Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރުން

އިންޑިޔާއާމެދު ނަފްރަތު އުފެއްދުމަށް ޗައިނާއިން ފަންޑުކޮށްގެން މީޑިޔާއެއް ހިންގާކަމުގެ ތުހުމަތު

"އިންޑިޔާ އައުޓް" ކެމްޕެއިނަކީ ޗައިނާއިން ފަންޑުކޮށްގެން ހިންގަމުން އަންނަ ކެމްޕެއިނެއް ކަމަށް ތުހުމަތުކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 ޖުލައި 2021 | އާދީއްތަ 10:41
ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ހުރިހާ ގައުމަކާއެކުވެސް ގުޅުން ބަދަހިކުރުމަށް ކަމަށް ވަނީ ބުނެފައި

ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ހުރިހާ ގައުމަކާއެކުވެސް ގުޅުން ބަދަހިކުރުމަށް ކަމަށް ވަނީ ބުނެފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މާބޮޑަށް އިންޑިޔާ ކައިރިކޮށްގެން އުޅޭކަމުގެ ވާހަކަ މިސަރުކާރުގެ ދައުރު ފެށުނީއްސުރެ އަންނަނީ ދައްކަމުންނެވެ. އިންޑިޔާގެ އެހީތެރިކަމާއެކު މިސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު އެއިން ކޮންމެ ކަމަކާ ގުޅުވާ ދިވެހިންގެ މިނިވަންކަމާއި ދީނާއި އަމިއްލަވަންތަކަން އިންޑިޔާގެ އަތް ދަށަށް ދަނީ ކަމަށް ބުނެ އަންނަނީ ވާހަކަދެކެވެމުންނެވެ.

މިވާހަކަތައް އެންމެ ގަދައަށް ދައްކަމުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުންނެވެ. ރައީސް ޔާމީން ރާއްޖޭގައި ވެރިކަން ކުރެއްވި 5 އަހަރަކީ ޒަމާނުއްސުރެ ދިވެހިންނާ ގާތް ގުޅުމެއް ބާއްވަމުން އައި އިންޑިޔާ ރާއްޖެއާ ދުރުވެ ޗައިނާއާ ގާތް ގުޅުމެއް ބާއްވަމުން ގެންދިޔަ ފަސް އަހަރެވެ. ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެގޮތް ބަދަލުވެ އިންޑިޔާއާއެކު ގާތްގުޅުމެއް ވަނީ ގާއިމް ކުރެވިފައެވެ.

ކޮންމެ އަކަސް އިންޑިޔާއާ ރާއްޖެއާ ދެމެދު މިހާރު އޮތްގުޅުމާއި އިންޑިޔާއިން ރާއްޖޭގައި ހިންގަމުން ގެންދާ ތަރައްގީގެ އެކި މަޝްރޫޢުތަކާއި ގުޅުވައި އެއީ އިންޑިޔާއިން ރާއްޖެއަށް އަތްގަދަކުރުން ކަމަށް ރައީސް ޔާމީންގެ ސަޕޯޓަރުން ވާހަކަ ދައްކަމުންދާތާ މިވަނީ ދުވަސްތަކެއްވެފައެވެ. ނަމަވެސް ވާހަކަތައް ހޫނުވެ ދެ ގައުމުގެ ގުޅުމަށް ބުރުއަރާ ހިސާބަށް މިފަހުން ނޫނީ ގޮސްފައިނުވެއެވެ. ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި، އިންޑިއަން ހައިކޮމިޝަންގެ ދެ އިމާރާތަށް އިތުރު ރައްކާތެރިކަމަށް އެދުމުން ސަލާމަތީ ބާރުތަކުން މިހާރު އެ ދެ އިމާރާތުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މިފަހުން ބުނެފައެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ދޭދޭ ގައުމުތަކާމެދު އޮންނަ ގުޅުންތަކާ ބެހޭ ހަގީގަތެެއް ނެތް ވާހަކަތަކާއި، ދިވެހިރާއްޖޭގައި ހުންނަ ބައެއް ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންނާ ގުޅޭގޮތުން ދިޔަރެސް ނޫހުން ކޮށްފައިވާ ޓްވީޓުތަކުގެ ސަބަބުން، ދިވެހިރާއްޖޭގައި ހުރި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ، އެ ދެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އަދި އެގޮތަށް އެދިފައިވާތީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން އެ ދެ އިމާރާތާ ގުޅޭ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ، ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި، އެ ގައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ. އަދި ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވުރު ކިލަނބުވެ، ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ފުރުސަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެފައިވެއެވެ.

މަސްރަހު ހޫނުވަމުން އަންނަ ދަނޑިވަޅެއްގައި މިވަނީ އަނެއްކާ އެހެން ތުހުމަތުތަކެއް ފެންމަތިވެފައެވެ. އިންޑިޔާގެ އޮންލައިން ނޫހަކުން ވަނީ ރާއްޖޭގެ ސޯޝަލް މީޑިޔާގައި ހިންގަމުން އަންނަ ކެމްޕެއިނެއް ކަމުގައިވާ "އިންޑިޔާ އައުޓް" ކެމްޕެއިނަކީ ޗައިނާއިން ފަންޑުކޮށްގެން ހިންގަމުން އަންނަ ކެމްޕެއިނެއް ކަމަށް ތުހުމަތުކޮށްފައެވެ. މިހާރުގެ ސަރުކާރުން ރާއްޖޭގައި މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ޗައިނާއަށް ނުދޭތީ އާއި ކުރިން ޗައިނާއަށް ރާއްޖޭގައި އިހު ފަހިވި ފުރުސަތު މިހާރު ފަހިވެފައިނުވާތީ އިންޑިޔާ އާ ދެކޮޅަށް ނަފުރަތު އުފުދޭ ގޮތަށް ރާއްޖޭގެ އޮންލައިން ނޫހަކާއި އެނޫސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު އެކަކު ސޯޝަލް މީޑިޔާގައި މައުލޫމާތު ފަތުރަމުން އަންނަކަމަށް ބުނެ ތަފްސީލީ ވާހަކަތަކެއް ވަނީ މިލިޔުމުގައި ފެންމަތިކޮށްފައެވެ.

އިންޑިޔާގެ މިނޫހުން ތުހުމަތުކޮށްފައިމިވަނީ އިންޑިޔާ އާއި ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީ އާއި ރާއްޖޭގައި ތިއްބަވާ އިންޑިޔާގެ ޑިޕްލޮމެޓުންނާއި ގުޅޭގޮތުން އެންމެ ގިނައިން ލިޔުންތައް ލިޔަމުން އަންނަ ދިޔަރެސް ނޫހާއި އިންޑިޔާއާ ބެހޭގޮތުން އެންމެ ބޮޑަށް ޝުއޫރުފާޅުކުރަމުން އަންނަ އެކަކު ކަމުގައިވާ ދިޔަރެސް ނޫހުގެ އެއް ފައުންޑަރ އަހުމަދު އަޒާން އަށެވެ. އެގޮތުން އިންޑިޔާގެ ނޫހުން ލިޔެފައިވާ ލިޔުމުގައި އެކި ދުވަސްވަރު އަޒާންގެ ސޯޝަލް މީޑިޔާ އެކައުންޓުންނާއި ދިޔަރެސް ނޫހުން އިންޑިޔާއާ ދެކޮޅަށް ލިޔެފައިވާ ލިޔުންތަކާއި ޓްވީޓްތައް ވަނީ ހިމަނާފައެވެ.

އެގޮތުން މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ލޯނު ނުނަގައިގެން އެކަމުގެ ނުރުހުން ފާޅުކޮށް އަޒާންކޮށްފައިވާ ޓްވީޓްތަކާއި ދިވެހި ސަރުކާރުން އެކަން އެގޮތަށް ކުރަމުންދަނީ އިންޑިޔާގެ ނުފޫޒުން ކަމަށް ބުނެ ކޮށްފައިވާ ޓްވީޓްތައް ވަނީ ހިމަނާފައެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި އަޒާން މިމޭރުމުން ކޮށްފައިވާ ޓްވީޓްތައް ހިމަނާފައިވާއިރު ރާއްޖެއިން ޗައިނާއިން ލޯން ނަގަންޖެހޭނެ ކަމަށް ބުނެ ކޮށްފައިވާ ޓްވީޓްތައް ވަނީ ހިމަނާފައެވެ. މީގެއިތުރުން އިންޑިޔާ ސަރުކާރުން ކަޝްމީރާމެދު ގެންގުޅޭ ސިޔާސަތު ކުރިޔަށް އޮތްތަނުގައި ރާއްޖެއާމެދު ގެންގުޅޭނެކަމަށް ބުނެ ދައްކާފައިވާ ވާހަކަތައްވެސް ގެނެސްދީފައިވެއެވެ.

އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ފާޑުކިޔުމާއި ޗައިނާގެ ސިޔާސަތުތައް ރަނގަޅުކަމަށް ދެއްކުމުގައި ވަކި އިމެއްނެތި އެކަން ކުރަމުންދާކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން މޯލްޑިވްސް ޖަރނަލްގައިވެސް އެފަދަ ލިޔުންތައް ލިޔަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

އަދި ދާދިފަހުން ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ޑެޕިޔުޓީ ހައިކޮމިޝަނަރ އާ ގުޅޭގޮތުން ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގެ ވާހަކަ ގެނެސްފައިވާއިރު ޑެޕިޔުޓީ ހައިކޮމިޝަނަރ ރޯހިތު ރަތީޝް އާ ބެހޭގޮތުން ދިޔަރެސް ނޫހުގައި ލިޔެފައިވާ ލިޔުމުގައި މައުލޫމާތު ހޯދި ސޯސް ހިމަނާފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި ތިއްބަވާ އިންޑިޔާގެ ޑިޕްލޮމެޓުންނާއި ގުޅޭގޮތުން ފަތުރަމުންދާ ޚަބަރުތަކާއި ގުޅިގެން އިންޑިޔާ އެމްބަސީން އެމައްސަލަ ބެލުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅޭގޮތުން އެކަން ދިފާއުކުރުމަށް ރާއްޖޭގެ ގާނޫނު އަސާސީން އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވާކަމަށް ދިޔަރެސްއިން ބުނެފައިވާކަމަށް ލިޔުމުގައި ބުނެފައިވެއެވެ. އަދި އިންޑިޔާ ސަރުކާރުން ރާއްޖޭގެ ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތުކޮށްފައިވާ ކަމަށާއި ދިވެހިން ޒަމާނުއްސުރެ އެދީނަކަށް އުޅެމުން އަންނަ އިސްލާމް ދީން ރާއްޖެއިން ފޮހެލުމަށް އިންޑިޔާއިން މަސައްކަތްކުރަމުން އަންނަ ކަމުގެ ތުހުމަތު އަޒާން ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އެތުހުމަތު އަޒާން ކޮށްފައިވާއިރު ރާއްޖޭގެ ގާނޫނު އަަސާސީ ބުނާގޮތުން މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭނެކަމަށް އޮންނަކަމަށް ލިޔުމުގައި ބުނެފައިވެއެވެ.

އަދި މިކަންކަމުން ސަލާމަތްވުމަށް ރާއްޖެއަށް ބޭނުންވަނީ ރައީސް ޔާމީން ކަމަށް ބުނެ ލިޔުންތައް ލިޔަމުން އަންނަކަމަށް ވަނީ ބުނެފައެވެ. އިންޑިޔާގެ މިނޫހުގައި ލިޔެފައިވާ ލިޔުމުގައި ދިރާސާގޮތެއްގައި އެކި ދުވަސްވަރު މަތިން އަޒާން ކޮށްފައިވާ ޓްވީޓްތަކާއި ދިޔަރެސް ނޫހާއި މޯލްޑިވްސް ޖަރނަލްގައި ލިޔެފައިވާ ލިޔުންތަކާއެކު މިއީ ޗައިނާގެ ޕްރޮޕެގެންޑާ ރާއްޖޭގައި ފެތުރުމަށާއި އިންޑިޔާއާ މެދު ނަފްރަތު އުފެއްދުމަށް ދައްކަމުންދާ ވާހަކަތަކެއް ކަމަށް އެނޫހުން ތުހުމަތުކުރާ ސަބަބުތައް ވަނީ ހިމަނާފައެވެ.

އިންޑިއާޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު