Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަފުރަތުގެ ބިލް

"ނަފުރަތުގެ ބިލުގައި އެންމެ ފުރަތަމަވެސް ޢަދާލަތު ޕާޓީއާ މަޝްވަރާ ނުކުރުމަކީ ހެދި ބޮޑު ގޯހެއް"

ނަފުރަތުގެ ބިލަކީ ބައިނަލްއަޤްވާމީ ކޮންވެންޝަންތަކުން ލާޒިމުކުރާކަމެއް ކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 7 ޖުލައި 2021 | ބުދަ 17:53
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާފައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއާ ސުވާލުކުރުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާފައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއާ ސުވާލުކުރުމުގެ ތެރެއިން

ނަފުރަތުގެ ބިލުގެ ފުރަތަމަ މަރުހަލާގައި ޢަދާލަތު ޕާޓީއާ މަޝްވަރާނުކުރުމަކީ ހެދި ބޮޑު ގޯހެއްކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢިމްރާން ވިދާޅުވީ ނަފުރަތުގެ ބިލުގެ ވާހަކަދައްކާނަމަ މިކަމުގެ އަސްލަށް ވާސިލުވާން ޖެހޭކަމަށެވެ. މިކަމަކީ ބައިނަލްއަޤްވާމީ ކޮންވެންޝަންތަކުން ލާޒިމުކުރާކަމެއް ކަމުގައިވާއިރު، ޢަދާލަތު ޕާޓީން މިކަމާ ދެކޮޅުވެރި ނުވާކަމަށެވެ. އެހެންނަމަވެސް، މިކަމަކީ ހުރިހާ ފަރާތަކާ ގުޅުން ހުރި، އަދި ދީނީ ބައި ބޮޑު ބިލެއް ކަމަށް ވާއިރު، ޢަދާލަތު ޕާޓީ ކޯލިޝަންގައި އޮވެ އިސްލާމިކް މިނިސްޓްރީވެސް ޕާޓީގެ ސްލޮޓްގައި ހުރުމުން ޕާޓީގެ ބަސް ހޯދަން ޖެހޭކަމަށް ދެކޭކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، ނަފުރަތުގެ ބިލުގެ ލެވެލް 1ގައި އަދާލަތު ޕާޓީއާއި މަޝްވަރާނުކުރުމަކީ ހެދި ބޮޑު ގޯހެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. ޢިމްރާން ވަނީ ނަފުރަތުގެ ބިލު ބައްޓަން ކުރެވޭގޮތުން މި ބިލަކީ ނަފުރަތު އިތުރުވާފަދަ ބިލަކަށް ނުހެއްދެވުމަށް ގޮވާލައްވާފައެވެ. އަދި ނަޒަރިއްޔާތު އިއާދަކޮށްގެން ނޫނީ ބިލް ތަޞްދީޤު ނުކުރުމަށް އިމްރާން ގޮވާލެއްވިއެވެ.

"ނަފްރަތުގެ ޢަމަލު" ބަޔާން ކުރާ ބިލުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ގާއިމުކުރުމަށް ހުރަސްއެޅިދާނެ ކަމަށް ފެންނަ ކަމަށް މިނިސްޓަރ ޢިމްރާން ނިސްބަތްވެ ވަޑައިގަންނަވާ ޢަދާލަތު ޕާޓީން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.

ސަރުކާރުގެ ފަރާތުން، ތުޅާދު ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އާންމު ތަނެއްގައި މީހަކު އިސްލާމްދީނާ ޚިލާފު ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހަކާމެދު ނަފްރަތު އުފެއްދުމާއި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުން އެއީ ކުށެއް ކަމަށެވެ. މިއީ ޖުނަޙްގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މިފަދަ އަމަލެއް ހިންގުމާއެކު، އަނިޔާވެރިކަމަށް ގޮވާލައި އެކަމަށް ހިތްވަރު ދިނުމާއި، ބައިވެރިވުމަކީ ވެސް ކުށެއް ކަމަށާއި، މީހެއްގެ ސިޔާސީ ފިކުރަކަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި، ރޭވުމަކީ ވެސް ކުށެއް ކަމަށް އިސްލާހުގައިވެއެވެ. މިފަދަ އަމަލުތަކަކީ ޖިނާޔަތުގެ 4 އަދި 5 ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް އޭގައި ވެއެވެ.

މި ބިލާ ގުޅޭގޮތުން ޢަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ނަފްރަތުގެ ޢަމަލު ހުއްޓުވަން ޖެހެނީ އޭގެ ސަބަބުން މުޖުތަމަޢުގައި ފިތުނަފަސާދައާއި ބައިބައިވުން އުފެދި އިޖުތިމާޢީ ހަމަތައް ގެއްލިގެން ދާތީ، މުޖުތަމަޢުގެ ވިލުންވެރިކަމާއި މަސަލަސްކަން އިތުރުކޮށް، އިސްލާމީ މުޖުތަމަޢުތަކުގައި ހިފަހައްޓަން ޖެހޭ ރިވެތި އަޚުލާޤީ ހަމަތައް ހިފަހައްޓަން ކަމުގައެވެ. އެހެން ނަމަވެސް އެ ބިލުން އެ މަޤުޞަދު ޙާޞިލުކޮށް މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސްއެޅިދާނެކަމަށް ފެންނަ ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ  ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގެ 1 ވަނަ އިސްލާހުގައި އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އަދި (ii) އާމެދު ޢަދާލަތު ޕާޓީގެ ކަންބޮޑުވުންތަކަށް ސަރުކާރާއި ކަމާގުޅުންހުރި އެހެން ފަރާތްތަކާއެކު މަޝްވަރާކޮށް ޙައްލުހޯދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިޤްރާރުވެފައި ވާކަމަށެވެ.

މީގެ އިތުރުން ނަފްރަތުގެ ޢަމަލު ޤާނޫނެއްގައި ބަޔާންކުރާނަމަ، މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ މަޞްލަޙަތަށް ރިޢާޔަތްކުރުމަށާއި އަދި އެކަމަށްޓަކައި އދ ފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ބަލައިގެންފައިވާ ހަމަތަކާއި، ކަމާގުޅޭ ޢިލްމީ ދިރާސާތަކުގެ މައްޗަށް ރިޢާޔަތްކޮށް ދިމިޤްރާތީ މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކަށް ފެތޭ ގޮތަށް އެކަން ކުރުމަށް ގޮވާލުމަށް ނިންމާފައި ވާކަމަށް އަދާލަތު ޕާޓީން ބުނެއެވެ.

ނަފްރަތުގެ ޢަމަލުތަކާއި ޢުޤޫބާތުގެ ޤާނޫނު އިސްލާހު ގެނައުމުގެ ބިލު އިތުރަށް ދިރާސާކޮށް ޢަދާލަތު ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ހޭލުންތެރި ކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް އިސްލާހު ގެނައުމުގެ އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި, އެޓަރނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ވަނީ ފޮނުވާފައެވެ. މި އިސްލާހުގެ މަގުސަދަކީ "އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް" އިތުރަށް ތަފްޞީލުކޮށް އެ ކުށުގެ ޢަމަލުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުން ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިމާމުންނަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކާތީ ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފި

އިމާމުންނަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކާތީ ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފި

17 އޯގަސްޓު 2018
ޑިފެންސް މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މުޝްރިފް އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފި

ޑިފެންސް މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މުޝްރިފް އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފި

10 އޯގަސްޓު 2018
ކެނަޑާގެ ސަފީރު ޖުމްހޫރީ ޕާޓީއާ ބައްދަލުކޮށްފި

ކެނަޑާގެ ސަފީރު ޖުމްހޫރީ ޕާޓީއާ ބައްދަލުކޮށްފި

30 ޖޫން 2018
ޤާސިމް ކެބިނެޓްގައި އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ އަރިސް ބޭފުޅުން ހިމެނީ އެބޭފުޅުންނަށް ނޭނގި!

ޤާސިމް ކެބިނެޓްގައި އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ އަރިސް ބޭފުޅުން ހިމެނީ އެބޭފުޅުންނަށް ނޭނގި!

19 ޖޫން 2018
ޖުމްހޫރީ ޕާޓީއާ ގުޅުނީ ގާސިމް އަށް އަދުލުވެރި ވެރިކަމެއް ކުރެއްވޭނެތީ: ޑރ. ޖަމީލް

ޖުމްހޫރީ ޕާޓީއާ ގުޅުނީ ގާސިމް އަށް އަދުލުވެރި ވެރިކަމެއް ކުރެއްވޭނެތީ: ޑރ. ޖަމީލް

10 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު