Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ޔޫރޯ 2020 - ސެމީ ފައިނަލުގެ ކުރިމަތިލުންތައް

ސެމީގައި އިންގްލެންޑް ނުކުންނާނީ ޑެންމާކާ ދެކޮޅަށް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 5 ޖުލައި 2021 | ހޯމަ 12:28
ޔޫރޯ 2020 ގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކުގެ ކުޅުންތެރިންގެ ޕޯސްޓަރު

ޔޫރޯ 2020 ގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކުގެ ކުޅުންތެރިންގެ ޕޯސްޓަރު

ޔޫރޯ 2020 ނިމުމަކާ ގާތްވެފައިވާއިރު، މި މުބާރާތުގައި ބާކީ އޮތީ ތިން މެޗެވެ. އެއީ ސެމީ ފައިނަލުގެ ދެ މެޗާއި ފައިނަލް މެޗެވެ. ކޮވިޑް-19 އާ ގުޅިގެން މި މުބާރާތުގެ ތިންވަނަ ހޮވާ މެޗު މި އަހަރު ނުކުޅެން ވަނީ ނިންމާފައެވެ.

ސެމީ ފައިނަލުގައި ކުޅޭނެ ޓީމުތައް މިހާރު ކަށަވަރުވެފައިވާއިރު، މިއީ ސަޕްރައިޒިން މުބާރާތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޔޫރަޕުގެ ގަދަ ބާރުތަކުގެ ތެރެއިން ތިން ބާރު ފިޔަވާ ދެންހުރި ބާރުތައް މުބާރާތުން ކަޓާފައިވާއިރު، މި މުބާރާތުގައި ކުދި ގައުމުތަކުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސެމީ ފައިނަލުގައި އިޓަލީ އާއި ސްޕެއިންގެ ކުރިމަތިލުމަކީ ޔޫރަޕުގެ ގަދަ ދެ ބާރެއްގެ ފަހު ތަޅާލުންގަނޑެވެ. ޔޫރޯގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިނުން ވަނީ މިހާތަނަށް ތިން ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ދެން މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވަނީ ޖަރުމަނުންނެވެ. އެހެންކަމުން މި އަހަރުގެ މުބާރާތް ކާމިޔާބުކޮށް ސްޕެއިނަށް މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ލަގަބު ލިބުމުގެ ފުރުސަތު އެބައޮތެވެ.

އިޓަލީއަށް މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީއަކީ މި މުބާރާތުގައި މާކަ ކާމިޔާބު ޓީމެއް ނޫނެވެ. އެގޮތުން އިޓަލީން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 1968 ވަނަ އަހަރު އެކަންޏެވެ. އެކަމަކު މި ފަހަރުގެ ޔޫރޯއަށް ވަރުގަދަ ސްކޮޑަކާއެކު ކުރިމަތިލި އިޓަލީން މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އިޓަލީ ދަތުރުކުރީ ކުއާޓާ ފައިނަލުގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް ބަލިކޮށްގެންނެވެ. އެ މެޗުން އިޓަލީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ސެމީ ފައިނަލަށް ސްޕެއިން ދަތުރުކުރީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ސްވިޓްޒަލެންޑް ބަލިކުރުމަށްފަހުއެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ސްޕެއިން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތް ފެށުނީއްސުރެ ކެނޑިނޭޅި އަޑު އިވެމުން ދިޔައީ "އިޓްސް ކަމިން ހޯމް" ކިޔާ އަޑެވެ. އެކަމަކު މިހާތަނަށް މި މުބާރާތް އިންގްލެންޑަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މި އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ޑެންމާކާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި އަހަރުގެ މުބާރާތުގައި މިހާތަނަށް އެ ޓީމު ކޮޅަށް ލަނޑެއް ވަދެފައި ނުވުމެވެ. އަމިއްލަ ގައުމުގައި ކުޅޭ ސެމީގެ މެޗާއި ފައިނަލް މެޗު ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމަށް އިންގްލެންޑު ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ.

ސެމީ ފައިނަލަށް ޑެންމާކް ދަތުރުކުރިއިރު، މިއީ 1992 ވަނަ އަހަރަށްފަހު މި މުބާރާތުގެ ސެމީއަށް އެ ޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު އެ ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އޭގެ ފަހުން ޑެންމާކުން ވަނީ 1996 އާއި 2000 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. އެކަމަކު 2004 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅުނެވެ.

މި އަހަރުގެ މުބާރާތުގައި ޑެންމާކުން އެންމެ އަޑު ގަދަ ނަމަކަށް ވެފައިވަނީ ކްރިސްޓަން އެރިކްސަންގެ ނަމެވެ. މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އެރިކްސަން ހޭނިތިގެން ދަނޑު މައްޗަށް ވެއްޓުނުއިރު، އޭގެ ސަބަބުން އެ ޓީމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ގަބޫލުކުރެވުނެވެ. އެކަމަކު އެއާ ޚިލާފަށް މިހާތަނަށް މި މުބާރާތުގައި ޑެންމާކުން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު، މި މުބާރާތް ޑެންމާކުން ކާމިޔާބު ކޮށްފިނަމަ އެ ޓީމުން މި މުބާރާތް ހާއްސަ ކުރާނީ އެރިކްސަންއަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި ފަހަރުގެ މުބާރާތުގެ ސެމީގައި އިންގްލެންޑާއި ޑެންމާކް ބައްދަލުކުރާއިރު، ސެމީއަށް އިންގްލެންޑް ދަތުރުކޮށްފައިވަނީ ކުއާޓާގެ މެޗުގައި ފަސޭހަކަމާއެކު ޔޫކްރޭން 4-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. އަނެއްކޮޅުން މި މުބާރާތުގެ ސެމީގެ ޖާގައެއް ޑެންމާކުން ކަށަވަރުކުރީ ކުއާޓާގެ މެޗުގައި ޗެކް ރިޕަބްލިކް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޔޫރޯގެ ސެމީގެ މެޗުތައް އަންގާރަ ދުވަހުގެރޭ ފަށާއިރު، ފައިނަލް މެޗު ކުޅޭނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެރެއެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު