Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައިލޯ ޔޫރޯ ފޯރި ޝޯ

އިޓަލީ ގޮވައިގެން ޒަރިޔަންދު ފައިނަލަށް

7 ޖުލައި 2021 | ބުދަ 14:23

އިޓަލީއާ މެދު އުއްމީދު އެބައޮތް ކަމަށް ޒަރިޔަންދު ވިދާޅުވި

އަތޫފް އާތިފް
އަތޫފް އާތިފް | 7 ޖުލައި 2021 | ބުދަ 14:23
މައިލޯ ޔޫރޯ ފޯރި ޝޯގެ ތެރެއިން އިސްމާޢީލް ޒަރިޔަންދު

މައިލޯ ޔޫރޯ ފޯރި ޝޯގެ ތެރެއިން އިސްމާޢީލް ޒަރިޔަންދު

ޔޫރޯ 2020 ގެ ފައިނަލަށް އިޓަލީ ދަތުރުކުރުމާއެކު، ރާއްޖެޓީވީން ގެނެސްދޭ މައިލޯ ޔޫރޯ ފޯރި ޝޯގެ ފައިނަލް މެޗުގެ އެނަލިސްޓުގެ ޖާގަ އިސްމާޢީލް ޒަރިޔަންދު ވަނީ ކަށަވަރުކޮށްފައެވެ.

މި ފަހަރުގެ ޔޫރޯގެ ގްރޫޕް އޭގެ އެނަލިސްޓަކަށް ޒަރިޔަންދު ހަމަޖެހުނުއިރު، އިޓަލީ އަކީ އެ ގްރޫޕުގައި ހިމެނުނު ޓީމެކެވެ. ރާއްޖެޓީވީން ގެނެސްދޭ ކަވަރޭޖުގައި ތަޖުރިބާކާރު ހަ އެނަލިސްޓުން ހަރަކާތްތެރިވާއިރު، އޭގެ ތެރޭގައި ހިމެނޭ ޒަރިޔަންދަކީ ކުރީގެ މަޝްހޫރު ގޯލްކީޕަރު އަދި މިހާރު ރާއްޖޭގެ ޓެންޑަ ބޯޑުގެ ޗެއާމަނެވެ. މީގެ ކުރިންވެސް ޒަރިޔަންދު ވަނީ އެނަލިސްޓެއްގެ ގޮތުގައި ފުޓްބޯޅައިގެ ބޮޑެތި ޕްރޮގްރާމްތަކުގައިވެސް ބައިވެރިވެފައެވެ.

އިޓަލީއާއެކު ފައިނަލަށް ދަތުރުކުރުމަށްފަހު ޒަރިޔަންދު ވިދާޅުވީ ފުރަތަމަ ބުރުގެ ހުރިހާ ގްރޫޕުތަކެއްގެ ފުރަތަމަ މެޗު ނިމުމާއެކު އިޓަލީއާ މެދު އުއްމީދު އޮތް ކަމަށެވެ. އަދި ފުރަތަމަ މެޗުތަކުގެ ކުޅުން ނިމުނުއިރު، އެންމެ ބޮޑަށް މި މުބާރާތަށް ތައްޔާރުވެފައިވާ ޓީމެއްގެ ގޮތުގައި ފެނުނީ އިޓަލީ ކަމަށްވެސް ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ މި ފަހަރުގެ ޔޫރޯގައި ފެނިގެންދަނީ މަތީ ފެންވަރެއްގެ ފުޓްބޯޅައެއް ކަމަށާއި، މިކަހަލަ މެޗެއް އެނަލައިޒް ކުރުމަށް މެޗުގެ ކުރިން ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރު، އެ ދެ ޓީމުގެ މެޗު ދިރާސާކުރާ ކަމަށެވެ.

ރާއްޖެޓީވީގެ ކަވަރޭޖާ ގުޅޭ ގޮތުން ޒަރިޔަންދު ވިދާޅުބީ މި ފަހަރުގެ ކަވަރޭޖަކީ ފުރިހަމަ ކަވަރޭޖެއް ކަމަށާއި، ހާއްސަކޮށް އަގުބޮޑު އިނާމުތަކަކާއެކު މި ޝޯ ކުރިއަށް ގެންދިޔުން އެއީ ޝޯ ފުރިހަމަވާ ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ބެލުންތެރިންނާ ވަރަށް ގާތުން މި ކަވަރޭޖް ކުރިއަށްގެންދާކަން ޒަރިޔަންދު ފާހަގަކުރެއްވިއެވެ.

މި ފަހަރުގެ ޔޫރޯގައި އެނަލިސްޓެއްގެ ގޮތުން ޒަރިޔަންދު ހަރަކާތްތެރިވާއިރު، އޭނާ ވަނީ މީގެ ކުރިން 2016 ވަނަ އަހަރު ރާއްޖެޓީވީން ޔޫރޯއަށް ގެނަސްދިން ކަވަރޭޖުގައިވެސް އެނަލިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އަދި އެ މުބާރާތުގެ ފައިނަލަށް ޒަރިޔަންދު ދަތުރުކުރީ ފޯޗުގަލާއެކުގައެވެ. އެ ފަހަރު ޕޯޗުގަލުން އެ މުބާރާތް ވަނީ ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ފައިނަލަށް

22 އެޕްރީލު 2017
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ފައިނަލަށް
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް
22 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

22 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް
21 ފެބުރުއަރީ 2017

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް