Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީގައި ރޯކޮށްލި މައްސަލަ

ރާއްޖެޓީވީ ރޯކޮށްލުން: ދަތްދަގަނޑު ހިފައިގެން މީއާދުއާއެކު ބަޔަކު އުޅުނު، ދެން އޮތީ ޙުކުމް ކުރުން!

29 އޯގަސްޓު 2021 | އާދީއްތަ 09:46

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހަށް ވެސް ވަނީ އެ މައްސަލަ ހުށަހަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އޯގަސްޓު 2021 | އާދީއްތަ 09:46
ރާއްޖެޓީވީ ރޯކޮށްލި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

ރާއްޖެޓީވީ ރޯކޮށްލި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

"ރާއްޖެޓީވީ"ގައި ރޯކޮށްލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހ. ގަސްވާ މުޙައްމަދު މީޢާދުގެ ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ މައްސަލައިގެ ޚުލާސާ ބަޔާން އިއްވާފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

Advertisement - newsAdvertisement

ދައުލަތުގެ ޚުލާސާ ބަޔާން:

މައްސަލައިގެ ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، މީއާދު އިތުރު 5 މީހުންނާ ބައިވެރިވެގެން ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި، ދައުވާ އިއްވުމުން ދައުވާއަށް މީއާދު އިންކާރު ކޮށްފައިވާ ކަމަށެވެ. މައްސަލަ ސާބިތު ކުރުމަށް ޕީޖީ އޮފީހުން ވަނީ ޝަފަހީ ހެކިންނާއި ކިތާބީ ހެކިންގެ ހެކިބަސް ނަގާފައެވެ.

ޚުލާސާ ބަޔާން އިއްވަވަމުން ވަކީލު ވިދާޅުވީ، ރާއްޖެޓީވީ ރޯކޮށްލި މީހުންގެ ތެރޭގައި މީއާދު ހިމެނޭކަން ސިއްރު ހެކިވެރިންގެ ބަހުން އެނގޭ ކަމަށެވެ. އަދި އޭނާ މޫނުގައި މާސްކް އަޅަން ހުރިތަން ފެނުނު ކަމަށާއި، އޭނާ ބީކޭޓީ އިމާރާތަށް ވަދެގެން ދިޔަތަން ފެނުނުކަމަށް ވެސް ސިއްރު ހެކިންގެ ހެކިބަހުން އެނގޭކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އޭގެ އިތުރުން، ރާއްޖެޓީވީ ރޯކޮށްލަން ބޭނުންކުރި ދަތް ދަގަނޑު ހިފައިގެން މީއާދުއާއެކު އިތުރު 5 މީހަކު އުޅުނުކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ބަރުދަނުގައި 690ގުރާމް، ދިގުމިނުގައި 15.5އިންޗި، ވަށަމިނުގައި 2އިންޗި ހުރި އެއްކޮޅު ލަންބާފައިވާ މި ދަގަނޑު ގަނޑަކީ ރާއްޖެޓީވީ އިމާރާތުގެ ދަގަނޑުގޭޓުގެ ތަޅު ހަލާކު ކޮށްލައި، އެއަށްފަހު ލަކުޑި ގޭޓު ފުނޑާލައިގެން އެތެރެއަށް ވަނުމަށް ބޭނުންކުރި ހަތިޔާރެވެ. ރާއްޖެޓީވީގެ ސްޓޭޝަން ރޯކޮށް އަންދާލުމަށްފަހު އެކަންކުރި މީހުން އެތަނުން ނިކުމެގެން ދިޔައިރު އެމީހުން ހަތިޔާރުގެ ގޮތުގައި ބޭނުންކުރި މި ދަތްދަގަނޑު އޮތީ އެތަނުގެ އެތެރޭގައެވެ.

ވަކީލާ ވިދާޅުވީ، މީއާދު ޑޮކްޓަރަށް ދައްކާފައިވާ ބޭސް ސިޓީން އޭނާގެ ގައިގެ އެކި ތަންތަން ފިހިފައިވާކަން އެނގޭ ކަމަށާއި، ރާއްޖެޓީވީ ރޯކޮށްލުމަށްފަހު އެތަނުގެ ސެކިއުރިޓީ ގާޑަށް ވެސް އޭނާ ޙަމަލާ ދީފައިވާ ކަމަށެވެ. އަދި މީއާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ނަގާފައިވާ ފޮޓޯތަކުން އެކަންކަމަށް އިތުރަށް ބާރު ލިބިދޭ ހެކިތައް ފެނިފައިވާކަން ދައުލަތުން ފާހަގަކުރިއެވެ.

އޭގެ އިތުރުން، ހާދިސާ ހިނގި ދުވަހު ހުރީ ދަތުރު ގޮސްފައިކަމަށް ދިފާއީ ހެކިން ބުނި ނަމަވެސް، އެ ހެކިންގެ ހެކިބަސްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވިއެވެ. ވަކީލު ވިދާޅުވީ، ދަތުރު ދިޔަ ރަށުގެ ނަން ވެސް ހަނދާން ނެތްކަމަށް ދިފާއީ ހެކިން ބުނި ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާ ނަފީ ކުރެވޭ ވަރުގެ ހެއްކެއް ދިފާއުން ހުށައަޅާފައިނުވާކަން ވެސް ވަކީލު ފާހަގަކުރެއްވިއެވެ.

ދައުލަތުން ވަނީ މި މައްސަލަ އެކަށީގެންވާ ޝައްކެއް ނެތި ސާބިތުވާކަމަށް ކަނޑައަޅައިދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ދިފާއުގެ ޚުލާސާ ބަޔާން:

މި މައްސަލައިގެ ދައުވާލިބޭ މީއާދުގެ ފަރާތުން ޚުލާސާ ގޮތެއްގައި އޭނާގެ ވަކީލު ވަނީ ތަހުގީގު މަރުޙަލާގެ ތެރެއިން މީއާދަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ކޮށްދީފައިވާކަން ސާފުވާން ނެތްކަމަށް ބުނެފައެވެ. އަދި ތުހުމަތު ކުރެވޭ މީހަކަށް ޤާނޫނު އަސާސީން ލިބެންޖެހޭ ޙައްޤުތައް ލިއްބައިދީފައި ނުވާކަމަށް ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، އެކަމުގެ ތުހުމަތު ކުރެވޭ މީހުން ގެންގުޅުން ސައިކަލުތަކުގެ އަދަދާއި، އެމީހުން ސައިކަލު ޕާކު ކުރި ތަނާ ގުޅިގެން ހެކިބަސްތަކުގައި ފުށުއެރުންތަކެއް ހުރިކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. ވަކީލު ވަނީ ބައެއް ހެކިންނާ ގުޅޭގޮތުން އަދިވެސް އިތުރަށް ވާހަކަ ދައްކަން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންގިއެއްގެ ވާހަކަ ފުލުހުންގެ ފަރާތުން ހެކިބަސް ދިން ހެކިވެރިން ފާހަގަކުރިއިރު، އެއީ ކޮން ކުލައެއްގެ އަންގިއެއްކަން ވެސް ބަޔާންކޮށް ނުދެވޭކަމަށް ވަކީލު ވިދާޅުވިއެވެ. އަދި އެ އަންގިއަކީ ތަނުގެ ތެރެއިން ނަގާފައިވާ އަންގިއެއްކަން ވެސް އެނގެން ނެތް ކަމަށާއި، އަންގި އެނަލިސިސް ކުރި ފަރާތުން މި މައްސަަައިގައި ތުހުމަތު ކުރެވޭ މީހުންގެ ފޮޓޯތަކުން އެ އަންގި ފެނޭތޯ ބެލުމާއި، ޑީއެންއޭ ފެނޭތޯ ބެލުމަށް ބޭނުން ކޮށްފައިވާއިރު، މިކަމުގައި ޗެއިން އޮފް ކަސްޓަޑީ ނެތިގެން ގޮސްފައިވާ ކަމަށެވެ.

ދިފާއުން ވަނީ މީއާދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާ މިންވަރަށް ހެކި ހުށައަޅާފައި ނެތްކަމަށް ބުނެފައެވެ.

ޝަރީއަތުގެ ނިންމުން:

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މައްސަލައިގެ ޙުކުމަކަށްދާއިރު، ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ގާޒީ ވިދާޅުވީ ދެން މި މައްސަލައިގައި އޮންނާނީ ޙުކުމް ކުރެއްވުމަށް ބާއްވަވާ އަޑުއެހުމެއް ކަމަށެވެ.

ރާއްޖެޓީވީ ހިންގަމުން ގެންދިޔަ އިމާރާތުގައި ރޯކޮށްލުމުގެ ޖަރީމާ ހިންގާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލައި ހުރިހާ އިކުއިޕްމެންޓެއް އަންދައި އަޅިއަށް ހަދާލާފައިވަނީ، ރާއްޖެޓީވީއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ. އެގޮތުން މި ޖަރީމާގެ ސަބަބުން 11.65 މިލިއަން ރުފިޔާގެ ގެއްލުން ރާއްޖެޓީވީއަށް ލިބިފައިވެއެވެ.

ރާއްޖެ ޓީވީރާއްޖެއެމްވީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
21 އޮކްޓޯބަރު 2025

"އައްޑޫއަށް މޮޅީ ކޮންގޮތެއް؟" ރާއްޖެޓީވީގެ ޙާއްސަ ބަހުސް ބުދަ ދުވަހުގެ ރޭ!

21 އޮކްޓޯބަރު 2025
"އައްޑޫއަށް މޮޅީ ކޮންގޮތެއް؟" ރާއްޖެޓީވީގެ ޙާއްސަ ބަހުސް ބުދަ ދުވަހުގެ ރޭ!
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
03 އޮކްޓޯބަރު 2025

އެސެޓް ރިކަވަރީ ގާނޫނަކީ ރައްޔިތުންނަށް ދައްކާ ދަޅައެއް، އަޅުގަނޑު އަތުގައި ފައިސާއެއް މުދަލެއް ނެތް: ފައްޔާޒް

03 އޮކްޓޯބަރު 2025
އެސެޓް ރިކަވަރީ ގާނޫނަކީ ރައްޔިތުންނަށް ދައްކާ ދަޅައެއް، އަޅުގަނޑު އަތުގައި ފައިސާއެއް މުދަލެއް ނެތް: ފައްޔާޒް
30 ސެޕްޓެމްބަރު 2025

"އޮޅުމަކުން" ދޮރުވައްޓާލާ ގެޔަށް ވަނުމަށްފަހު ފުލުހުންބުނީ ސޮރީއޭ

30 ސެޕްޓެމްބަރު 2025
"އޮޅުމަކުން" ދޮރުވައްޓާލާ ގެޔަށް ވަނުމަށްފަހު ފުލުހުންބުނީ ސޮރީއޭ
30 ސެޕްޓެމްބަރު 2025

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އަކީ އެޑިޓެއް، ސައްޔާރާގެ ތީމް ލަވަ މޯދީވެސް ކިޔާފަ އެބައިން: ޝިއުނާ

30 ސެޕްޓެމްބަރު 2025
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އަކީ އެޑިޓެއް، ސައްޔާރާގެ ތީމް ލަވަ މޯދީވެސް ކިޔާފަ އެބައިން: ޝިއުނާ
22 ސެޕްޓެމްބަރު 2025

މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.

22 ސެޕްޓެމްބަރު 2025
މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.
19 ސެޕްޓެމްބަރު 2025

ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް

19 ސެޕްޓެމްބަރު 2025
ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް
17 ސެޕްޓެމްބަރު 2025

މަރުގެ އިންޒާރުދިން މައްސަލައިގައި، އާމިރު ފުލުހަށް ބަޔާންދީފީ

17 ސެޕްޓެމްބަރު 2025
މަރުގެ އިންޒާރުދިން މައްސަލައިގައި، އާމިރު ފުލުހަށް ބަޔާންދީފީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް