޯސާވެގެން ކުރިއަށް ގެންދިޔަ މަސައްކަތްތައް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. ނަމަވެސް މިހާރު މަސައްކަތްތައް ބައްޓަން ކުރެވިފައި މިވަނީ ވީހާވެސް ޑިޖިޓަލައިޒްކޮށް ކުރިއަށް ގެންދިއުމަށް ކަމަށާއި މިިހާރު ކުރިއަށް ގެންދާ މަސައްކަތްތައް ސިނާއަތުގެ ހިއްސާދާރުންނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދޭކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީ އިން ފެއަރތަކާއި ވެބިނަރތަކުގެ އިތުރުން ފޭމް ޓްރިޕްސް އަދި ވިޒިބިލިޓީ ކެމްޕެއިންތައް ކުރިއަށް ގެންދެވެ. އޭގެ އިތުރުން ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް މި މަސައްކަތް ކުރަމުންދާ ކަމަށާއި ބޭނުމަކީ ހަމައެކަނި އިޝްތިހާރު ކޮށްލާފައި ދޫކޮށްލުން ނޫން ކަމަށާއި މީގެން ލިބޭ ނަތީޖާތައް ރަނގަޅުކުރުން ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ މިއީ ހަމައެކަނީ އެމްއެމްޕީއާރުސީގެ މަސައްކަތެއް ނޫން ކަމަށާއި މިކަމުގައި މުޅި ސިނާއަތުގެ ހިއްސާ އެބަ އޮތް ކަމަށެވެ. އަދި އެމްއެމްޕީއާރުސީ އިން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށާއި މި އަހަރުގެ މިހާތަނަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ ކަމަށާއި، މިހާރުވެސް ވަރަށް ގިނަ މަސައްކަތްތައް ކުރިއަށްދާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. ތޮއްޔިބު ވަނީ އަހަރުގެ ކުރިއަށް މިއޮތް ދުވަސްތަކަށް ގިނަ ކަންތައްތަކެއް ރޭވިފައި އެބަހުރިކަމަށް ވިދާޅުވެފައެވެ.

ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ މިހާރު އެބަ ފެންނަކަމަށާއި ނަތީޖާތައް ވަރަށް ރަނގަޅުކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ކީމާކެޓުތައް ބަންދުވެގެން ދިއުމާއެކު މިހާރު ރާއްޖެއަށް މުޅިން އައު މާކެޓުތަކެއް ތައާރަފުވެގެން ގޮސްފައިވާކަން ތޮއްޔިބު ވަނީ މީގެ ކުރިން ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ކޮވިޑް-19ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަ ވަނައިގައި އޮތް ރަޝިއާ އެއް ވަނައަށް ޖެހިލާފައިވާއިރު، ބައެއް ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 100 އިންސައްތަ އިތުރުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
27 ޖެނުއަރީ 2017

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

27 ޖެނުއަރީ 2017
އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް