Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާއިން ހަންގޭރީއަށް އަދަބުދިނުން

ސަޕޯޓަރުންނާ މެދު ތަފާތުކުރުމުން ޔުއެފާއިން ހަންގޭރީއަށް އަދަބުދީފި

10 ޖުލައި 2021 | ހޮނިހިރު 12:37

ޔުއެފާއިން ވަނީ އެއް ލައްކަ ޔޫރޯއިން ހަންގޭރީ ޖޫރިމަނާވެސް ކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 10 ޖުލައި 2021 | ހޮނިހިރު 12:37
ފްރާންސް އާއި ހަންގޭރީ ބައްދަލުކުރި މެޗު ބަލަން ދަނޑަށް ވަދެ ތިބި ހަންގޭރީގެ ސަޕޯޓަރުން

ފްރާންސް އާއި ހަންގޭރީ ބައްދަލުކުރި މެޗު ބަލަން ދަނޑަށް ވަދެ ތިބި ހަންގޭރީގެ ސަޕޯޓަރުން

މެޗު ބަލަން ވަން އެކި ގައުމުތަކުގެ ސަޕޯޓަރުންނާ މެދު ތަފާތުކުރުން ގެންގުޅުމާ ގުޅިގެން ޔުއެފާއިން ހަންގޭރީއަށް އަދަބުދީފިއެވެ.

ޔޫރޯ 2020 ގައި ހަންގޭރީ ހިމެނޭ ގްރޫޕް އެފްގެ ބައެއް މެޗުތައް ކުޅެފައިވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގެ އެންމެ ބޮޑު ސްޓޭޑިއަމް، ޕުސްކާސް އެރީނާގައެވެ. އެ ސްޓޭޑިއަމަކީ 67،215 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ހަންގޭރީގެ ސަރުކާރުން ވަނީ ޔޫރޯގައި އެ ސްޓޭޑިއަމުގެ ފުލް ކެޕޭސިޓީއަށް ހުއްދަދީފައެވެ.

ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނީ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތައް ބަލަން އެ ދަނޑަށް ވަން ސަޕޯޓަރުންނާ މެދު ހަންގޭރީގެ ސަޕޯޓަރުން ތަފާތުކުރުން ގެންގުޅުނު ކަމަށާއި، އެގޮތުން ނަސްލީ ތަފާތުކުރުމުގެ އިބާރާތްތައްވެސް ބޭނުންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ޕުސްކާސް އެރީނާގައި ހަންގޭރީން ދެން ކުޅޭ ތިން މެޗަށް ސަޕޯޓަރުން ވެއްދުން ޔުއެފާއިން ވަނީ މަނާކޮށްފައެވެ. އަދި އެ މެޗުތަކުގައި ތަފާތުކުރުމާ ދެކޮޅަށް ދަނޑުގައި ބެނާތައް ހަރުކުރުމަށްވެސް ޔުއެފާއިން ވަނީ އަންގާފައެވެ.

ޔުއެފާއިން ބުނީ ހަންގޭރީއަށް ދީފައިވާ އަދަބަކީ އެ އިދާރާއިން ރާވާ އިންތިޒާމުކުރާ މެޗުތަކަށް ދީފައިވާ އަދަބެއް ކަމަށާއި، އެހެންކަމުން އަންނަ ސެޕްޓެމްބަރު މަހު ހަންގޭރީން ކުޅޭ ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށް އެގައުމުން ބޭނުންވެއްޖެނަމަ ސަޕޯޓަރުން ވެއްދޭނެ ކަމަށެވެ. ސަޕޯޓަރުންނާ މެދު ތަފާތުކުރުން ގެންގުޅުމާ ގުޅިގެން ޔުއެފާއިން ހަންގޭރީއަށް އަދަބުދިންއިރު، މި މައްސަލައިގައި އެ އިދާރާއިން ވަނީ ހަންގޭރިއަން ފުޓްބޯލް ފެޑަރޭޝަން އެއް ލައްކަ ޔޫރޯއިން ޖޫރިމަނާވެސް ކޮށްފައެވެ.

މި ފަހަރުގެ ޔޫރޯ 11 ގައުމެއްގެ 11 ސިޓީގައި ކުޅުނުއިރު، ޕުސްކާސް އެރީނާއަކީ ފުލް ކެޕޭސިޓީގައި މެޗުތައް ކުޅުނު ފުރަތަމަ ދަނޑެވެ. މީގެ އިތުރުން ޑެންމާކުގެ ކޯޕެންހޭގަންގައި ހުންނަ ޕާކެން ސްޓޭޑިއަމުގައިވެސް ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ފުލް ކެޕޭސިޓީގައި ކުޅެފައެވެ.

ހަންގޭރީގެ ފުޓްބޯޅަ އެސޯސިއޭޝަނާއި އެ ގައުމުގެ ސަރުކާރުން ޕުސްކާސް އެރީނާގެ ހުރިހާ ދޮރޯށިތަކެއް ސަޕޯޓަރުންނަށް ހުޅުވައިލުމަށް ނިންމީ އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ވަރަށް މަތީ އިންސައްތައެއްގެ ބަޔަކު ވެކްސިން ޕްރޮގްރާމް ފުރިހަމަކޮށްފައިވާތީ އާއި، ކޮވިޑް-19 ގެ ހާލަތުވެސް ބޮޑުތަނުން ރަނގަޅުވެފައިވާ ކަމަށް ފެންނާތީއެވެ. މި ފަހަރުގެ ޔޫރޯގައި ހަންގޭރީގެ ދެ މެޗުގެ އިތުރުން ޕޯޗުގަލާއި ފްރާންސް ބައްދަލުކުރި މެޗުވެސް ކުޅުނީ އެ ދަނޑުގައެވެ. މީގެ އިތުރުން ދެވަނަ ބުރުގައި ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުވެސް ކުޅެފައިވަނީ ހަންގޭރީގައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
04 އެޕްރީލު 2017

ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

04 އެޕްރީލު 2017
ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ
03 އެޕްރީލު 2017

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް