Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ލަނޑު ލިސްޓުގެ ކުރީގައި ރޮނާލްޑޯ އާއި ޝިކް

އެއް އަދަދަކަށް ލަނޑު ޖަހާފައިވާނަމަ، ދެން ބަލާނީ އެސިސްޓަށް

އަތޫފް އާތިފް
އަތޫފް އާތިފް | 5 ޖުލައި 2021 | ހޯމަ 16:19
ޔޫރޯ 2020 ގެ ލަނޑު ލިސްޓުގެ ކުރީގައި އޮތް ރޮނާލްޑޯ އާއި ޝިކް

ޔޫރޯ 2020 ގެ ލަނޑު ލިސްޓުގެ ކުރީގައި އޮތް ރޮނާލްޑޯ އާއި ޝިކް

ޔޫރޯ 2020 ފުޓުބޯޅަ މުބާރާތް ނިމުމަކާ ގާތްވެފައިވާއިރު، މި މުބާރާތަކީ ވާދަވެރިކަން ބޮޑު މުބާރާތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ގައުމުތަކުގެ ވާދަވެރިކަމާއި، ކުޅުންތެރިންގެ ވާދަވެރިކަންވެސް މި މުބާރާތުގައި ބޮޑެވެ. އެކަން އެނގޭ އެއް ކަމަކީ މި މުބާރާތުގެ ލަނޑު ލިސްޓުގެ ވާދަވެރިކަމުންނެވެ.

މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހަގައިން ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތްއިރު، މި މުބާރާތުގައި ރޮނާލްޑޯ ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. ޔޫރޯގެ ތާރީޚުގައި އެންމެ ގިނަ ލަނޑުވެސް ޖަހާފައިވާ ކުޅުންތެރިޔާ މިހާތަނަށް ވަނީ ޔޫރޯގައި ޖުމްލަ 14 ލަނޑު ޖަހާފައެވެ. އެކަމަކު މުބާރާތުގެ ދެވަނަ ބުރުން ޕޯޗުގަލް ކަޓާފައިވުމާއެކު، މުބާރާތް ނިމޭއިރު ލަނޑު ލިސްޓުގެ އެއްވަނައިގައި ރޮނާލްޑޯގެ ނަން އޮތުމަކީ ނާދިރު ކަމެކެވެ.

މި ލިސްޓުގެ ދެވަނައިގައި އޮތް ޗެކް ރިޕަބްލިކުގެ ތަރި ޕެޓްރިކް ޝިކްވެސް ވަނީ މިހާތަނަށް ފަސް ލަނޑު ޖަހާފައެވެ. އެކަމަކު ލިސްޓުގެ ދެވަނައަށް ޝިކް ވެއްޓެނީ ލިސްޓުގެ އެއްވަނައިގައި އޮތް ރޮނާލްޑޯ ފަސް ލަނޑާއެކު އެއް ލަނޑު ޖެހުމަށް އެހީތެރިވެދީފައިވާތީއެވެ. ޔުއެފާއިން ނެރުނު އައު ގަވާއިދު ބުނާ ގޮތުން ލަނޑު ލިސްޓުގައި ދެ ކުޅުންތެރިން އެއް އަދަދަކަށް ލަނޑު ޖަހާފައިވާނަމަ، ދެން ބަލާނީ އެސިސްޓަށެވެ. އެކަމަކު މި މުބާރާތުގެ ކުއާޓާ ފައިނަލުން ޗެކް ރިޕަބްލިކް ކަޓާފައިވުމާއެކު، މި ލިސްޓުގެ ދެވަނަ ޝިކްއަށް ގެއްލުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މި ލިސްޓުގެ ތިންވަނައިގައި އޮތް ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާއާ، ސްވިޑެންގެ މިޑްފީލްޑަރު އެމީލް ފޯސްބާގް އަދި ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެކަމަކު ޔޫރޯގެ ދެވަނަ ބުރުން ފްރާންސް އާއި ސްވިޑެން ކަޓާފައިވާއިރު، ކުއާޓާ ފައިނަލުން އިޓަލީ އަތުން ބަލިވެ ބެލްޖިއަމްވެސް ވަނީ ކަޓާފައެވެ.

ލަނޑު ލިސްޓުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެންމެ ބޮޑު ކުޅުންތެރިންނަކީ ޑެންމާކުގެ ފޯވާޑް ކެސްޕާ ޑޯލްބާގާއި، އިންގްލެންޑްގެ ފޯވާޑް ރަހީމް ސްޓާލިން އަދި ކެޕްޓަން ހެރީ ކޭންއަށެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް މިހާތަނަށް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެހެންކަމުން ކުރިއަށް އޮތް މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްގެންވެސް މި ކުޅުންތެރިންއަށް ލަނޑު ލިސްޓުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު