Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަނިމާދޫ ޓާފް ދަނޑުގެ މަސައްކަތް

ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިފި

11 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި މިހާތަނަށް ވަނީ ޓާފް އަޅާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ޖުލައި 2021 | ހޯމަ 10:31
ހަނިމާދޫގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު

ހަނިމާދޫގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު

ހދ. ހަނިމާދޫގައި ސަރުކާރުން އަޅާ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުން މި ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ އާރްކޭއެލް ކުންފުނިންނެވެ. އަދި އެ މަސައްކަތަށް ވަނީ 1,344,080 (އެއް މިލިޔަން ތިން ލައްކަ ސާޅީސް ހަތަރުހާސް އަށްޑިހަ) ރުފިޔާ ޚަރަދުވެފައެވެ. އަދި އެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ވެލޯސިޓީ ސްޕޯޓްސްއާ ހަވާލުކުރިއިރު، އެ މަސައްކަތަށް 3،561،301 (ތިން މިލިޔަން ފަސް ލައްކަ ފަސްދޮޅަސް އެއްހާސް ތިންސަތޭކަ އެކެއް) ރުފިޔާ ޚަރަދުވެފައިވާ ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލިކަން ހާމަކުރައްވާ މި ވަގުތު ސަސްޕެންޝަނުގައި ހުންނެވި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެން ފުޓްބޯޅަ ފޯރީގައި ޔޫރޯ ބަލަން ތިއްބާ ހަނިމާދޫގަައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގާއިމުކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ ދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތް އެ ރަށު ކައުންސިލާ މީގެ ކުރިން ހަވާލުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް މި ސަރުކާރުން ވަނީ ހަނިމާދޫ ދަނޑާއެކު 11 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އަޅާފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ގިނަ ދަނޑުތަކެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ޓާފް ދަނޑުތައްކުޅިވަރާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
01 ސެޕްޓެމްބަރު 2023

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖުލައި 2023

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް
09 މެއި 2023

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު