Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ބެލްޖިއަމް ކަޓުވާލައި އިޓަލީ ސެމީއަށް

ސެމީގައި އިޓަލީ ބައްދަލުކުރަން ޖެހޭނީ ސްޕެއިނާ

އަތޫފް އާތިފް
އަތޫފް އާތިފް | 2 ޖުލައި 2021 | ހުކުރު 21:27
ބެލްޖިއަމާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 2-1 ން

ބެލްޖިއަމާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 2-1 ން

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުން ބެލްޖިއަމް ކަޓުވާލުމަށްފަހު ސެމީ ފައިނަލަށް އިޓަލީ ދަތުރުކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ ޖަރުމަނުގެ އަލިއާންޒް އެރީނާގައި ކުޅުނު މެޗުން އިޓަލީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިޓަލީންނެވެ. މާކޯ ވެރާޓީގެ އެހީތެރިކަމާއެކު މެޗުގެ 31 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޯލޯ ބަރެއްލާއެވެ. އަދި މެޗުގެ 44 ވަނަ މިނެޓުގައި ލޮރެންޒޯ އިންސިނިއޭ ވަނީ ހިތްގައިމު ލަނޑެއް ޖަހައި، އިޓަލީގެ ލީޑު ފުޅާކޮށްދީފައެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެލްޖިއަމުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. މިއީ އޭރިއާ ތެރެއިން ބެލްޖިއަމުގެ ޖެރެމީ ޑޯކޫއަށް އިޓަލީގެ ޖިއޮވާނީ ޑި ލޮރެންޒޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަ ކުރިއިރު، މި ހާފުގައި ބެލްޖިއަމުގެ ލުކާކޫއަށް ވަނީ ލަނޑު ޖަހަން ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އިޓަލީގެ އިންސިނިއޭ އާއި، ޗީރޯ އިމޮބެލީއަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މޮޅާއެކު އިޓަލީ ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ސްވިޓްޒަލެންޑް ބަލިކޮށް ސެމީއަށް ދަތުރުކުރި ސްޕެއިނާއެވެ.  

ޔުއެފާ ޔޫރޯޔޫރޯ 2020އިޓަލީބެލްޖިއަމް

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު