Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން

ޝަރީއަތް ނުނިމި ބަންދުގައި ހުންނަތާ 6 އަހަރު ދުވަސްވީ މީހުން އެބަ ތިބި - ޕީޖީ އޮފީސް

ޖިނާއީ އަދުލުގެ ނިޒާމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ބަޔަކު ތިބުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 7 ޖުލައި 2021 | ބުދަ 08:40
ބަންދުގައި ތިބި މީހުންގެ ތެރޭގައި މައްސަލަތައް ނުނިމި 6 ނުވަތަ 5 އަހަރު ވެފައި ތިބިމީހުން އެބަ ތިބި

ބަންދުގައި ތިބި މީހުންގެ ތެރޭގައި މައްސަލަތައް ނުނިމި 6 ނުވަތަ 5 އަހަރު ވެފައި ތިބިމީހުން އެބަ ތިބި

މައްސަލަތައް ނުނިމި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރޭގައި 6 އަހަރު ދުވަހު ބަންދުގައި ތިބި މީހުން އެބަތިބިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޖިނާއީ މައްސަލަތަކުގައި ތަހުގީގަށް ބަންދުކުރެވޭ މީހުންނާއި، ޝަރީއަތް ނިމެންދެން ބަންދުކުރެވޭ މީހުންނާގުޅޭ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންކޮށްފައިވާ މަސައްކަތުގެ މައްޗަށް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ހާއްސަ ރިޕޯޓް އާންމުކޮށްފައިވާ އިރު، ޖިނާއީ އަދުލުގެ ނިޒާމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ބަޔަކު ތިބުން ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ. އެގޮތުން ބަންދުގައި ތިބި މީހުންގެ ތެރޭގައި މައްސަލަތައް ނުނިމި 6 ނުވަތަ 5 އަހަރު ވެފައި ތިބިމީހުން އެބަ ތިބިކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތަފާސްހިސާބު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އަންނަނީ ބަލަހައްޓަމުން ކަމަށާއި ތަފާސްހިސާބު ދައްކާ ގޮތުން މި ރިޕޯޓުގެ މުއްދަތުގައި 343 މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބިކަަމަށް ޕީޖީން ބުނެއެވެ. ޕީޖީން ބުނީ އޭގެ ތެރެއިން 38 މީހުންނަކީ ރިމާންޑް ޖަލުތަކުގެ ޖާގައިގެ ދަތިކަމާހެދި ރިމާންޑްޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުންކަމަށެވެ. އަދި ރިމާންޑު ޖަލަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި 219 ދުވަސްވެފައި ތިބި މީހުން ވެސް އެބަތިބި ކަމަށާއި ރިމާންޑު މަރުކަޒުތަކަށް ބަލާއިރު މާލޭ ޖަލުގައި 135 މީހުން، މާފުށިޖަލުގައި 150 މީހުން، ހުޅުމާލެ ޖަލުގައި 12 މީހުން، ގޭ ބަންދުގައި 7 މީހަކު އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު ހުރިކަމަށް ޕީޖީގެ ރިޕޯޓްގައިވެއެވެ.

ޕީޖީން އާންމުކުރި ރިޕޯޓްގައިވާ ގޮތުން ބަންޑާރަ ނާއިބުގެ ސިޔާސަތަށް އަމަލުކުރުމުގެ ގޮތުން، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން، އެމީހެއްގެ ބަންދުގެ މުއްދަތު 30 ދުވަސްވާ ކޮންމެ މީހެއްގެ މައްސަލަ ވަކިން ނަގައި، އެމީހަކީ ބަންދުގައި ހުންނަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި އެމީހެއްގެ ބަންދާމެދު އިތުރު ގޮތެއް ނިންމަންޖެހޭކަން ނުވަތަ ނޫންކަމާމެދު ގޮތް ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެކަމަށް ކަނޑައެޅިފައިވާ ފޯމެއް މެދުވެރިކޮށް ކަމަށް ޕީޖީން ބުނެއެވެ.

ރިޕޯޓްގައިވާ ގޮތުން އެ މައްސަލައެއްގައި އެވަގުތުގެ ޙާލަތަށް ބަލައި، ބަންދުން ލުއި ދެވެން ހުރި މީހުންނަށް ލުއި ދީފައިވާއިރު ޝަރީޢަތް ނިމެންދެން ބަންދުގައި ތިބީ، ކޮންމެހެން ބަންދުގައި ތިބެންޖެހޭ މީހުންކަން ނުވަތަ ނޫންކަން ކަށަވަރުކޮށް، ކުދިކުދި ކުށްތަކަށް ތުހުމަތު ކުރެވޭ މީހުންނާއި، އެމީހުންގެ ސަބަބުން މުޖްތަމަޢަށް ނުރައްކާވާނެ ކަމުގެ އިޙްތިމާލެއް ނެތް މީހުންނާއި، އެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އަންނާނެ އަދަބާއި ބަންދުގައި އެހާތަނަށް ހުރި މުއްދަތާ ދާދި ހަމަހަމަވާ ޙާލަތުގައި ތިބި މީހުން، ޝަރުތުތަކާއެކު ބަންދުން ވީއްލުމަށް ޕީޖީން އިސްކަންދީފައިވެއެވެ.

ޕޖީން ވަނީ މި މަސައްކަތް ކުރިއަށް ގެންދިޔައިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާކަމުގެ ތުހުމަތާއި، ނުރައްކާތެރި ހަތިޔާރުގެންގުޅޭ ކަމުގެ ތުހުމަތާއި، މީހުން މެރުމުގެ ތުހުމަތާއި، މަސްތުވާތަކެތީގެ ނެޓްވޯރކްތައް ހަދައިގެން ވިޔަފާރިކުރާކަމުގެ ތުހުމަތުގައިވާ މީހުންނާއި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތު ކުރެވޭ މީހުންނާއި، ކިތަންމެ ކުޑަ ނަމަވެސް، އެމީހެއްގެ ސަބަބުން މުޖުތަމައުއަށް ނުރައްކަލެއް ވެދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތައް ހުރި މީހުން ދޫކޮށްލާފައި ނުވާކަން ފާހަގަކޮށްފައެވެ.

ރިމާންޑް ޖަލުތަކުގެ ޖާގައިގެ ދަތިކަމާއި ކޮވިޑް19 އާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދިމާވި ކަންކަމާ ގުޅިގެން، ރިޕޯޓު ތައްޔާކުރި އިރު ރިމާންޑް ޖަލެއްގައި ބައިތިއްބުމަށް އަމުރުކޮށްފައިވާ 38 މީހަކު ކަސްޓޯޑިއަލް ޖަލުގައި އެބަތިބިކަމަށާއި މިކަމާބެހޭ ގޮތުން ތަފާތު ޝަކުވާ ލިބިފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ. ނަމަވެސް ކޮވިޑްގެ ފިޔަވަޅުތައް ހުރި ގޮތުން، މިގޮތަށް މީހުން ބަންދުގައި ހުރުމަކީ މިހާލަތުގެ ގޮތުން މެދުވެރިވި މަޖުބޫރީ ނަތީޖާއެއް ކަމަށާއި މިހާލަތް ފިޔަވައި، އެހެން ހާލަތެއްގައި، ބަންދުކުރުމުގެ ހުއްދަ އޮތް މަރުކަޒެއް ފިޔަވައި އެހެން ތަނެއްގައި މީހަކު ހައްޔަރުކޮށްފައި ހުރިކަމުގެ މަޢުލޫމާތެއް ނުވަތަ ޝަކުވާއެއް ޕީޖީ އޮފީހަށް ލިބިފައި ނުވާކަމަށް ރިޕޯޓްގައިވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު