Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޝްހޫރު ބައެއް ލިޔުންތެރިން ރާއްޖެއެމްވީއަށް

މަޝްހޫރު ބައެއް ލިޔުންތެރިން ''ރާއްޖެއެމްވީ''ގައި އެބޭފުޅުންގެ ލިޔުންތައް ޝާއިއު ކުރައްވަނީ

އެއީ މުޙައްމަދު ޤާސިމް، މުޙައްމަދު ސަލީމް، މުޙައްމަދު ޝާޠިރު، އަދި މުޙައްމަދު ނިޝާން އިބްރާހީމް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ޖުލައި 2021 | ހޮނިހިރު 11:58
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

އެކި ރޮނގުތަކުން މަޝްހޫރު ބައެއް ލިޔުންތެރިން ''ރާއްޖެއެމްވީ''ގައި އެބޭފުޅުންގެ ލިޔުންތައް ޝާއިއު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއެމްވީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަލީމެވެ. އެއްބަސްވުމުގެ ދަށުން ވެބްސައިޓަށް ލިޔުއްވާނީ މަޝްހޫރު ލިޔުންތެރިންކަމުގައިވާ މުޙައްމަދު ޤާސިމް، މުޙައްމަދު ސަލީމް، މުޙައްމަދު ޝާޠިރު، އަދި މުޙައްމަދު ނިޝާން އިބްރާހީމެވެ.

ރާއްޖެއެމްވީގެ ވެބްސައިޓަށް ލިޔުއްވާ ބޭފުޅުންގެ ތެރެއިން މުޙައްމަދު ޤާސިމްއަކީ ލިޔުންތެރިކަމުގެ ދާއިރާއިން 2009 ވަނަ އަހަރު ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ތަފާތު އެކި ދާއިރާތަކުން ގިނަ އަދަދަކަށް ދިގު ވާހަކައާއި ކުރުވާހަކަ ލިޔުއްވާފައިވެއެވެ. ލިޔުއްވަން ފެއްޓެވީ 1997 އަހަރުގެ ތެރޭގައެވެ. ވާހަކަ ލިޔުއްވުމުގެ އިތުރުން ތަފާތު މައުޟޫޢުތަކަށް މަޒުމޫނާއި ކޮލަމްތައް ވެސް ލިޔުއްވާފައިވެއެވެ. އަދި ސަމާސާއަދަބަކީ ވެސް ޝައުގާ ގުޅިފައިވާ ފަންނެކެވެ.

ރާއްޖެއެމްވީއާ ގުޅިވަޑައިގެންނެވި މުޙައްމަދު ސަލީމަކީ ނޫސްވެރިކަމުގެ ރަންގަލަމާއި އަލިމަސް ގަލަމުގެ އިތުރުން، ނޫސްވެރިކަމުގެ ރޮނގުން ޙުސައިން ޞަލާޙުއްދީން އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ނޫސްވެރިކަމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ހާސިލު ކުރައްވާފައިވާއިރު، ބައެއް ނޫސްތަކުގައި އެޑިޓަރުކަމާއި، ޑެޕިއުޓީ އެޑިޓަރުކަން އަދާކުރެއްވިއެވެ.

މީގެ އިތުރުން މުހައްމަދު ޝާޠިރަކީ ނޫސްވެރިކަމުގައި 20 އަހަރު ފުލްޓައިމްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކުރައްވާފައިވާއިރު، 3000 އަށްވުރެ ގިނަ ރިސާރޗް އާޓިކަލް ލިޔުއްވާފައިވެއެވެ. ރާއްޖޭގެ ރައީސުން އުފެއްދެވި ތާރީޚީ ކޮމިޓީތަކުގެ މެންބަރުކަން އަދާކުރެއްވި ބޭފުޅެއްމެއެވެ. 1997 ގައި ޒުވާނުންގެ ގައުމީ އިނާމް ލިބިވަޑައިގެންނެވިއެވެ. އަދި 2007 ވަނަ އަހަރު ގައުމީ އިނާމާއި ނޫސްވެރިކަމުގެ އަލިމަސް ގަލަން ހާސިލު ކުރައްވާފައިވެއެވެ.

ޤާނޫނީ ދާއިރާއިން ލިޔުންތައް ލިޔުއްވުމަށް ރާއްޖެއެމްވީއާ ގުޅިވަޑައިގެންނެވި މުޙައްމަދު ނިޝާން އިބްރާހީމަކީ ގާނޫނީ ދާއިރާގައި 17 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސިފައިންނާއި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރެއްވިއެވެ. އަދި ވިލާ ކޮލެޖާއި، އެވިޑް ކޮލެޖާއި، އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީއާއި، މައި ކޮލެޖުގެ ގާނޫނީ ކޯސްތަކުގައި ކިޔަވާ ދެއްވުމުގައި އުޅުއްވިއެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއެމްވީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަލީމް ވިދާޅުވީ، މި ބޭފުޅުން ލިޔުއްވާ ލިޔުންތަކުގެ ސަބަބުން ދިވެހި ބަހާއި ލިޔުންތެރިކަމަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އެއްބަސްވުމާއި ގުޅޭގޮތުން މި ހަތަރު ބޭފުޅުން ވެސް ވިދާޅުވީ ރާއްޖެއެމްވީ ފަދަ ފްލެޓްފޯމަކުން ލިޔުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ރާއްޖެއެމްވީއަކީ އެންމެ ގިނަ މީހުން ވަންނަ އެއް ވެބްސައިޓް ކަމަށްވާއިރު، މި ބޭފުޅުން ލިޔާ ލިޔުންތައް ގިނަ ބަޔަކާ ހަމައަށް ވާސިލުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

ލިޔުންތެރިންރާއްޖެއެމްވީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ މިއަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް ނަޖާހް، އުއްމީދީ މުވައްޒަފަކަށް އަލާއު

ރާއްޖެޓީވީގެ މިއަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް ނަޖާހް، އުއްމީދީ މުވައްޒަފަކަށް އަލާއު

21 ޑިސެމްބަރު 2023
ލިޔުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރާނެ: ނައިބު ރައީސް

ލިޔުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރާނެ: ނައިބު ރައީސް

20 ސެޕްޓެމްބަރު 2023
"ރަންތާޖު" ޤުރުއާން މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރާ 11 ބައިވެރިން އިއުލާންކޮށްފި

"ރަންތާޖު" ޤުރުއާން މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރާ 11 ބައިވެރިން އިއުލާންކޮށްފި

07 އެޕްރީލު 2023
ރަންތާޖު ޤުރުއާން މުބާރާތް - ބައިވެރިންނަށް "ހިތްގައިމު މާހައުލެއްގައި އުނގެނުމުގެ ފުރުސަތު"

ރަންތާޖު ޤުރުއާން މުބާރާތް - ބައިވެރިންނަށް "ހިތްގައިމު މާހައުލެއްގައި އުނގެނުމުގެ ފުރުސަތު"

26 މާރިޗު 2023
"ރަންތާޖު ޤުރުއާން މުބާރާތަށް ރާއްޖެއިން ބޭރުގެ މަޝްހޫރު ޤާރީއިން ގެންނަނީ"

"ރަންތާޖު ޤުރުއާން މުބާރާތަށް ރާއްޖެއިން ބޭރުގެ މަޝްހޫރު ޤާރީއިން ގެންނަނީ"

24 މާރިޗު 2023

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު