Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރޫސް ގައުމީ ޓީމުން ރިޓަޔާކުރުން

ކްރޫސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ޖަރުމަނާއެކު ކްރޫސްގެ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް

އަތޫފް އާތިފް
އަތޫފް އާތިފް | 3 ޖުލައި 2021 | ހޮނިހިރު 09:39
ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫސް

ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫސް

އާއިލާއަށް ވަގުތު ދިނުމަށާއި ރެއާލް މެޑްރިޑަށް ފޯކަސްކުރަން ބޭނުންވާތީ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫސް ހުއްޓާލާފިއެވެ.

މި ފަހަރުގެ ޔޫރޯއަށްފަހު އުމުރުން 31 އަހަރުގެ ކްރޫސް ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާން އުޅޭވާ ހަކަ މީގެ ކުރިންވެސް މީޑިއާގައި ވަނީ ފެތުރިފައެވެ. އެކަމަކު އޭރު އެ ވާހަކަތަކަށް ކްރޫސް ޖަވާބެއް ދީފައެއް ނުވެއެވެ.

ހުކުރު ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ކްރޫސް ވަނީ ރަސްމީކޮށް ގައުމީ ޓީމަށް ކުޅެން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެކަން އިއުލާންކޮށް ކްރޫސް ބުނީ ގައުމީ ޓީމަށް ކުޅެން ލިބުނު 106 މެޗުގައިވެސް ކުޅުނީ ފަޚުރުވެރިކަމާއެކުގައި ކަމަށެވެ. އަދި އަންނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕަށް އޭނާ ނުދާނެ ކަމަށާއި، މިވަގުތު ފޯކަސް ކުރަނީ ކުރިއަށް އޮތް އަހަރުތަކުގައި ރެއާލާއެކު ހޯދަން ބޭނުންވާ ކާމިޔާބީތައް ހޯދުމަށް ކަމަށާއި، އަދި ތިން ދަރިންނާއި އަންހެނުންނަށް ވަގުތު ދީ، ފިރިމީހެއްގެ ގޮތުގައާއި ބައްޕައެއްގެ ގޮތުގައި ވަގުތު ހޭދަކުރުމަށް ބޭނުންވާ ކަމަށްވެސް ބުންޏެވެ.

ކްރޫސް ބުނީ ކެރިއަރުގައި މިހާ ހިސާބަށް އާދެވުނީ ގިނަ ބަޔެއްގެ އެހީތެރިކަމާއެކުގައި ކަމަށާއި، އެގޮތުން ޖަރުމަނުގެ ކޯޗުގެ މަގާމުން ވަކިވި ޔޮހައިމް ލޯގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އަދި ލޯއަކީ އޭނާ ވޯލްޑް ޗެމްޕިއަނަކަށް ހަދައިދިން މީހާ ކަމަށާއި،ކ އެހެންކަމުން ލޯއަށް ޝުކުރުއަދާކުރާ ކަމަށްވެސް ކްރޫސް ބުންޏެވެ.

ދެކުނު ކޮރެއާގައި 2007 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކްރޫސްއަށް ޖަރުމަނުގެ ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2010 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ ފަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ވާދަކުރި ޖަރުމަނު ޓީމުގައިވެސް ކްރޫސް ހިމެނުނެވެ. ޖަރުމަނާއެކު ކްރޫސްގެ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.

ޓޯނީ ކްރޫސް

އިތުރަށް ކިޔާލަން

08 ޖޫން 2024

ކްރޫސްގެ ވިސްނުން ޔޫތު އެކަޑަމީ އަށް!

08 ޖޫން 2024
ކްރޫސްގެ ވިސްނުން ޔޫތު އެކަޑަމީ އަށް!
22 މެއި 2024

ރިޓަޔާކުރަން ނިންމުމުން، މޮޑްރިޗްގެ މެސެޖެއް ކްރޫސް އަށް!

22 މެއި 2024
ރިޓަޔާކުރަން ނިންމުމުން، މޮޑްރިޗްގެ މެސެޖެއް ކްރޫސް އަށް!
21 މެއި 2024

ޔޫރޯ އަށް ފަހު ކްރޫސް ކުޅުން ހުއްޓާލަން ނިންމައިފި

21 މެއި 2024
ޔޫރޯ އަށް ފަހު ކްރޫސް ކުޅުން ހުއްޓާލަން ނިންމައިފި
01 މެއި 2024

ކްރޫސްއާ މެދު ބުނާނެ އެއްޗެއް އަންޗެލޮޓީ އަށް ނޭނގުނު!

01 މެއި 2024
ކްރޫސްއާ މެދު ބުނާނެ އެއްޗެއް އަންޗެލޮޓީ އަށް ނޭނގުނު!
25 މާރިޗު 2024

ކްރޫސްގެ ކުޅުމަށް ނާގަލްސްމަންގެ ހުއްޓުމެއް ނެތް ތައުރީފު

25 މާރިޗު 2024
ކްރޫސްގެ ކުޅުމަށް ނާގަލްސްމަންގެ ހުއްޓުމެއް ނެތް ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު