Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ241 ކޮމިޓީން ކުރިއަށްގެންދިޔަ އިންކުއަރީ

މިފަހުން އެކުލަވާލި ރިޕޯޓުތަކުގެ ތެރެއިން އިންކުއަރީ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް: ނަޝީދު

9 ޖުލައި 2021 | ހުކުރު 16:32

ކޮމެޓީގެ މުގައްރިރާއި މެމްބަރުން އަދި ސްޓާފުންނަށް އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖުލައި 2021 | ހުކުރު 16:32
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފެއިލްވިގޮތުގެ އިންކުއަރީ ރިޕޯޓަކީ މިފަހުން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓުތަކުގެ ތެރެއިން ފުރިހަމަ ރިޕޯޓެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓަކީ މި ފަހުން މަޖިލީހުން އެކުލަވަމުންގެންދާ ރިޕޯޓުތަކުގެ ތެރެއިން ވެސް ފުރިހަމަ ރިޕޯޓެއް ކަމަށެވެ. ކޮމެޓީގެ މުގައްރިރާއި މެމްބަރުން އަދި ސްޓާފުންނަށް އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެ، 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ތަފާތު މަޖިލީހެއް ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމީޓިގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ. ރިޕޯޓް ފާސްކޮށްފައިވަނީ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށްދިޔަ މިދައުރުގެ ފަހު ޖަލްސާގައި މިރިޕޯޓް ހުށަހަޅުއްވާ ރިޕޯޓަށް މެމްބަރުން ވަނީ ބަހުސްކުރައްވާފައެވެ. އެގޮތުން ރިޕޯޓަށް ބަހުސްކުރެއްވުމަށް އެދިވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް ވަނީ ފުރުސަތު ދެއްވާފައެވެ. ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ފެށުނު ޖަލްސާ ނިމިފައިވަނީ ފަތިހު 3:55 ހާއިރުއެވެ.

ރިޕޯޓަށް ބަހުސްކުރެއްވި މެމްބަރުން ވަނީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަމަލުކުރުމަށް ގޮވާލައްވާފައެވެ. އަދި އެކަންކަން ސަރުކާރުން ކުރަމުންދޭތޯ މަޖިލީހުން ގާތުން ބަލަމުން ގެންދިއުމަށްވެސް ގޮވާލައްވާފައިވެއެވެ. މީގެއިތުރުން މިއިންކުއަރީން ހަމަލާއަށް ފަންޑުކުރި މީހުންނާއި ހަމަލާދިން މޯޓިވް ސާފުނުވާތީ އެކަމުގެ ކަންބޮޑުވުންވެސް މެމްބަރުން ފާޅުކުރެއްވިއެވެ. ނަމަވެސް ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި 241 ކޮމިޓީން ފުރިހަމަ އިންކުއަރީއެއް ކުރިއަށް ގެންގޮސްފައިވާކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

މިރިޕޯޓްގައި 242 ސަފުހާ ހިމެނޭއިރު ފާހަގަކުރެވުނު 205 ކަމެއް ވަނީ ހިމަނާފައެވެ. މިއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހިމެނޭ ރިޕޯޓަކަށް ވާތީ މި ރިޕޯޓްގެ ބައެއް މައުލޫމާތުތަކީ ސިއްރުކޮށްފައިވާ މައުލޫމާތުތަކެވެ. އެހެންނަމަވެސް އިންކުއަރީ ރިޕޯޓްގެ ފުރިހަމަ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އުއްތަމަ ފަނޑިޔާރަށް އަރުވާނެކަމަށް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ. މިހާރު ހިނގަމުންދާ ތަހުގީގާ ގުޅޭ މައުލޫމާތާއި ސީދާ ބައެއް ފަރާތްތަކުގެ ނަންތައް ހިމެނޭތީ އާންމުކުރާ ރިޕޯޓްގައި އެތަންތަން ހުންނާނީ އުނިކުރެވިފައެވެ. ނަމަވެސް އެމައުލޫމާތުތައް އުނިކުރެވޭ ސަބަބު ބަޔާންކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީ ރިޕޯޓުގައި ޖުމްލަ 45 ރިކޮމެންޑޭޝަނެއް ހިމެނެއެވެ. މީގެތެރޭގައި ސިފައިން ހަތިޔާރާއެކު ރައީސް ނަޝީދުގެ ގެކޮޅު މޮނިޓަރ ކުރުން ހިމެނެއެވެެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ރައީސް ނަޝީދަށް ތްރެޓް އޮތްހާ ދުވަހަކު އެމަނިކުފާނަށް ޑިފެންސް އިންޓެލިޖެންސް ސާރވިސް އިން ކަނޑައަޅާ ގޮތެއްގެ މަތިން ތްރެޓް ލެވެލާ އެއްވަރުގެ ސެކިއުރިޓީ ދިނުމާއި، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގައި ހުރިހާ ވަގުތެއްގައި ސިފައިން ހަތިޔާރައެކު ފޯރި މެރުން ހިމެނެއެވެ.

އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކެމެރާއިން މޮނިޓަރ ކުރުމާއި އިވެކުއޭޝަން ޕްރޮސީޖަރ ކަނޑައަޅައި ކްލޯޒް ޕްރޮޓެކްޝަން ޓީމް އެގޮތަށް ތަމްރީނު ކުރުމާއި، ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތުގައި އެހީތެރިކަން ހޯދުމާއި، އެމަނިކުފާނު ބޭނުން ކުރައްވާ ކާރުކޮޅަކީ ސްޓޭންޑަރޑް ކާރުކޮޅެއްކަން ކަށަވަރުކުރުމާއި، ކްލޯޒް ޕްރޮޓެކްޝަން ޓީމްގައި އީއޯޑީ ތަމްރީނު ފުރިހަމަ ކޮށްފައިވާ މީހުން ހިމެނުމާއި، ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާއި، އަހަރަކު އެއް ފަހަރު ރިފްރެޝް ކުރުމުގެ ޕްރޮގްރާމް ހިންގުމަށް ވަނީ ހިމަނާފައެވެ.

ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި ފުލުހުންގެ ޚިދުމަތާއެކު މަޝްވަރާ ކޮށް ކަންކަމުގައި ހައްލު ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދު ހޯދުމަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް އައްޔަން ކުރުމާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ހަރުދަނާ ކުރުމާއި، ކައުންޓަރ ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ކަންކަމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމާއި، އެކަންކަމަށް ހައްލު ހޯދުންވެސް ރިކޮމެންޑާންޝަންތަކުގެ ތެރޭގައި ހިމެނެއެވެ.

ސިފައިންގެ ގާނުނު އިސްލާހުކޮށް އަސްކަރިއްޔާގެ ހިންގުމަށް ޒަމާނީ ބަދަލު ގެނައުމާއި، އިދާރީ ހިންގުމަށްވެސް ބަދަލު ގެނައުމާއި، އިންޓެލިޖެންސް ދާއިރާއަށް ޒަމާނީ ތަރައްގީ ގެނެސް އެއްފަހަރާ ގިނަ މައުލޫމާތު ރައްކާ ކުރެވޭ ސިސްޓަމްތައް ގެނައުމާއި، އިންޓެލިޖެންސް ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އެކަށީގެންވާ ބަޖެޓެއް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

ދީނީ ހަރުކަށި ފިކުރުގެ މީހުން ދެނެގަނެ ޑޭޓާ ބޭހެއް ގާއިމުކުރުމާއި، ހުރިހާ މުއައްސަަސާތަކެއް ހިމެނޭ ގޮތަށް ހަރުކަށި ފިކުރުގެ މީހުން މޮނިޓަރކުރެވޭނެ ގޮތެއް ކަނޑައެޅުމާއި، ޓެރަރިޒަމްގެ އަމަލު ހިންގާނެ ކަމަށް ބެލެވޭ މީހުންނާއި، ހަރުކަށި ފިކުރުގެ މީހުން ރިހެބިލިޓޭޓް ކުރުމާއި، އެފަދަ މީހުން ރިހެބިލިޓޭޓް ކުރުމުގައި ވަކިވަކި މީހުންގެ ހާލަތަށް ބަލައި ރިހެބިލިޓޭޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން ވެސް ހިމެނެއެވެ.

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތާއި ރިޕޯޓް ކުރާނެ ގޮތް އާއްމުންނަށް އަންގައި ހޭލުންތެރި ކުރުމާއި، މީޑިއާ ތަކުން އެފަދަ މައުލޫމާތު ފެތުރުން ހުއްޓުވުމަށް މީޑިއާތަކަށް މައުލޫމާތު ދިނުމާއި، މީޑިއާތަކުގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން ދެނެގަނެ ފިޔަވަޅު އެޅޭނެ ގޮތެއް ގާއިމްކުރުމާއި، ސަލާމަތީ ޚިދުމަތްތަކުގެ މަސައްކަތް ކުރާ މީހުންނަކީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުން ކަމަށް ވާންޖެހޭ ކަމަށް ބުނެފައިވެއެވެ.

ތައުލީމީ ނިޒާމުގެ ތެރެއިން ހަރުކަށި ފިކުރު ފެތުރުމަށް ހިންގާ ކަންކަން ހުއްޓުވުމަަށް މަސައްކަތް ކުރުމާއި، ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަނީ ކިހިނެއްކަން ދެނެގަނެ އެ ދޮރުތައް ބަންދުކުރެވޭނެ ގޮތެއް ގާއިމުކުރުމާއި، ޖަލުތަކުގައި ހިންގާ ދީނީ ޕްރޮގްރާމް ތަކަކީ ހަރުކަށި ފިކުރު ފަތުރާ އިލްމުވެރިން ހިންގާ ޕްރޮގްރާމްތައް ނޫން ކަމުގައި ކަށަވަރުކުރަންޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެެވެ.

މޭ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދީ ދައުލަތާމެދު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި، އިންކުއަރީއަށް ފާހަގަކުރެވުނު ގޮތުގައި މަގާމުގެ މަސްއޫލިއްޔާތު އަދާ ކޮށްފައިނުވާ އަދި އެކަމުގައި އިހުމާލުވި މީހުންގެ ކަންކަން ބަލައި ފިޔަވަޅު އެޅުމަށާއި، ޓެރަރިޒަމް ފައިނޭސް ކުރުން ހުއްޓުމަށް ހުރިހާ މުއައްސަސާއަކުންވެސް މަސައްކަތްތައް ރާވައި އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ގޮވާލާފައެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު އިސްލާހު ކުރުމާއި، މަނީ ލޯންޑަރިންއާ ގުޅޭ ގޮންޖެހުންތައް ދެނެގަތުމަށް އެސެސްމެންޓް ހަދައި ފިޔަވަޅު އެޅުމާއި، އިންޓެލިޖެންސް މައުލޫމާތު ދިރާސާ ކުރުމަށް ބޭނުންވާ އެނަލެޓިކަލް ޓޫލްސް އަދި އޮޓޮމޭޓިވް މެޝިންތައް ހޯދުމަށް ބަޖެޓް ފޯރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

18 ޖޫން 2017

ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި ވަނީ ނިލަންދޫގައި އެކަނި: ޑިޒާސްޓާ

18 ޖޫން 2017
ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި ވަނީ ނިލަންދޫގައި އެކަނި: ޑިޒާސްޓާ
13 ޖޫން 2017

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!

13 ޖޫން 2017
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!
07 ޖޫން 2017

ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!

07 ޖޫން 2017
ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!
31 މެއި 2017

ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި

31 މެއި 2017
ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް