Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްލެމެންސީ ބޯޑު

ކްލެމެންސީ ބޯޑުން އެންމެ ގިނަ މައްސަލަތައް ނިންމި އަހަރަކަށް މި އަހަރު

9 ޖުލައި 2021 | ހުކުރު 07:38

މި އަހަރުގެ ޖޫންގެ ނިޔަލަށް 429 މައްސަލަ ބޯޑުން ވަނީ ނިންމާފައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 9 ޖުލައި 2021 | ހުކުރު 07:38
ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު

ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު

ފާއިތުވެދިޔަ 11 އަހަރުގެ ތެރޭގައި މައްސަލަތައް ނިންމާފައި ނުވާ އަދަދަކަށް، މި އަހަރުގެ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ކްލެމެންސީ ބޯޑުން މައްސަލަތައް ނިންމައިފިއެވެ.

ކްލެމެންސީ ބޯޑަކީ މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ. ކްލެމެންސީ ބޯޑު ހަރަކާތްތެރިވާނީ އެޓަރނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. ބޯޑުގެ ރައީސަކީ އެޓަރނީ ޖެނަރަލްއެވެ.

Advertisement - newsAdvertisement

ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ޖޫންގެ ނިޔަލަށް 429 މައްސަލަ ބޯޑުން ވަނީ ނިންމާފައެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި މިހާ ގިނަ އަދަދަކަށް މައްސަލަތައް ނިންމި ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ 11 އަހަރު އެވްރެޖުކޮށް ނިންމި މައްސަލަތަކާ އަޅާ ބަލާއިރު މިއީ 250 ޕަސެންޓް އިތުރުވުމެކެވެ. މި ނޫނީ އެ ބޯޑުން އެންމެ ގިނަ މައްސަލަ ނިންމާފައި ވަނީ 2016 ވަނަ އަހަރު އެވެ. އެއީ 307 މައްސަލައެވެ. ބޯޑުން އެންމެ މަދުން މައްސަލަ ނިންމާފައި ވަނީ 2012 ވަނަ އަހަރުއެވެ. އެއީ 33 މައްސަލައެވެ.

ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރު ބޭއްވުމަށް އެޖެންޑާކޮށްފައި ވަނީ 23 ބައްދަލުވުމެވެ. އޭގެ ތެރެއިން އެއްވެސް ބައްދަލުވުމެއް ކެންސަލްކޮށްފައެއް ނުވެއެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ވެސް އެ ބޯޑުން ބާއްވަން އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ކޯރަމް ހަމަނުވެގެން ކެންސަލްކުރަން ޖެހިފައެއް ނުވެއެވެ. ކޯރަމް ހަމަނުވެގެން މިހާތަނަށް އެންމެ ގިނަ ބައްދަލުވުން ކެންސަލްކޮށްފައި ވަނީ 2011 ގައެވެ. އެ އަހަރު ތާވަލްކުރި 37 ބައްދަލުވުމުގެ ތެރެއިން 25 ބައްދަލުވުން ކެންސަލްކޮށްފައިވެއެވެ. މިހާތަނަށް ބޯޑުގެ އެންމެ ގިނަ ބައްދަލުވުންތައް ތާވަލްކޮށްފައި ވަނީ 2010 ގައެވެ. އެގޮތުން 2010 ވަނަ އަހަރު 59 ބައްދަލުވުން ތާވަލުކުރިއިރު، އޭގެ ތެރެއިން 7 ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.

ބޯޑުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ދިޔަ އަހަރުގެ އިލްތިމާސްތަކުގެ ތެރެއިން 35 މައްސަލަ ނުނިމި އެބަހުއްޓެވެ. އަދި 2021 ވަނަ އަހަރުގެ އިލްތިމާސްތަކުގެ ތެރެއިން 70 މައްސަލަ ނުނިމި އެބަހުއްޓެވެ. އަހަރު ފެށުނު އިރު ޖުމްލަ 637 އިލްތިމާސް ނުނިމި ހުރިއިރު ޖޫން މަހުގެ ނިޔަލަށް 144 އިލްތިމާސް ބޯޑަށް ހުށަހަޅާފައިވެއެވެ. އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 429 މައްސަލައެއްގައި ރައީސުލްޖުމްހޫރިއްޔާ އަށް އަރުވާނެ ލަފަޔަކާ ގުޅޭގޮތުން ގޮތް ނިންމާފައިވާއިރު، އެކިއެކި ސަބަބުތަކާ ހުރެ 247 އިލްތިމާސްއެއް ބާތިލްކުރަން ޖެހިފައިވެއެވެ.

ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ޤާނޫނީ ދާއިރާއިން މީހަކާއި ތަޢުލީމީ ދާއިރާގެ މީހަކާއި އިޖުތިމާއީ ދާއިރާގެ މީހަކާއި ޞިއްޙީ ދާއިރާގެ މީހަކާއި ދީނީ ޢިލްމުވެރިންގެ ތެރެއިން މީހަކާއި މަދަނީ ޖަމްޢިއްޔާއެއްގެ މީހެއްގެ އިތުރުން ޕެރޯލް ބޯޑުގެ މެންބަރެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް