Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝެއިހް އަލީ ޒައިދަށް ފިޔަވަޅު އެޅުން

އެމްއެންޔޫގެ ލެކްޗަރާ ޝައިޚު އަލީ ޒައިދަށް އެ ޔުނިވާސިޓީން ފިޔަވަޅު އަޅައިފި

އެމްއެންޔޫއިން ބުނީ ޝައިޚު ޒައިދުއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން އުސޫލާ އެއްގޮތަށް ފިޔަވަޅު އަޅާފައިވާ ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ޖުލައި 2021 | ހޮނިހިރު 06:20
ޝެއިހް އަލީ ޒައިދު

ޝެއިހް އަލީ ޒައިދު

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ލެކްޗަރާ ޝައިޚު އަލީ ޒައިދަށް އެޔުނިވާސިޓީން ފިޔަވަޅު އަޅައިފިއެވެ.

ޝައިޚު ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮށްފައިވާ ޓްވީޓްތަކާ ގުޅިގެން ބާރު ސްޕީޑްގައި މިހާތަނަށް ދެފިޔަވަޅެއް އަޅާފައިވާ ކަމަށެވެ. އަދި ވަކީލު ކުރަނީ މާތްﷲއަށް ކަމަށާއި ބިރުވެތި ވަނީ ވެސް އެކަލާނގެއަށް ކަމަށް ޒައިދު ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

އެމްއެންޔޫގައި އޮންނަނީ ފަސް ފިޔަވަޅުކަން ފާހަގަކުރައްވައި ޝައިޚު ޒައިދު ވިދާޅުވީ އެއީ އަނގަބަހުން ނަސޭހަތް ދިނުން، ލިޔުމުން ނަސޭހަތް ދިނުން، އިންޒާރު ދިނުން، ސަސްޕެންޑް ކުރުން އަދި ކަނޑާލުން ކަމަށެވެ.

މިމައްސަލައާ ގުޅިގެން އެމްއެންޔޫއިން ބުނީ ޝައިޚު ޒައިދުއާ ގުޅޭ ގޮތުން ޔުނިވާސިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން އުސޫލާ އެއްގޮތަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ޝައިޚު ޒައިދަށް ފިޔަވަޅު އަޅާފައިވާއިރު، އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރު ގެ މަގާމުގައި ހުންނެވި މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް މިމަހުގެ އެއްވަނަ ދުވަހު ވަޒީފާއިން ވަނީ ކޮށްފައެވެ. އޭނާ ވަޒީފާއިން ވަކިކުރީ އަންހެންކުދިން ޚިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅު ކުރެއްވި ޚިޔާލުތަކެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލަމުން ދަނިކޮށެވެ.

ޑރ.އިޔާޒު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އެކަން ކުށްވެރިކޮށް އަދާލަތު ޕާޓީން ވަނީ ޔުނިވާސިޓީއަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައެވެ. އެގޮތުން ޔުނިވާސިޓީއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް އެޕާޓީން ބުނެފައިވެއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ޝެއިހް އަލީ ޒައިދު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު