Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ ރޯކޮށްލުން

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ ހިމެނޭގޮތަށް އޮމްބަޑްސްޕަރސަން އޮފީހަށް ހުށަހެޅި މައްސަލަތައް ބަލަން ނިންމައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ފިޔަވަޅު އަޅާފައިވާ މައްސަލަ ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2021 | އަންގާރަ 05:50
ރާއްޖެޓީވީ ރޯކޮށްލުމުގެ ސަބަބުން ސްޓޭޝަނަށް 11.6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވޭ

ރާއްޖެޓީވީ ރޯކޮށްލުމުގެ ސަބަބުން ސްޓޭޝަނަށް 11.6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވޭ

ރާއްޖެޓީވީން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހަށް ހުށަހެޅި 3 މައްސަލަ ބަލަން އެ އޮފީހުން ނިންމައިފިއެވެ.

ރާއްޖެޓީވީން އެއް މައްސަލައަކަށް ހުށަހަޅާފައިވަނީ، 7 އޮކްޓޯބަރ 2013ގައި ހަތިޔާރާއެކު ބަޔަކު ވަދެ ރާއްޖެޓީވީގެ މައި ސްޓޫޑިއޯގެ ތެރެއަށް ޕެޓްރޯލް އަޅައި ރޯކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި ހައްގުތައް ހޯދުމަށެވެ. މި މަންޒަރު އެ އިމާރާތުގެ ސީސީޓީވީ ކެމެރާތަކަށް ރެކޯޑްކުރެވިފައި ހުރިކަމަށް މައްސަލައިގައި ބަޔާން ކޮށްފައިވެއެވެ. ސްޓޭޝަނުގައި ރޯކޮށްލާފައިވަނީ، ކުރިން ވެސް އެކިފަހަރުމަތިން ސްޓޭޝަންގެ މަސައްކަތްތައް ހުއްޓުވުމަށް އޭރު ތިއްބެވި ސިޔާސީ އެކި ބޭފުޅުން މަސައްކަތްކޮށް ކާމިޔާބުނުވުމުން ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement - newsAdvertisement

މިކަމުގެ ސަބަބުން ރާއްޖެޓީވީއަށް 11.6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް ވެސް ބުނެފައިވެއެވެ. މި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކުން ބަލާފައި ނުވާތީ، ރާއްޖެޓީވީއަށް އިންސާފު ލިބޭނެ ގޮތަކަށް މައްސަލަ ބަލައި ދިނުމަށް ވަނީ އެދިފައެވެ.

ދެވަނަ މައްސަލައަކަށް ހުށަހަޅާފައިވަނީ 26 އޮކްޓޯބަރ 2016ވަނަ ދުވަހުގެރޭ ރާއްޖެޓީވީން ލައިވްކުރި ޕްރޮގްރާމެއްގައި، ކުރީގެ ރައީސް ޔާމީންއަބްދުލް ގައްޔޫމްގެ އަބުރު ގެއްލޭފަދަ ގޮތަކަށް ވާހަކަދައްކާފައިވާ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅާފައިވަނީ، ގާނޫނީ އިމުގެ ބޭރުން ކަމަށްވާތީ މިކަމާ ގުޅިގެން ރާއްޖެޓީވީއަށް ސީދާ އެއް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާތީ، އެ ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށެވެ.

ތިންވަނަ މައްސަލައަކީ، 28 ޖުލައި 2017 ގައި ރާއްޖެޓީވީން ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި އޭރު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރ މުހައްމަދު މުސްތަފާ ދައްކަވާފައިވާ ވާހަކަތަކަކާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ފިޔަވަޅު އަޅާފައިވާ މައްސަލައެވެ. ރާއްޖެޓީވީން އެދިފައިވަނީ، އެ ފިޔަވަޅަކީ، ގާނޫނީ އިމުގެ ބޭރުން އަޅަފައިވާ ފިޔަވަޅެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހުނު ފަސް ލައްކަ ރުފިޔާ އަނބުރާ ރުޖޫއަކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް އަންގައި ދިނުމަށެވެ.

މި 3 މައްސަލަ ވެސް ބަލަން ނިންމާފައިވާކަން އެ އޮފީހުން ވަނީ ރާއްޖެޓީވީއަށް ލިއުމުން އަންގާފައެވެ.

އޮމްބަޑްސްޕާރސަންގެ އޮފީހުން ބަލަނީ، 1 ޖެނުއަރީ 1953ން ފެށިގެން 17 ނޮވެމްބަރ 2018 އާ ހަމައަށް ހިނގާފައިވާ މައްސަލަތަކެވެ. އާއްމުން ހުށަހަޅާ މައްސަލަތަކުގެ އިތުރުން އަމިއްލައަށް އިސްނަގައިގެން ވެސް މައްސަލަ ބެލުމުގެ ބާރު އެ އޮފީހަށް ލިބިގެންވާއިރު، އެގޮތަށް ބަލާނީ ޕަބްލިކް އިންޓަރެސްޓް ހިމެނޭ މައްސަލަތައްކަަމަށް ވެސް އެ އޮފީހުން ބުނެއެވެ. ޕަބްލިކް ހިއަރިންއަކަށް ދާން ޖެހޭ މައްސަލަތަކުގައި އެކަން އެގޮތަށް ކުރާނެ ކަމަށް ވެސް އެ އޮފީހުން ވަނީ މައުލޫމާތުދީފައެވެ.

ޖިނާއީ ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި، ތަހުގީގުކުރި މައްސަލައެއްގެ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި، މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭނަމަ، ފިޔަވަޅު އެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ބާރު އެ އޮފީހަށް ލިބިގެންވެއެވެ.

ރާއްޖެޓީވީ ނޫސްވެރިންރާއްޖެއެމްވީރާއްޖެޓީވީއިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

01 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު